މިއަހަރުގެ ޙައްޖުގެ އަޅުކަމަށްދިޔަޕާކިސްތާނަށް ނިސްބަތްވާ އަންހެނަކު އަރަފާތު ބިމުގައި ވިހައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހައްޖު ދުވަހު އަރަފާތު ފަރުބަދަމަތީގައި ޕާކިސްތާނުގެ ހައްޖާޖީއަކު ވަނީ ފިރިހެން ކުއްޖަކު ވިހާފައެވެ. މާތް ވެގެންވާ ތަނުގެ އެ ކުއްޖާ ވިހެއިއިރު، އޭނާއަށް އަރަފާތުގެ ނަމުން ނަން ދީފައި ވެެއެވެ. އެ އަންހެން މީހާ ވިހަފައި ވަނީ ބަނޑަށް 37 ވަނަ ހަފުތާގައެވެ. އެ އަންހެން މީހާ ވިހެއުމުގައި ހަރަކާތްތެރިިވި ޑޮކްޓަރުން ބުނެފައިވާގޮތުގައި މަންމަ އާއި އަލަށް އުފަންވި ކުއްޖާގެ ހާ...
އަޙްމަދު ދާއޫދު
ޣައްޒާގެ މެދުތެރޭގައި އޮންނަ އަލްބުރައިޖް ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އަޟްހާ އީދުގެ ފުރަތަމަ ދުވަސް ކަމަށްވާ އާދީއްތަ ދުވަހު 9 ކުޑަކުދިންނާއެކު ފަލަސްތީނުގެ ނުވަ މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. “އަލްބުރައިޖް ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާގެ ނަތީޖާއެއްގެ ގޮތުން 6 ކުޑަކުދިންނާއެކު ގާތްގަނޑަކަށް 9 ޝަހީދުން ދީރް އަލް ބަލާހްގައި ހުންނަ އަލްއަޤްޞާ ޝަހީދުސް ހޮސްޕިޓަލަށް ގެނައީ،” މެޑިކަލް އޮފިޝަލަކު އަނަޑޯލޫއަށް ވިދާޅުވި...
އަޙްމަދު ދާއޫދު
މާލޭގައި ޕާކު ކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވި އަލިފާން ސިފައިން ގޮސް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވެގެން، މި ހާދިސާގެ ރިޕޯޓް މިރޭ 00:37 ހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީ...
ޙުސައިން ޝަހުދީ
މާލޭ ކާނިވާ ސަރަހައްދުގައި ހުރި ސައިކަލެއްގައި ރޯވެއްޖެއެވެ. ”އެކްސިޑެންޓް އިން މޯލްޑިވްސް” އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މާލޭ ކާނިވާ ކައިރީ ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑް ކައިރީ ހުރި ސައި ކަލެއްގައި ރޯވެފައިވާ ކަމަށެވެ. ”އެކްސިޑެންޓް އިން މޯލްޑިވްސް” އިން ވަނީ ސައި ކަލުގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ސައިލަކުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ މަންޒަރު ފެނެއެވެ. Carnival kurimathee FSM kairee huri cykalehgai […]
ޔުމްނާ ޢަލީ
އަންނަ ބުދަ ދުވަހާއި، ބުރާސްފަތި އަދި ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެ ސަރަހައްދަށް ވިއްސާރަކޮށް ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފިއެވެ. މި ދުވަސްވަރަކީ ބޮޑު އީދުގެ ޗުއްޓީ ދުވަސްވަރަށް ވުމުން މެޓު އޮފީހުން އަންނަނީ ދުރާލާ މޫސުން އަންދާޒާކުރެވޭކޮށް އާންމު ކުރަމުންނެވެ. މިގޮތުން ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކޮށް މި އަދު އެ އިދާރާއިން ބުނީ އަންނަ ހޯމަ އަދި އަންގާރަ ދުވަހު ރާއްޖޭގެ […]
ޔުމްނާ ޢަލީ
ރިސޯޓެއްގެ ކައިރީ ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނިގޮތުގައި ދެ ލޯންޗް ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ ވޮއްމުލި ރިސޯޓްގެ ކައިރީގައެވެ. މި އެކްސިޑެންޓް ހިނގައިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ. މި ހާދިސާގައި އެކްސިޑެންޓްވި އެއް ލޯންޗްގައި ތިބި ދެ މީހަކަށް އަނިޔާވެގެން ފަރުވާދިނުމަށް ވަނީ ކުޑަހުވަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެއީ ދިވެހި އަންހެނަކާއި ފިރިހެނެކެވެ. ”އެ މީހުންނަށް ސީރިއަސް އަނިޔާއެއް ނުވާ...
