ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ނައިބުގެ މަގާމަށް އިތުރު 17 ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.
މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނަކީ؛
- މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބު- އިބްރާހީމް ޝާޒް ޙަބީބު، ހ. ޖާވާ
- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބު- އަމާނީ މުޙައްމަދު، މަތިމަރަދޫ. ރޯޒީސައިޑް، ލ.ގަން
- މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- އާމިނަތު ނާޡިމާ، ހ. ފައިންޕާރކް
- މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- އާމިނަތު މާރިޔާ، މ. ހަވާއީ
- މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- ޝަޖާޙު ފިރާޤު، ސައުދީމަންޒިލް، ހއ. ބާރަށް
- މިނިސްޓަރ އޮފް ހެލްތުގެ ނައިބު- ޢަލީ ނާޞިރު، ހަވާސާ، ލ. މާބައިދޫ
- މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު- ނާޝިމާ ޢަބްދުއްލަޠީފް، މ. ލައިޓުޝެޑޯވ
- މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު- އިބްރާހީމް ސުޢޫދު، ބޮޑުކެކުރިމާގެ، ހއ. ބާރަށް
- މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު- އަޝްހަދު ސަޢީދު، އަބުގަސްދޮށުގެ، ގއ. ދެއްވަދޫ
- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު- ޙަޞްމާ ޙަސަންމަނިކު، ދެރަހަ، ގދ. ހޯނޑެއްދޫ
- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު- އާމިނަތު ނަމްޒާ، މ. ހަނީކޯމްބް
- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު- އާމިނަތު އިސްމާޢީލް، މ. ޗާލޮޓް
- މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނައިބު- އަޒުހަރު ޢަބްދުﷲ ސަޢީދު، ސީނާޒް، ގދ. މަޑަވެލި
- މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނައިބު- އިބްރާހީމް ޔާސިރު، ވ. އެލަމް
- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނައިބު- އާމިނަތު ޝަޝީ، މ. ހާފުސް
- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބު، މަރްޔަމް ޝިއުނާ، ހުޅުމާލެ. ފްލެޓް 02-3-160
- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބު- އިބްރާހީމް ފަޔާޟް، މ. މެރީޑްރީމް
ރައީސް މީގެ ކުރިން ވެސް ދެ ފަހަރެއް މަތިން ނައިބު ވަޒީރުން ޢައްޔަނު ކުރައްވާފައިވާއިރު، 29 ނޮވެމްބަރު 2023 ގައި 20 ނައިބު ވަޒީރަކު ޢައްޔަނު ކުރެއްވިކަން ރައީސް އޮފީހުން ފުރަތަމަ ހާމަކުރިނަމަވެސް، ފަހުން ވަނީ އެ އަދަދު 18 ކަމަށް ބަޔާންކޮށް، ރައީސް އޮފީހުގެ ވެބްސައިޓްގައިވާ ޚަބަރު އިސްލާހްކޮށްފައެވެ. 28 ނޮވެމްބަރު 2023 ގައި ރައީސް ވަނީ 26 ނައިބު ވަޒީރުން ޢައްޔަނު ކުރައްވާފައެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައިވާ މައުލޫމާތަށް ބަލާއިރު، މި ސަރުކާރުގެ ދައުރު ފެށުނު އިރުވެސް ނައިބު ވަޒީރެއްގެ މަގާމުގައި އެއް ބޭފުޅަކު ހުންނެވިއެވެ. އެއީ ޚާރިޖީ ވުޒާރާގެ ނައިބަކަށް ހުންނެވި ފާތިމަތު އިނާޔާ އެވެ. އޭގެ ފަހުން ތިން ފަހަރެއް މަތިން ޢައްޔަނު ކުރެއްވި ނައިބު ވަޒީރުންނާއެކު މިހާރު މިސަރުކާރުގެ ނައިބު ވަޒީރުންގެ ޢަދަދަކީ 62 އެވެ. މީގެ އިތުރުން ރައީސް އޮފީހުގައި ނައިބު ވަޒީރުންގެ ފެންވަރުގެ 7 ބޭފުޅަކު އެބަ ތިއްބެވިއެވެ.
މި ސަރުކާރު އެކުލެވިގެން ވަނީ 22 ވުޒާރާއެއްގެ މައްޗަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!