ދެކުނު ޗައިނާ ކަނޑުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ފިލިޕީންސާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އިތުރުވެ ޗައިނާގެ ކޯސްޓްގާޑު ސިފައިންނަކީ ކަނޑުފޭރޭ ބައެއްގެ ގޮތުގައި ފިލިޕީންސުން ސިފަކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހު ސެކަންޑް ތޯމަސް ޝޯލް ކައިރީގައި ހިނގި މި ހާދިސާގައި ފިލިޕީންސްގެ ސިފައިންނާ ޗައިނާގެ ކޯސްޓްގާޑުގެ ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފިލިޕީންސްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ ޗައިނާގެ ކޯސްޓްގާޑުގެ އުޅަނދުތަކުން ފިލިޕީންސްގެ ބޯޓުތަކަށް ހަތިޔާރާއެކު އ...
އަޙްމަދު ދާއޫދު
އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫގައި ވިހަ އެކުލެވިގެންވާ ބަނގުރާ ބުއިމުގެ ސަބަބުން 34 މީހުން މަރުވެއްޖެ އެވެ. މިއީ އަންގާރަ ދުވަހުގެ ރޭ ކަލާކުރުޗީ ޑިސްޓްރިކްޓްގައި ހިނގި ހާދިސާއެކެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ “ބޫޓްލެގް ރާ” (އަމިއްލައަށް އުފައްދާ ބަނގުރާ) ޕެކެޓުކޮށްގެން ގަވައިދާ ހިލާފަށް އިންޑިއާގައި ވިއްކުން އާއްމުވަމުންދާއިރު، އެ ބޯ މީހުންނަށް ބޮލުގައި ރިއްސުމާއި، ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ދަނީ ކުރިމަތިވަމުންނެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި ގާތްގަނޑަކަށް 8...
އަޙްމަދު ދާއޫދު
ހދ. ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެރަށު ބަނދަރުން މީހަކު ސައިކަލާއެކު މޫދަށް ވެއްޓިގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ރޭ 9:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ އުމުރުން 32 އަހަރުގެ ފިރިހެނަކަށެވެ. ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އެ މީހާ ނިޔާވެފައިވާ ކަމަށް ވެސް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފ...
މުޙައްމަދު
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ބޮޑުވެފައިވާއިރު، ރައްޔިތުން ހޭލުންތެރިވެ އެ ކަމަށް ހާއްސަ ސަމާލުކަމެއްދޭންޖެހޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ. އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ”އަސްލު” ޓީވީގެ ”ބާބު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާން ވިދާޅުވީ، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ބޮޑުވެފައިވާއިރު މިފަދަ ބައެއް ކޯލުތައް ޖަލުތެރެއިން ވެސް އާދެއެވެ. އެކަން ހައްލު...
ޔުމްނާ ޢަލީ
މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީ އާއި ޕީއެންސީން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ބާއްވަން ނިންމާފައި ވަނީ މައްޗަންގޮޅި މެދު ދާއިރާއާއި ހެންވޭރު ހުޅަނގު ދާއިރާ އަދި ހުޅުމާލެ ދާއިރާ އަށް ކައުންސިލަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނެވެ. މި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. މައްޗަންގޮޅި މެދު ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުރަނީ ފާތިމަތު […]
މުޙައްމަދު
ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް އާ ކަންޓްރީ ޑައިރެކްޓަރެއް ހަމަޖައްސައިފިއެވެ. އެ މަގާމަށް ހަމަޖައްސާފައި ވަނީ ޑޭވިޑް ސިސްލަންއެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ ފާރިސް ހަދާދް ޒާވޯސްއެވެ. ވޯލްޑް ބޭންކުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސިސްލެން މި މަގާމާ ހަވާލުވާނީ އަންނަ މަހުގެ 1 އިން ފެށިގެން ކަމަށެވެ. ފާރިސް ހަދާދު ޒާރްވޮސް ވޯލްޑް ބޭންކުގެ އެހެން މަގާމަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ […]