ޔުމްނާ ޢަލީ
އެމެރިކާގެ އޮރެގަންގެ ޕޯޓްލޭންޑްގެ އޯކްސް އެމިއުޒްމަންޓް ޕާކުގެ އެޓްމޯސްފިއާ ރައިޑުގައި ހިނގި ހާދިސާއެއްގައި ފުރޮޅާލި 28 މީހަކު އަލިފާން ނިއްވާ ފަރާތްތަކުން ކާމިޔާބުކަމާއެކު ސަލާމަތްކޮށްފިއެވެ. ޕެންޑުލަމެއް ފަދައިން އޮޕަރޭޓްކުރާ އަދި ރައިޑަރުން މުޅިން ފުރޮޅާލެވޭ ގޮތަށް ދުއްވާ މި ރައިޑް ކުއްލިއަކަށް މެދުތެރެއިން ހުއްޓި ފަސިންޖަރުން ތާށިވި އެވެ. ސޯޝަލް މީޑިއާގައި އެމިއުޒްމަންޓް ޕާކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކުރިން ވެސް ސި...
އަޙްމަދު ދާއޫދު
މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) މި އަހަރުގެ މިނިވަންދުވަހާއި ގުޅުވައިގެން “މިނިވަން އުފާ ނައިޓް މާރކެޓް” ނަމުގައި ޚާއްސަ ނައިޓް މާރކެޓެއް ބޭއްވުމަށް ނިންމައިފިއެވެ. އެމްޓީއޭއިން ބުނިގޮތުގައި މި ނައިޓް މާރކެޓް ބޭއްވުމުގެ މަގުސަދަކީ މިނިވަންދުވަހުގެ މުނާސަބަތުގައި، ހިތްފަސޭހަ މާހައުލެއްގައި ވިޔަފާރިކޮށް އަދި، ވިޔަފާރަވެރިންނަށް އެފަރާތްތަކުގެ މުދާ ހެޔޮ އަގުގައި ވިއްކޭނެ ފުރުސަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން އާންމު ރައްޔިތުންނަށް ހެޔޮއަގުގައި އެކި ބާވަތްތަކުގެ ތަކެތި ގަނެވޭނެ އިންތިޒާމ...
ޔުމްނާ ޢަލީ
ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) ގެ އުސޫލާ ހިލާފުވި ކަމަށް ބުނެ އެޕަލް އާއި މެޓާގެ މައްޗަށް ޔޫރަޕިއަން ކޮމިޝަނުން ވަރަށް އަވަހަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް ޓެކްރިޕޯތްތައް ބުނެފި އެވެ. ފައިނޭންޝަލް ޓައިމްސް އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލްގެ މައްޗަށް ދައުވާ ކުރަން ކޮމިޝަނުން ވިސްނަމުންދާ އިރު، ރޮއިޓާސް އިން ފަހުން ވަނީ މެޓާގެ މައްޗަށް ވެސް ދައުވާ ކުރެވިދާނެ ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ކޮމިޝަނުން […]
އަޙްމަދު ދާއޫދު
ބޮޑު ޢީދުގެ އުފާ އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، މާތް ނަބިއްޔާ، رسول الله صلى الله عليه وسلم އަށް ﷲ تَعَالَىގެ އިރުޝާދުގައިވާ ގޮތަށް، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބާވެ، ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖޭކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ބުނެފިއެވެ. ޚުޠުބާގައި ބުނެފައި ވަނީ މާތްވެގެންވާ އަޟުޙާ ޢީދު ދުވަސް މި އަންނަނީ ހިތްތަކަށް އުފާވެރިކަން އިޢާދަކުރަމުން ކަމަށެވެ. އަދި މިއީ މިއީ ކެއުމާއި ބުއ...
ޔުމްނާ ޢަލީ
ފެނުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށް ގަވައިދުން ބިލް ދައްކަމުން ދަނިކޮށް، ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ތަޅު އަޅުވައި ފެނުގެ ހިދުމަތް ކަނޑާލާ މައްސަލަތަކެއް ހުށަހަޅަމުންދާ ކަމަށް އެޗްއާރުސީއެމުން އިއްޔެ ބުނެފިއެވެ. އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އަސާސީ ހައްގުތަކަކީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށް ލިބިގެންވާ ހައްގުތަކެއް ކަމަށެވެ. މިފަހަކަށް އައިސް އެޗްއާރުސ...
