އައްޑޫގައި ދެ ގްރޫޕެއް ދެމެދު ހިނގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސް
އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ބުނީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް […]