ކޮޕް28 ފަށައިފި، ރައީސް މުޢިއްޒުގެ ތަޤްރީރު މިއަދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ވޯލްޑް ލީޑާސް ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި، ކޮޕް28 ބައްދަލުވުމުގައި މިއަދު ރައީސް ތަޤުރީރު ކުރައްވާނެއެވެ. މިއީ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް ކުރައްވާ މިފަދަ ފުރަތަމަ ތަޤްރީރެވެ. ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަ...