މިއަހަރުގެ އަޟްހާ އީދާއި ގުޅިގެން މާލޭގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުންކުރާ މަސައްކަތްތައް އިތުރުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މި އަހަރުގެ އަޟްހާ އީދު (ބޮޑު އީދު) ދިމާވަނީ މާދަމާ އަށެވެ. އީދު ބަންދާއި ގުޅިގެން ގިނަ ބަޔަކު ވަނީ ޗުއްޓީ އަށް އަތޮޅު ތެރެއަށާއި، ރާއްޖޭން ބޭރަށް ފުރާފައެވެ. އެހެންކަމުން އީދުގެ ތައްޔާރީތަކަށް ގިނަ ބަޔަކު ބާޒާރަށް ނުކުތުމުން ފާއިތުވި ހަތަރު ފަސް ރޭ މާލޭގެ ޓްރެފިކަށް ވަނީ ވަރަށް ބާރު ބޮޑުވެފައެވެ. އެހެންވެ ޓްރެފިކް ބަލަހައްޓަން ވެސް […]
ޔުމްނާ ޢަލީ
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސްރީލަންކާގެ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖްގެ ދެވަނަ ރިވިއުއަށް ފެހި ސިގްނަލް ދީފިއެވެ. މި އެޕްރޫވަލްގެ ސަބަބުން އިގްތިސާދީ ގޮތުން ވަރަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ އެ ގައުމަށް ގާތްގަނޑަކަށް 336 މިލިއަން ޑޮލަރު އައިއެމްފް އިން އެގައުމަށް ދޫކުރާނެއެވެ. މިހާތަނަށް އައިއެމްއެފުން ޖުމްލަ އެއް ބިލިއަން ޑޮލަރުގެ އެހީ ސްރީލަންކާއަށް ވަނީ ލިބިފައެވެ. ސްރީލަންކާގެ އިގްތިސާދު ރަނގަޅުވާނެ ކަމުގެ ނިޝާންތައް ފެންނަމުންދާކަމަށް އައިއެމްއެފު...
އަޙްމަދު ދާއޫދު
މާދަމާ ފާހަގަކުރާ މިއަހަރުގެ އަޟްހާ ޢީދު (ބޮޑު އީދު) ފާހަގަކުރުމުގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފްނުވާގޮތުގެ މަތީން، އާންމު އިޖުތިމާއީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް ސަރުކާރުން އަންގައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި އަދި ސިޓީ ކައުންސިލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ވަނީ ބޮޑު އީދު ފާހަގަކުރާއިރު، އީދު ކުޅިވަރުތައް އިސްލާމްދީނާއި ދިވެހި...
ޔުމްނާ ޢަލީ
ދާދި ފަހުން ލީކުވި ލީކުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ ކުރީކޮޅު ލޯންޗްކުރަން ހަމަޖެހިފައިވާ ސެމްސަންގް ގެލެކްސީ އެސް25 ގައި ކުރިން އުފެއްދި ގެލެކްސީ އެސް24 އާ އެއްވަރުގެ ބެޓެރީ ކެޕޭސިޓީއެއް ހުންނާނެ އެވެ. މި ދެ ޑިވައިސްގައި ވެސް 4،000 އެމްއޭއެޗްގެ ބެޓެރީއެއް ހުންނާނެ ކަމަށް ބެލެވޭ އިރު، ބެޓެރީގެ ލައިފް އިތުރުވާނެ ކަމުގެ އުއްމީދުގައި ތިބި ބައެއް މީހުން މާޔޫސްވެދާނެ އެވެ. ސެމްސަންގްގެ ބޭސް މޮޑެލް އެސް ސީރީޒްގެ ސްމާޓްފޯންތަކަށް ބެޓެރީ ކެޕޭސިޓީ […]
އަޙްމަދު ދާއޫދު
ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ވޯޓު ކާމިޔާބު ކުރެއްވުމަށް ފަހު ދެވަނަ ދައުރަކަށް އެ ގައުމުގެ ރައީސް ކަމަށް ސިރިލް ރަމަފޯސާ އިންތިހާބުވެއްޖެ އެވެ. އޭނާ ހޮވިވަޑައިގެންނެވި ވޯޓް މަޖިލީހުގައި ނަގާފައިވަނީ ރަމާފޯސާގެ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ޕާޓީން ޑިމޮކްރެޓިކް އެލަޔަންސް (ޑީއޭ) އާ އެކު ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ތާރީހީ އެއްބަސްވުމެއް ހަދާފައިވާތާ ކުޑަ އިރުކޮޅެއް ފަހުނެވެ. މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ނަސްލީ ތަފާތުކުރުން ނިމުމަކަށް [...
