މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި، މި ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތު ދީފައި ވަނީ މިރޭ 19:30 އިން […]
ޔުމްނާ ޢަލީ
މާލޭގައި ޕިކަޕަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ މާލޭގައި ޕިކަޕަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ދިވެހިރާއްޖޭގެ އަޑާއި ދިމާލު އަމީނީމަގުގައެވެ. މި އެކްސިޑެންޓްގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ޔުމްނާ ޢަލީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފުރަންގޮސް ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ވީއައިއޭ އަށް ފުރަންގޮސްހުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ، ޢަބުދުﷲ ފަސީހް، ށ. ނޫމަރާ/ހަވީރީގެ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފުރަންގޮސް ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގައި ހުއްޓައި، ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަަލައެއްގައެވެ. ”މ...
ޔުމްނާ ޢަލީ
އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ބޮޑުތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތްކުރެވިފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. އިންޑިއާގެ މުމްބާއީގައި އިއްޔެ ވަނީ “އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް” އެއް ބާއްވާފައެވެ. މި ފޯރަމްގައި މުމްބާއީގެ ބޮޑެތި ވިޔަފާރިތަކާއި އިންވެސްޓްމަންޓު ކުންފުނިތަކާއި، އިންޑިއާގެ ބައެއް ފިލްމީތަރިން ވެސް ބައިވެރިވިއެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދައުވަތަކަށް އެ ޤައުމަށް ކުރަށްވަމުން...
ޔުމްނާ ޢަލީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރަށް ފަތުރުވެރިކަން ފުޅާވެގެން ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދައުވަތަކަށް އެ ޤައުމަށް ކުރަށްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މުމްބާއީގައި ބޭއްވި “އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް” ގައި ވާހަކަފުޅުދައްކަވަމުންނެވެ. މިފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުސަތުތަކުގެ އިތުރުން ރާއްޖޭ...
ޔުމްނާ ޢަލީ
ޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް (ޕެންޓަހައުސް) ފުލުހުންނާއި ހަވާލުކޮށްފިއެވެ. ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު ޓަވަރުތަކުން ބައްސާމް ގަނެފައި ހުންނަ ދެ ޕެންޓަހައުސް އަކީ ކޯވިޑު ދުވަސްވަރު ދިވެހި ކްލަބްތަކަށް ފައިސާ ދޫކުރަން އެފްއޭއެމަށް ދިން ފައިސާ ބޭނުންކޮށްގެން ގަނެފައިވާތަންތަން ކަމަށް އޮތީ ތުހުމަތު ކުރެވިފައެވެ. މި ތުހުމަތާއި ގުޅިގެން މައްސަލަ ތަހްގީގު ކުރުމަށްފަހ...
ޔުމްނާ ޢަލީ
އެމެރިކާގެ 13 ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާއިން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކާ ދެކޮޅަށް އައު މައްސަލަތަކެއް ހުށަހަޅައިފިއެވެ. މި މައްސަލަތައް ހުށަހަޅާފައިވަނީ ޓިކްޓޮކުން ޒުވާނުންނަށް ގެއްލުން ދިނުމާއި އެފަރާތްތައް ރައްކާތެރިކުރުމަށް ފެއިލްވުމުގެ ދަޢުވާގައެވެ. އަންގާރަ ދުވަހު ނިއުޔޯކް، ކެލިފޯނިއާ، ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ އަދި އިތުރު 11 ސްޓޭޓަކުން ވަކިވަކިން ހުށަހަޅާފައިވާ މި މައްސަލަތަކުން، ޗައިނާގެ މިލްކިއްޔާތުގައިވާ ޓިކްޓޮކާއި އެމެރިކާގެ ރެގިއުލޭޓަރުންނާ ދެމެދު އޮތް ޤ...
އަޙްމަދު ދާއޫދު
އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ފިކުރުން އިލްހާމު ލިބިގެން އެމެރިކާގެ އިންތިޚާބު ދުވަހު ގިނަ ބަޔަކަށް އަމާޒުކޮށްގެން ހަމަލާއެއް ދޭން ރާވަމުންދިޔަ އަފްޣާނިސްތާނުގެ މީހަކު އެފްބީއައިން ހައްޔަރުކޮށްފިއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މި މަޢުލޫމާތު ހާމަކުރީ އަންގާރަ ދުވަހުއެވެ. އޮކްލަހޯމާ ސިޓީގައި ދިރިއުޅޭ 27 އަހަރުގެ ނަސީރު އަހްމަދު ތައުހީދީ ހޯމަ ދުވަހު ހައްޔަރުކުރުމަށްފަހު ތަޙްޤީޤުގައި ބުނެފައިވަނީ އޭނާ ރާވާފައިވަނީ މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ދުވަހާ ދިމާކޮށް ހަމަލާ ދޭށެވެ. އަ...
އަޙްމަދު ދާއޫދު
ސިޔާސީ ޕާޓީތަކަށް ސަރުކާރުން ދެމުން އަންނަ ފައިސާ ހުރިހާ ޕާޓީއަކަށް ލިބޭގޮތަށް ގާނޫނަށް ބަދަލުގެންނަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އީސީން އިއްޔެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި ވަނީ ހުރިހާ ޕާޓީތަކަށް ފައިސާ ލިބޭ ގޮތަށް އިސްލާހު ހުށަހެޅުމަށް ނިންމާފައެވެ. އެގޮތުން ބަޖެޓުގެ ފުރަތަމަ 25 އިންސައްތަ 3000 މެމްބަރުން ހަމަވާ ޕާޓީތަކަށް ބަހާލާއިރު، 10000 މެމްބަރުން ހަމަވާ ޕާޓީތަކަށް ބަޖެ...
