ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ބާއްވާ "ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް ލެއިޓްވުލްފާއި ބެލެކް ކޯނާ އެފްސީ އަދި ފިއުރިއަސް އިން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ލެއިޓްވުލްފާއި ފިއުރިއަސް ޖޫނިއާއެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ލެއިޓްވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެއިޓްވުލްފްގެ ޖޯޒީ ނަމްބަރު 26، މުހައްމަދު ޖުނެއިދުއެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބްލެކް ކޯނާ އެފްސީއާއި އަލް ޔާގިޝްއެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބްލެކް ކޯނާ އެފްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބްލެކް ކޯނާގެ ޖޯޒީ ނަމްބަރު 4، އާދަމް ރިޝްފާނެވެ.
އިއްޔެގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ބްލެކް ކޯނާ ލަޔަންސް އާއި ފިއުރިއަސްއެވެ. މި މެޗު 9-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ފިއުރިއަސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފިއުރިއަސްގެ ޖޯޒީ ނަމްބަރު 21، މުޙައްމަދު ނާއިޒްއެވެ.
މި މުބާރާތުގައި މިއަދު ވެސް ތިން މެޗު ކުޅޭނެއެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެފްސީ ބިގް އާއި ފިއުރިއަސް ޖޫނިއާއެވެ. ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ބްލެކް ކޯނާއާއި އެފްސީއާއި ލެއިޓްވުލްފެވެ. ތިންވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ފިއުރިއަސްއާއި އަލް ޔާގިޝްއެވެ.
މި މުބާރާތުގައި ޖުމްލަ ހަތްޓީމެއް ވާދަކުރެއެވެ. މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިން ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީފައިނަލުގައި ބައްދަލުކުރާނީ ގްރޫޕް ބުރުގައި އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މުބާރާތު ފައިނަލް މެޗު ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!