އަޙްމަދު ދާއޫދު
ލޯންޗެއް ތ. ކިނބިދޫ ކައިރީ އޮންނަ ކުޑަ ފަޅުރަށަކަށް އަރައި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ތ. ކިނބިދޫ ކައިރީ އޮންނަ ނެރު ފަސްގަނޑު ކިޔާ ފަޅު ރަށަކަށް ލޯންޗެއް އަރައި އެކްސިޑެންޓެއް ހިނގައިގެން އެކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ފުލުހަށް ކޮށްފައި ވަނީ ހަވީރު 17:00 ހާއިރުއެވެ. މި އެކްސިޑެންޓް ގައި ކިނބިދޫ ކައިރީ އޮންނަ ނެރު ފަސްގަނޑު ކިޔާ ފަޅު ރަށަށް އަރާފައި ވަނީ ”ވެލިމާ” ނަމަކަށް […]
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ގަވާއިދުން ދަރުމައަށް ލޭ ހަދިޔާ ކުރާނަމަ ރާއްޖޭގައި ލޭގެ ބޭނުންޖެހޭ މީހުންނަށް ބޭނުންވާ މިންވަރަށް ލޭ ލިބޭ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ. ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހަކީ، ބައިނަލް އަޤުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މިއަދާއި ގުޅުވައިގެން ސިއްހަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމަކަށްވާއިރު، ދިވެހިރާއްޖޭގައި...
ޔުމްނާ ޢަލީ
ހުއްދަނެތި ބަނގުރާ ވިއްކަމުން ދިޔަ ސަފާރީ އަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މާފުށި ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށި ޕޮލިސް ސްޓޭޝަން، ޑްރަގް އެންފޯސްމަންޓު، ފޮރެންސިކް ޑިޕާޓްމަންޓު، މެރިން ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި، އެ ސަފާރީ ބަލައިފާސްކޮ...
ޔުމްނާ ޢަލީ
ހަތް ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް، އއ.އުކުޅަހުގައި ބޭއްވުމަށް ނިންމައިފިއެވެ. މި ކޮންފަރެންސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 އިން 30 އަށެވެ. 2012 ވަނަ އަހަރުން ފެށިގެން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ބައިނަލްއަޤްވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް އަކީ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމު ކުރުމުގެ މަޤްޞަދުގައި ބާއްވަ...
ޔުމްނާ ޢަލީ
ޖޯޒީތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ތިން މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ބަޔަކު ވަގަށް ނަގައިގެން ޖޯޒީތަކެއް ގެންގުޅޭ މައްސަލައެއް މިއަދު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ވައްކަންކުރިކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިއަދު މެންދުރުފަހު 13:15 ހާއިރުއެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. ދާޚިލީ ސަލާމ...
ޔުމްނާ ޢަލީ
”ޢަރަފާތު ދުވަހު، އިސްލާމީ އުންމަތް ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެކެވެ. ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވާ ތަނެވެ. އެބައިމީހުންގެ ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް، އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަމެވެ. މާތް اللهގެ އެއްކައުވަންތަކަމަށް ގޮވައިލާ އިސްލާމްދީނެވެ. އެ އެންމެން އެއް ތާކަށް، އެއް ގޮތަކަށް އެއްވެ، މާތް اللهއަށް މުނާޖާ ދެންނެވުމަށް ޓަކައެވެ. ޢަރަފާތު ދުވަހު ޢަރަފާތުގެ...
ޔުމްނާ ޢަލީ
ފްރީޒްކޮށްފައިވާ ރަޝިއާގެ އެސެޓްތައް ބޭނުންކޮށްގެން ޔޫކްރެއިނަށް 50 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖީ7 އިން އެއްބަސްވެއްޖެއެވެ. މި ލޯނަކީ ރަޝިޔާސިފައިންނާ ދެކޮޅަށް ޔޫކްރެއިންއިން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅުމަށް އެހީތެރިވުމުގެ ގޮތުން ނަގާ ލޯނެކެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މި ނިންމުމުގެ ސަބަބުން ޖީ-7 ގެ ގައުމުތައް ޔޫކްރެއިންއާއެކު ސާބިތުކަމާއެކު ތިބިކަމުގެ ސާފު މ...