މުޙައްމަދު
މި އަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި އަންނަ އަހަރު ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިއިރު، އެކަންކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ. މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން 1،150 ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ދިޔައެވެ. އެ ހައްޖުވެރިންނާ އެކުގައި ޝަހީމްގެ އިތުރުން ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވެސް […]
މުޙައްމަދު
ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގައި މިހާރު ނުހިއްކާ އޮތް ސަރަހައްދުގެ މަސައްކަތް މިމަހު ފަށާނެކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ. ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެޗްޑީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރަނީ 3 އޭރިއާއަކަށް ބަހާލައިގެންނެވެ. ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން ‘ސައިޓް އޭ”ގައި 10 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފައެވެ. އަދި “ސައިޓް ބީ”ގައި 13 […]
އަޙްމަދު ވަހީދު
އުއިގޫރު މުސްލިމުންގެ ސަގާފަތާއި އައިޑެންޓިޓީ ފޮހެލުމުގެ ގޮތުން ޗައިނާއިން ޝިންޖިއާން ސަރަހައްދުގެ އެތައް ސަތޭކަ އަވަށެއްގެ ނަން ބަދަލުކުރި ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ތުހުމަތުކޮށްފި އެވެ. އެ ޖަމާއަތުން ނެރުނު ރިޕޯޓެއްގައި ވާގޮތުން 2009 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 630 އަވަށެއްގެ ނަމުން އުއިގޫރު ދީނާއި ތާރީހާއި ސަގާފަތާ ގުޅުން ހުރި ލަފުޒުތައް އުނިކޮށްފައިވެ އެވެ. ޗައިނާގެ އަމިއްލަ އަށް ޝާއިއުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބިނާކޮށް […]
އަޙްމަދު ދާއޫދު
ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެންކުއްޖާ ފެނިއްޖެއެވެ. އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނީ އިއްޔެއެވެ. އުމުރުން 14 އަހަރުގެ، ޚަދީޖާ ޔަލްވީ، މ. އެނބޫމާގެއާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކުރުމުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރޭ އެކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ކުއްޖާ ގެއްލިގެން ރިޕޯޓު ކުރިއިރު، ޖޫން 14 ގެ ފަހުން އެ ކުއްޖާގެ ޚަބަރެއް […]
ޔުމްނާ ޢަލީ
ލައިސަންސް ނެތް މީހަކު ދުއްވި އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ. ފުލުހުން ބުނީ، ސިނަމާލެ ބްރިޖު އެއާޕޯޓު ލައިޓާއި ހިސާބުން އުޅަނދެއް ހުއްޓުވައި ޗެކްކޮށްފައިވާ ކަމަށެވެ. ޗެކު ކުރިއިރު އެ އުޅަނދު ދުއްވި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްކަމަށް ފުލުހުން ބުންޏެވެ. އެހެންވެ އޭނާ ދުއްވި އުޅަނދު ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން އިއްޔެ ވެސް ވަނީ ގަވާއިދާ ޚިލާފަށް ދުއްވި އުޅަނދެއް ބްރިޖް މަތިން ހުއްޓުވާފައެވެ. އަދި އެ އުޅަނދު […]
ޔުމްނާ ޢަލީ
އޮސްޓްރޭލިއާގެ މައިނިން ބިލިއަނަރު އެންޑްރޫ ފޮރެސްޓްގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކްރިޕްޓޯ އިޝްތިހާރުތަކެއް ފޭސްބުކްގައި ކުރި މައްސަލައިގައި މެޓާއާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ދައުވާއުފުލައިފިއެވެ. ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ ހިޔާނާތުގެ އިޝްތިހާރުތައް އެ ކުންފުނީގެ ޕްލެޓްފޯމްގައި ފެންނަން ހުއްދަ ދިނުމާއި ފޭކް ކްރިޕްޓޯކަރަންސީ ޕްރޮމޯޓްކުރުމާއި އޮޅުވާލައިގެން ކުރާ އިންވެސްޓްމަންޓްތަކަށް އިހުމާލުވެފައިވާ ކަމަށެވެ. ގާޒީ ކޭސީ ޕިޓްސް ނިންމެވީ، ޒިނ...
