ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގަތުމަށް ޖަޕާނުން އާ އެއްބަސްވުމެއް، ދެކުނު ކޮރެއާ އަދި އިޓަލީއާއެކު ހަދައިފިއެވެ. އާދީއްތަ ދުވަހު ހެދި މި އެއްބަސްވުމުގައި ވަނީ ދެކުނު ކޮރެއާ އަދި އިޓަލީއާއެކު ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގަތުމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދިރާސާކުރުމަށް ވެސް އެއްބަސްވެފައެވެ. މިއީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އެލްއެންޖީ އިމްޕޯޓަރުގެ ގޮތުގައި ހިމެނޭ ޖަޕާނުން އެނަރޖީ ސެކިއުރިޓީ ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެކެވެ. ޖަޕާނުގެ އެންމެ ބޮޑު ޔުޓިލިޓީ ކުންފުނި...
އަޙްމަދު ދާއޫދު
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އަނެއްކާވެސް ހަމަލާދީ 17 މީހަކު ޝަހީދުކޮށްލައިފިއެވެ. މިއީ ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން އެއްގަމު މަގުން މި ސަރަޙައްދަށް ދޭ ތިންވަނަ ހަމަލާއެވެ. ފަލަސްޠީނުގެ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި އާދީއްތަ ދުވަހު ދިން މި ހަމަލާގައި މަދުވެގެން 17 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 9 ކުދިން ހިމެނެއެވެ. މި ހަމަލާ ދިނީ އެ ސަރަޙައްދުގެ […]
އަޙްމަދު ދާއޫދު
ރާއްޖޭގެ ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރައްވާނެ ކަމުގައި ރައީސް މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ މިރޭ ކުރެއްވި ބައްދަލުކޮށްލެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޚާރިޖ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެ އާއި އަވަށްޓެރި އިންޑިއާ އާއި ގުޅުން ހަރުދަނާ ކުރުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފިކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާއަށް މިއަދު ފެއްޓެވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ އެ ޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރް އާއި މިއަދު ބައްދަލުކުރަށްވާފައެވެ. މި ބައްދަލުކުރެއްވުމާއިގުޅޭގޮތުން ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައ...
ޔުމްނާ ޢަލީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް އިތުރު މުހުލަތު މިއަދު ދީފިއެވެ. އެ ތަން ފުލުހުންނާއި ހަވާލުކުރުމަށް މި މަހުގެ 31 އާއި ހަމައަށް އިތުރު މުއްދަތު ދިނުމަށް ބައްސާމުގެ ވަކީލުންގެ ފަރާތުން މިއަދު ވަނީ ފުލުހުގައި އެދިފައެވެ. ފުލުހުން މިރޭ ބުނާ ހާލަތަށް ރިއާޔަތްކުރުމަށްފަހު، އެކަމަށް އެދި ބައްސާމުގެ ފަރާތުން ފޮނުވި ސިޓީގައިވާ މުހުލަތު ދިނުމަށް […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގަތުމުން، ނިއުދިއްލީގެ ޕަލަމް އެއަރޕޯޓުން މަރުޙަބާ ދެންނެވީ އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް އެންވަޔަރަމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖު އެންޑް އެކްސްޓާނަލް އެފެއާޒް ކިރިތީ ވަރުދަން ސިންގް އާއި އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސ...
ޔުމްނާ ޢަލީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް އިތުރު މުހުލަތު ދިނުމަށް އޭނާގެ ފަރާތުން ފުލުހުގައި އެދިއްޖެއެވެ. އެފްއެމްއޭމް ޚިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައި ހިމެނޭ ހުޅުމާލޭ އަމިން އެވެނިއުގައި ހުންނަ ދެ ޕެންޓަހައުސް ފުލުހުންނާއި ހަވާލުކުރުމަށް 28 ސެޕްޓެމްބަރު 2024 ގައި ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެންވެ އެ ދެތަނާއި ހ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓުން މިއަދު ބުނީ މި ދުވަސްވަރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވުމާއެކު އުތުރާއި މެދުރާއްޖޭގެ ސަރަހައްދުތަކަށް ޢާއްމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި ދެކުނުގެ ރަށްތަކަށް...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މިސްކިތު ގާރީ ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހުގެ 14:00 އާއި ހިސާބަށް ހުޅުވާލާފައިވާއިރު، ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ފޯމް ފުރިހަމަ ކުރުމަށް ފަހު އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 30 ފަރާތަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 10 އަހަރުފުރި 18 އަހަރު ނުފުރޭ ކުއްޖަކަށް [...
އިބްރާހިމް ޚަލީލް
ރިސޯޓެއްގައި ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި މުހިންމު ހެކިންތައް ހޯދަން ކުރި މަސައްކަތުން އެ މީހުން ތިބި ތަނެއް ހޯދިފައި ނުވާތީ އެ މީހުންގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އެ މައްސަލާގައި ދައުލަތުން ހުށަހެޅި މުހިންމު ހެކިވެރިންތަކެއް […]
ހުސައިން ހަބީބް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އިންޑިއާ ސަރުކާރާއި ހަވާލާ...
