ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް އަލުން ފެށީ މިދިޔަ ބުދަ ދުވަހުއެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އެގޮތުން ބަންޑަވޯލްޖެހުމުގެ މަސައްކަތުގެ 77 އިންސައްތަ ފުރިހަމަކޮށްފައިވާއިރު، ރިވެޓްމަންޓް މަސައްކަތުގެ 53 އިންސައްތަ އަދި ބިންހިއްކުމުގެ 54 އިންސައްތަ ވަނީ ފުރިހަމަ ކޮށްފައެވެ.

މުޅި ޕްރޮޖެކްޓްގައި ނިމުފައިވަނީ 61 އިންސައްތަ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 116.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.