އަޙްމަދު ދާއޫދު
ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް މިލިޓަރީ ކޮމާންޑަރ ސިސްޓަމް ޗައިނާގެ ސައިންސްވެރިން އުފައްދައިފިއެވެ. މި ފުލީ އޮޓޮމޭޓެޑް އޭއައި އަކީ ސިމިއުލޭޓެޑް ވޯ ގޭމްތަކުގައި އިންސާނީ ލީޑަރުންގެ ބަދަލުގައި އެލީޓް މިލިޓަރީ ވިސްނުމާ އެއްވަރުގެ ރިޒަނިން ސްކިލްސް ލިބިފައިވާ އޭއައިއެކެވެ. ހަނގުރާމައިގެ މައިދާނުގައި ރޮބޮޓް އާއި ޑްރޯން ފަދަ އިންސާނުން ނެތް އަސްކަރީ ސިސްޓަމްތައް ބޭނުންކުރުމާ ބެހޭ ގަވާއިދުތައް ހެދުމަށް ގައުމުތަކުން ވަނީ ގޮވާލައިފަ އެވެ. ނަމަވެސް ޔޫކްރެއިން ފަދަ ހަމަނުޖެހުންތަކުގައި މިހާރު...
އަޙްމަދު ދާއޫދު
މުސްލިމުން ފާހަގަ ކުރާ ދެ އީދު ކަމުގައިވާ އަޟްހާ އީދާއި ފިތުރު އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ފިތުރު އީދާއި އަޟްހާ އީދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފާހަގަ ކުރާއިރު، ކުލަ ޖެހުމަކީ ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށެވެ. އަދި ދިވެހި ސަގާފަތަކީ އީދުގައި […]
މުޙައްމަދު
މީގެ 10 މަސް ކުރިން 434 ކުށްވެރިން ދޫކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ދަތި އުނދަގުލާ ތަހަންމަލު ކުރަން ޖެހިފައިވާ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެއެވެ. ޝިފާން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ ހަގީގަތެއް ކަމަށެވެ. ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 މަސް ކުރިން ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވުމުން ކަމުގައި ޝިފާން ވިދާޅުވިއެވެ. […]
މުޙައްމަދު
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން ކުރެއްވި ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 87 އަހަރުގައި އަބްދުލްހަންނާން އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ. އަބްދުލްހަންނާން ޕަބްލިކް ވޯކްސް މިނިސްޓަރުކަން ކުރެއްވީ 1968 އިން 1978 އަށް ވަނަ އަހަރަށެވެ. އަބްދުލްހަންނާން ހަލީމަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދަށުން އެކުލަވާލި ފުރަތަމަ ރައްޔިތުންގެ މަ...
މުޙައްމަދު
ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން ދުއްވި އުޅަނދެއް ހިފަހައްޓައި ޗެކު ކުރުމަށްފަހު މިއަދު ޓޯކޮށްފައިވާ ކަމަށް ފުލުހުންބުނެފިއެވެ. ފުލުހުން ބުނީ، ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން މާލެއިން އެއާޕޯޓަށް ދިޔަ އުޅަނދެއް ހުއްޓުވައި މިއަދު ޗެކުކޮށްފައިވާ ކަމަށެވެ. އެ އުޅަނދު ޗެކްކުރިއިރު އެއީ ”ބީ” ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްކަމަށް ފުލުހުން ބުންޏެވެ. ”ބީ ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް އޭ ޒޯނުގައި ދުއްވުމާއި އަދި އުޅަނދުގެ އަހަރީ ފީ ހަމަވެފައިވާތީ ފިޔަވަޅު އަޅައި އުޅަނދު ވަނީ ޓ...
ޔުމްނާ ޢަލީ
މާލޭ މަޖީދީމަގުގައި ހުންނަ ”ސޮރީ ބޯއީ” ފިހާރައިގެ ބިއްލޫރިގަނޑު ރޭ ތަޅާލައި ވައްކަން ކޮށްފިއެވެ. ފުލުހުން ބުނީ، މާފަންނުގައި ހުންނަ ”ސޮރީ ބޯއީ” ފިހާރައިގެ ބިއްލޫރިގަނޑު ރޭ ތަޅާލާފައިވާކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިކަން ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 3:45 ހާއިރުއެވެ. ފުލުހުން ބުނިގޮތުގައި އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވަގަށްނެގި ތަކެތި ހޯދިފައިވާ ކަމަށެވެ. ”މި ފިހާރައިން ގެއްލުނުތަކެތި ރިކަވަރ ކުރެވިފައިވޭ” ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފަ...
ޔުމްނާ ޢަލީ