ވަގު ވެހިކަލް ވިއްކާ ބޮޑު ނެޓްވޯކެެއް އަތުލައިގެންފި
މާލޭގައި ވަގު ވެހިކަލް ވިއްކާ ބޮޑު ނެޓުވޯކެއް ފުލުހުން އަތުލައިގެންފިއެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނެޓުވޯކު ފަޅާއެރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ހުއްދައާއެކު ނޫނީ ނުވަދެވޭ ސަރަހައްދެއްގައި އޮއްވައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ވަގަށްނަގާފައިވަނިކޮށް އެ ހޯދުމުގެ ތެރޭގައެވެ. މި މައްސަލައިގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ އަހްމަދު ނިޒާމް, 43, މ. މޮޑަން ކޮމެޓް އަދި އެމްއޭސީއެލްގެ ސްޓާފެއް...