ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މިސްކިތު ގާރީ ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހުގެ 14:00 އާއި ހިސާބަށް ހުޅުވާލާފައިވާއިރު، ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ފޯމް ފުރިހަމަ ކުރުމަށް ފަހު އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 30 ފަރާތަށެވެ.

Ad
rt

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 10 އަހަރުފުރި 18 އަހަރު ނުފުރޭ ކުއްޖަކަށް ވުން، ބަލައިގެން ގުރުއާން ކިޔަވަން އެނގޭ ކުއްޖަކަށް ވުމުގެ އިތުރުން ދިވެއްސަކަށް ވުން ހިމެނެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކުޅުދުއްފުށީގެ އެންމެ ބޮޑު މިސްކިތްކަމުގައިވާ މަސްޖިދުލް ހަޟާރާތުގައެވެ. ކްލާސްތައް ބާއްވަން ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައެވެ. މި ޕްރޮގްރާމުގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ.

ބައިވެރިވުމަށް: Forms.office.com/r/gNk7uXDeSF