ޔުމްނާ ޢަލީ
ގޫގުލްގެ މައި ކުންފުނި އަލްފަބެޓުން ސާރޗް ނަތީޖާތަކުގައި ވަކި ކުންފުނިތަކެއްގެ ނަންތަކާ އެކު ޗެކްމާރކްތަކެއް ދައްކަން ޓެސްޓްކުރަމުންދާ ކަމަށް ކުންފުނީގެ ފަރާތުން ހުކުރު ދުވަހު ހާމަކޮށްފިއެވެ. މި ފީޗަރ ތަޢާރަފުކުރުމުގެ މަޤްޞަދަކީ ބޭނުންކުރާ ފަރާތްތަކަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދޭ ވެބްސައިޓްތައް ފަސޭހައިން ދެނެގަނެވޭނެ ގޮތް ހެދުމާއި، އޮޅުވާލުމުގެ ގޮތުން ހަދާފައިވާ ވެބްސައިޓްތަކުން ރައްކާތެރިވުމަށް މަގުފަހިކޮށްދިނުމެވެ. ގޫގުލްގެ ތަރުޖަމާނެއް ވިދާޅުވި ގޮތުގައި، އޮންލައިންކޮށް އިތުބާރުހުރި ވިޔަފާރި...
އަޙްމަދު ދާއޫދު
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު […]
ޙުސައިން ޝަހުދީ
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކުރި ނަމަވެސް އެ ޓީމްގެ ތަޖުރިބާކާރު ޑިފެންޑަރ ޑެނީ ކަރަވަހާލް އަށް ސީރިއަސް އަނިޔާއެއް ވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިއީ އެ ޓީމުން ލީގުގައި ބަލިނުވެ ކުޅުނު 41 ވަނަ މެޗެވެ. ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތީ ރެއާލާއި ވާދަވެރި ބާސެލޯނާއަތުގައެވެ. އެ ޓީމުން […]
އިބްރާހިމް ޚަލީލް
އިސްރާއީލާއި އީރާނުގެ ހަނގުރާމަ 7 ބިމަކަށް ފެތުރިއްޖެކަމަށް އިސްރާއީލުން ބުނެފިއެވެ. އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފައިވަނީ އީރާނުން އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާ ދިނުމާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ހަނގުރާމަ ފަށައިފައިވާ ކަމަށެވެ. މިހާރު 7 ތަނެއްގައި ހަނގުރާމަ ކުރިއަށްދާ ކަމަށް އައިޑީއެފްއިން މަޢުލޫމާތު ދީފައިވެއެވެ. ޣައްޒާ އަދި ހުޅަނގު އައްސޭރީގައި ކުރިއަށްދާ ހަނގުރާމައިގެ އިތުރުން ލެބަނަން، އީރާން، ޔަމަން، ސީރިއާ އަދި އިރާޤުގައި އިސްރާއީލް ސިފައިން އޮޕަރޭޝަންތައް ކ...
އަޙްމަދު ދާއޫދު
އެއް ހަފުތާގެ ޗުއްޓީއަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފަށައިފިއެވެ. ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ސްކޫލްތައް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރެފައިވާ އެކަޑަމިކް ކަލަންޑަރުގައިވާގޮތުން މި ފެށުނު ދެވަނަ ޓާމްގެ މިޑްޓާމް ޗުއްޓީ ދުވަސްވަރަކީ 22 ޑިސެމްބަރު 2024 އިން 2 ޖެނުއަރީ 2025 އަށެވެ. މިއަދު ފެށުނު ދެވަނަ ޓާމްގެ ކިޔެވުން ނިމި މި ދިރާސީ އަހަރު ނިމޭނީ އަންނަ އަހަރުގެ […]
ޔުމްނާ ޢަލީ
ލުބުނާނާއި ޣައްޒާގައި ހިނގަމުންދާ އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ސީރިއާގެ ވެރިރަށް ދިމިޝްޤަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި އިރާނާއި ސީރިއާގެ ގުޅުން ބަދަހިކުރުމަށްވެސް މަސައްކަތްކުރައްވާނެ ކަމަށް ބެލެވެއެވެ. އަރަޣްޗީ ސީރިއާއަށް ވަޑައިގަތުމުގެ ކުރިން ބައިރޫތުގައި މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ. އެގޮތުން ސަރަޙައްދުގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ...
އަޙްމަދު ދާއޫދު
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި މެންޗެސްޓާ ސިޓީއާއި އާސެނަލް މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ލިވަޕޫލުން ވަނީ 1-0 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. މެޗުގެ ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު ނުވަވަނަ މިނެޓުގައި ގަކްޕޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޑިއެގޯ ޖޮޓާއެވެ. މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީން ވަނީ 3-2 ގެ ނަތީޖާއިން ފުލަމް ބަލިކޮށްފައެވެ. މި މެޗުގައި ސިޓީއަށް ލަނޑުތައް ޖަހައިދިނީ ޑޯކޫއާއި ކޮވެސިޗެވެ. ކޮވެސިޗް ވަނީ […]
އިބްރާހިމް ޚަލީލް