އިބްރާހިމް ޚަލީލް
ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2,000 އަށް އަރައިފިއެވެ. ލުބުނާންގެ ސިއްޙީ ވުޒާރާއިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 އިން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2,119 އަށް އަރައިފިއެވެ. އަދި މި ހަމަލާތަކުގައި 10,019 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. ސިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 36 މީހުން […]
އަޙްމަދު ދާއޫދު
ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށާއި ދައުލަތުގެ އެކިވަރުގެ ވެރިންނަށް މަރުގެ އިންޒާރުދިން މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އަބުދުﷲ މިޔާދު، 40އ، ގ. ސަންސަންގެއާގެ/މާލެ އެވެ. ފުލުހުން މިރޭ ބުނީ އަބުދުﷲ މިޔާދުގެ ނަމުގައި ބޭނުންކުރާ އެކައުންޓަކުން ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށާއި ދައުލަތުގެ އެކިވަރުގެ ވެރިންނަށާއި އަދި އެހެނިހެން މީހުންނަށް ވެސް މަރާލާނެކަމަށްބުނެ މަރުގެ އިންޒާރުދީ، އެކި ގޮތްގޮތުން ގެއްލުންދޭނެކަމަށް ބުނެ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާދީއްތަ ދުވަހު ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ. އެ ޤައުމުން ރައީސްގެ ދެ ކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ ރަސްމީ ވާހަކަތައް ބޭއްވީ އިއްޔެއެވެ. މިދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ވަނީ އާގަރާއަަށް ވަޑައިގެން އެރަށުގައި ހުންނަ ތާރީޚީ މުހިންމު ބިނާއެއް ކަމުގައިވާ ތާޖް މަހަލަށް ޒިޔާރަތް […...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުން ވިޔަފާރިކުރަން ކުންފުނި އުފެއްދުމުގެ އުސޫލުގެ ދަށުން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އުފައްދާފައިވާ “ހއ. އަތޮޅު ލޯކަލް އޮތޯރިޓީ އޮތޯރިޓީ ކުންފުނި” ގެ ބޯޑުގެ މިނިވަން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހއ.އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ “ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ...
އިބްރާހިމް ޚަލީލް
ށ.އަތޮޅު ކައުންސިލާއި، އެ އަތޮޅުގެ ރަށު ކައުންސިލްތައް ގުޅިގެން ހިންގާ ރަށްވެހި ތަރައްގީގެ ޕްރޮގްރާމްތަކަށް އަތޮޅު ކައުންސިލުގެ ބަޖެޓުން 500000 (ފަސްލައްކަ) ރުފިޔާގެ އެހީ ފޯރުކޮށްދިނުމަށް ނިންމައި، ހިންގަން ކަނޑައަޅާފައިވާ ޕްރޮގްރާމްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. ށ.އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގާ ރަށްވެހި ތަރައްގީގެ ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހަޅަން ކައުންސިލްތަކަށް އަތޮޅު ކައުންސިލުން ހުޅުވާލުމުން އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުން ވެސް ވަނީ ހިންގަން ބޭނުންވާ ޕްރޮގްރާމ...
އިބްރާހިމް ޚަލީލް
ނުރައްކާތެރި ގޮތަކަށް ލޯންޗްތަކެއް ދުއްވި މައްސަލާގައި، ލޯންޗް ދުއްވަން ތިބި މީހުންގެ ލައިސަންސް ވަގުތީގޮތުން ހިފަހައްޓައި ޖޫރިމަނާ ކޮށްފިއެވެ. ނުރައްކާތެރި ގޮތަކަށް ތިން ލޯންޗެއް ދުއްވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ވީޑިއޯ ވަރަށް ބޮޑަށް ވައިރަލްވެ ގިނަބަޔަކު ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވަނިކޮށް ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއިއެކު އެ މައްސަލަ ބަލަންފަށާފައިވާ ކަމަށެވެ. ފުލުހުން އިތުރަށް ބުނީ އެ […]
އިބްރާހިމް ޚަލީލް
ރާއްޖޭގައި ހުންނަ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ރާއްޖޭގައި ހުންނަ ބައެއް އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރި ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމްގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކުރި އެވެ. އެ މައްސަލަ ޝާދިޔާގެ […]
ހުސައިން ހަބީބް
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށްދޭން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން އިއްޔެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އިއްޔެ ވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުކޮށްލެއްވުމަށްފަހު އެމްޑީ ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ގުޅިގެން އިސްލާމީ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގ...
ޔުމްނާ ޢަލީ
ގޫގުލްއިން އެންޑްރޮއިޑް ފޯނުތަކަށް މުޅިން އައު ފީޗަރތަކެއްގެ އިތުރުކޮށްފިއެވެ. މައުންޓަން ވިއު ސިޓީގައި ހުންނަ ޓެކްނޮލޮޖީގެ ބިޔަ ބޮޑު ކުންފުނި ގޫގުލްއިން އެންޑްރޮއިޑް ފޯނުތަކަށް އައު ފީޗާތައް ފޮނުވާފައިވަނީ ނޯޓިފިކޭޝަނެއް ވެސް ފޮނުވުމާ އެކުގައެވެ. މިއީ އެންޑްރޮއިޑް ފޯނުތަކަށް ގެނެވުނު އައު ފީޗަރތަކެއްގެ މަޢުލޫމާތު ހިމެނޭ ނޯޓިފިކޭޝަނެކެވެ. 9ޓު5 ގޫގުލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ނޯޓިފިކޭޝަން ފޮނުވާފައިވަނީ މިދިޔަ ހޮނިހިރު އާއި އާދީއްތަ ދުވަހުއެވެ. މި ނޯޓިފިކޭޝަން ފޮނުވާފައިވަނީ ގޫގުލް ޕ...
އަޙްމަދު ދާއޫދު