ކުރުވާހަކަ: ހާދަ ލޯބިންނޭ ހިނިތުންވަނީ އޭނާ
ޑްރެސިންގޓޭބަލްގެ ކުރިމަތީގައި ހުރި ގޮނޑީގައި އަހަރެން އިށީނދެލީ އޮފީހަށް ދާން ތައްޔާރުވާށެވެ. އަހަންނަކީ އަބަދުވެސް ރީތިކަމަށް ވަރަށް ލޯބިކުރާ އަންހެން ކުއްޖަކީމެވެ. ޚާއްސަކޮށް އޮފީހަށް ދާއިރު އަހަރެން ބަލަނީ ވީހާވެސް ބޮޑަށް ނަލަވެގެން ދެވޭތޯއެވެ. އަހަންނަށް ލިބޭހާ ފައިސާ، ޚަރަދު ކުރަނީވެސް އަހަރެންގެ ޒީނަތަށް ބޭނުންވާ ސާމާނު ގަތުމަށެވެ. އަހަރެން ދެކޭގޮތުގައި އެފަަދަ ޚަރަދުތައް ކުރުމަކީ ޚުދު އަހަރެންގެ އަމިއްލަ އުފަލެވެ. މިދުނިޔޭގެ އުފާވެރިކަން ހޯދުމަށްޓަކައި މަސައްކަތް ކުރަންވެސް ޖެހޭނީ ހަމަ ތ...