ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) ގެ އުސޫލާ ހިލާފުވި ކަމަށް ބުނެ އެޕަލް އާއި މެޓާގެ މައްޗަށް ޔޫރަޕިއަން ކޮމިޝަނުން ވަރަށް އަވަހަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް ޓެކްރިޕޯތްތައް ބުނެފި އެވެ.

ފައިނޭންޝަލް ޓައިމްސް އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލްގެ މައްޗަށް ދައުވާ ކުރަން ކޮމިޝަނުން ވިސްނަމުންދާ އިރު، ރޮއިޓާސް އިން ފަހުން ވަނީ މެޓާގެ މައްޗަށް ވެސް ދައުވާ ކުރެވިދާނެ ކަމަށް ބުނެފަ އެވެ.

Ad
rt

ރިޕޯޓްތައް ބުނާ ގޮތުން އެ ކޮމިޝަނުން އެޕަލް އަށް އަމާޒުކުރަނީ ތާޑް ޕާޓީ ޕާޗޭސް އޮޕްޝަންތަކަށް އިޝާރާތް ކުރުމުން ޑިވެލޮޕަރުންގެ އަތުން ފައިސާ ނަގާ "ސްޓިއަރިން" އުސޫލާ ގުޅިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުން މެޓާގެ ޗާޖުތައް ހިނގާނީ އީޔޫގައި ފޭސްބުކާއި އިންސްޓަގްރާމަށް އެޑް ފްރީ ސަބްސްކްރިޕްޝަންގެ މައްސަލައިގައެވެ.

ރޮއިޓާސް އިން ބުނި ގޮތުގައި އެ ކޮމިޝަނުން އިބްތިދާއީ ހޯދުންތައް ނެރޭނެ ކަމަށާއި އޭގެ މާނައަކީ އެ ކޮމިޝަނުން ވަކި ގޮތެއް ނިންމުމުގެ ކުރިން ކުންފުނިތަކަށް ކަންކަން ރަނގަޅު ކުރަން އަންގާނެ ކަމަށެވެ. ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލް އިން އެންމެ ފުރަތަމަ ޗާޖު ނަގަން ތައްޔާރުވަމުން އަންނަ އިރު، އެފްޓީން ބުނަނީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެ ޗާޖުތައް ފެންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން ޔޫރަޕިއަން ކޮމިޝަނާއި އެޕަލްއާއި އަދި ހަމަ އެހެންމެ މެޓާއިން ވެސް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ދައުވާތައް އުފުލާން ނިންމާފައިވަނީ އެޕަލް، މެޓާ އަދި އަލްފަބެޓްގެ މައްސަލައިގެ ޑީއެމްއޭ އިން މިދިޔަ މާޗް މަހުގެ ތެރޭގައި ނޮން ކޮމްޕްލަޔަންސް ތަހުގީގުތައް އެ ކޮމިޝަނުން ހުޅުވާލުމާ ގުޅިގެންނެވެ.

އަލްފަބެޓް، އެމެޒޯން، އެޕަލް، ޓިކްޓޮކްގެ ވެރިޔާ ބައިޓްޑާންސް، މެޓާ އަދި މައިކްރޮސޮފްޓް އަކީ އެ ކުންފުނިން ދޭ ބައެއް "ކޯ ޕްލެޓްފޯމް ހިދުމަތްތަކުގެ" އުސޫލާ އެއްގޮތަށް އަމަލު ކުރަން ޖެހޭ "ގޭޓްކީޕަރުން" ގެ ގޮތުގައި ކަނޑައެޅި ޑީއެމްއޭ އަށް އަމަލުކުރަން ފެށީ އެ މަހުގެ ކުރީކޮޅު އެވެ.