އަޙްމަދު ދާއޫދު
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 30 މީހަކު ޝަހީދުވެފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 37،232 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާގައި އިތުރު 85،037 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ސަލާމަތްކުރާ މީހުންނަށް އެމީހުންނާ ހަމައަށް ނުދެވުމުގެ ސަބަބުން އަދިވެސް ގިނަ ބަޔަކު […]
އަޙްމަދު ދާއޫދު
މި މަހުގެ 13 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 50 ވަނަ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޓަލީއަށް ވަޑައިގަންނަވައިފިއެވެ. ދުނިޔޭގެ ބޮޑެތި އިޤްޞާދީ ތަކުގެ ލީޑަރުން ބައިވެރި ވަޑައިގަންނަވާ ޖީ7 އައުޓްރީޗް ސަމިޓަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވަނީ މޯދީއަށް ދައުވަތު ދެއްވާފައެވެ. މޯދީގެ މި ދަތުރުފުޅާ ގުޅޭ ގޮތުން ދެއްވި ހާއްސަ ބްރީފިންއެއްގައި ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވާތުރާ ވިދާޅުވީ އިޓަލީގެ ބޮޑުވަޒީރުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރ...
އަޙްމަދު ދާއޫދު
2023 ވަނަ އަހަރުން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަށަހަޅަން ޤަޞްދުކުރާ ބިލުތައް އެކުލެވޭ، ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ އެޓާނީ ޖެނެރަލްގެ އޮފީހުގެ (ބަންޑާރަނައިބު އޮފީހުގެ) ވެބްސައިޓްގައި ޝާއިޢުކޮށްފިއެވެ. އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ހިނގަމުންމިދާ ވެރިކަމުގެ ފަސް އަހަރު ދުވ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި އަޅަން ނިންމާފައިވާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، އިންޑޯ ކުޅިވަރުތަކަށް ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ. ވަޒީރު ރާފިޢު މިހެން ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ނިމުނު ގައުމީ ޗެސް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރުގެ ވާހަކާގައި ވަނީ ގިނަ ކުޅިވަރުތަކުގެ ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ފާހަގަ ކުރަށްވާފައެވެ. އަދި މިކަމަށް ހައްލެއް ހޯދ...
ޔުމްނާ ޢަލީ
އީދު ބަންދާއި ދިމާކޮށް އިތުރު ފްލައިޓްތަކެއް އަޅަން ޤައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފިއެވެ. މޯލްޑިވިއަނުން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު ފަސް މަންޒިލަކަށް ވަނީ އެޑިޝަނަލް ފްލައިޓް ޝެޑިއުލް ކޮށްފައެވެ. މިގޮތުން އެންމެ އުތުރުން ހއ.ހޯރަފުއްޓަށް ޖޫން 20 ވަނަ ދުވަހަށް ވަނީ ފްލައިޓެއް ޝެޑިއުލްކޮށްފައެވެ. އަދި ނ. މާފަރަށް 21 ޖޫން އަށް ވަނީ ފްލެއިޓެއް ޝެޑިއުލް ކޮށްފައެވެ. ޖޫން 20 ވަނަ ދުވަހަށް ރ. އިފުރަށް ވެސް ފްލައިޓެއް ޝެޑިއުލްކޮށްފައިވާއިރު، އެދުވަހަށް ކޫއްޑޫ އަދި […]
ޔުމްނާ ޢަލީ
އުރީދޫއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އަޟްހާ އީދަށް ހާއްސަ އޮފާތަކެއް އިއުލާނުކޮށްފިއެވެ. މި އޮފާތައް އުރީދޫން ތައާރަފުކޮށްފައިވަނީ މި އުފާވެރި މުނާސަބަތުގައި މުވާސަލާތީ ގޮތުން އެންމެން ގުޅިފައި ތިބުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫގެ އެކްސްކްލޫސިވް އީދު ޕްރޮމޯޝަންތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އޮފާ، ގިފްޓިން އޮޕްޝަންސް، ޕެކް އެކްޓިވޭޓްކޮށްގެން އަގުހުރި އިނާމު ލިބޭނެ ގޮތްތައްވެސް ހިމެނެއެވެ. ބޯނަސް ޑޭޓާ އޮފާއިން، ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ...
އަޙްމަދު ވަހީދު