މުޙައްމަދު
ތާރީޚީ ހަރަކާތެއްގެ ގޮތުގައި ޕްރާގް ޒޫއިން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅު ކަޒަކިސްތާނުގެ ގްރާސް ޕްލޭންސްއަށް ޕްރެޒެވަލްސްކީގެ ހަތް އަސް ދައްކާލައިފައިވާއިރު، މިއީ މަދުވެގެން 200 އަހަރުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ވައިލްޑް ހޯސްގެ ބާވަތްތައް އެނބުރި ގައުމަށް އައި ފުރަތަމަ ފަހަރެވެ. ރަޝިއާގެ އެކްސްޕްލޯރާ ނިކޮލައި ޕްރެޒެވަލްސްކީގެ ނަމުން ނަން ދީފައިވާ ޕްރެޒެވަލްސްކީގެ އަސް އުފެދުނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން މެދުއޭޝިއާގެ ސްޓެޕްސް އިންނެވެ. ނަމަވެސް 19 ވަނަ ގަރުނުގެ […]
އަޙްމަދު ދާއޫދު
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އަންނަ ޖުލައި މަހު ބާއްވާގޮތަށް އެ އެވޯޑް ބާއްވާ ތާރީޚަށް ބަދަލުގެނެސްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މިއަދު ބުނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އަންނަ ޖުލައި މަހު ބާއްވާގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. މި އެ ވޯޑު ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ ޖޫން މަހުގެ 27 ގައެވެ. ނަމަަވެސް މިހާރު އެ އެވޯޑު ބާއްވަން ނިންމާފައި ވަނީ އަންނަ ޖުލައި މަހުގެ 4 ގައެވެ. މި އެވޯޑު […]
ޔުމްނާ ޢަލީ
ބޮޑު ޢީދުގެ މުނާސަބާގައި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނުގެ އެންމެ މުހިންމު އިލްތިމާސަކީ، މާތްﷲ ދެއްވި ނިޢުމަތްތަކުގެ މަތީން ހަނދާންކޮށް، ޢީދުގެ އުފާ ފައުޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ބޮޑު ޢީދުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އެންމެ އިސްކުރަށްވާފައި ވަނީ ފަލަސްތީނެވެ. މިގޮތުން މި އަހަރުގެ ބޮޑު ޢީދުގައި އެމަނިކުފާނާއި އަދި ދިވެހި ރައްޔިތުން އެންމެ އިސްކުރަ...
ޔުމްނާ ޢަލީ
އަހަރުގެ އަޟްޙާ ޢީދު (ބޮޑު އީދު)ގައި އެމަނިކުފާނާއި އަދި ދިވެހި ކޮންމެ ރައްޔިތަކުމެ އެންމެ އިސްކުރަނީ، ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާކޮށްދިނުންކަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، 1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ބޮޑު ޢީދުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި އެންމެ ފުރަތަމަ އިސްކުރަށްވާފައިވަނީ ފަލަޞްޠީނުގެ އަހުލުވެރީންގެ މަތިން ހަނދުމަކުރެއް...
ޔުމްނާ ޢަލީ
މާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ޕާކްކޮށްގެން މިދިޔަ ދެ ދުވަހުގެ ތެރޭގައި 163 ވެހިކަލް ޓޯކޮށްފިއެވެ. ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ޓޯ ކުރީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ވެސް ކާރެވެ. ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި އޮތް 84 ވެހިކަލް ނަގާފައިވާ ކަމަށެވެ. އަދި އަމީނީ މަގު ދަރުބާރުގެއާ ހިސާބުން ފެށިގެން ބޮޑު […]
މުޙައްމަދު
ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށާއި 100،000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ޖޫރިމަނާކޮށްފައި ވަނީ މ. އިރާކުމާގެ، ލަމްއާން ސޮބާހްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ލަމްއާން އިތުރު ބަޔަކާ ބައިވެރިވެގެން ހ. ދިއްގާމާގެ، ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓުމެންޓެއްގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިނ...
މުޙައްމަދު
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ ހުރިހާ ހައްޖުވެރިން ވެސް އަރަފާތު ބިމަށް ގޮސްފިއެވެ. ހުރިހާ ހައްޖުވެރިން ވެސް އަރަފާތު ބިމަށް ދިޔަ ކަން އިއުލާން ކުރެއްވީ، މިހާރު ހައްޖުގެ އަޅުކަމަށް ސައުދީ އަށް ގޮސް ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޝަހީމް ވިދާޅުވީ ހައްޖުގެ އެންމެ މުހިއްމު ރުކުންކަމަށްވާ އަރަފާތު ބިމުގައި ތިބުމުގެ ރުކުން އަދާކުރުމަށް ހައްޖުވެރިން ކުރި ދަތުރު ފުރިހަމަކޮށް މިހާރު ހުރިހާ […]
މުޙައްމަދު