މިވަގުތު އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރަށްވަން ބޭނުންފުޅު ނޫންކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ފެޔަށްޖެހިވަޑައިގަންނަވަން ބޭނުންފުޅު ނޫންކަަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓިސްގެ އިސް ބޭފުޅުންތަކެއް އަނބުރާ އެމްޑީޕީއަށް ސޮއިކޮށްފައިވާ ދަނޑިވަޅެއްގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކު...
ޔުމްނާ ޢަލީ
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލުކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރަނީ ދައުލަ...
ހުސައިން ހަބީބް
އިލެކްޝަން ކޮމިޝަން (އީސީ) އިން އެކޮމިޝަންގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރެމުންދޭތޯ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ސުވާލުއުފައްދަވައިފިއެވެ. ކުރީގެ ރައީސް ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އާންމު އެތައް ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ޕީއެންސީން ބޭނުންކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރަށްވާފައެވެ. ‘’އެންމެ ފަހުން މިއެނގުނީ އެމްޑީޕީ އަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުވެސް އޮޅުވާލައިގެން ޕީއެންސީއަށް ވެެއްދި ވާހަކައެވެ. ސުވ...
ޔުމްނާ ޢަލީ
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މުއާޒް ހަލީމް ހަމަޖައްސައިފި އެވެ. ޕީއެންސީ އިން ވަނީ އެ ޕާޓީގެ އާ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މުއާޒް ހަމަޖައްސާފައިވާކަން ހާމަކޮށް އޭނާ އަށް މަރުހަބާ ކިޔާފައެވެ. މުއާޒަކީ ދިފާއީ ވުޒާރާގެ ސްޓޭޓް ވަޒީރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. މުއާޒް ޕީއެންސީގެ އެސްޖީއަކަށް ހަމަޖެއްސުމާއި ހަމައަށް އެޕާޓީގެ އެސްޖީ އަކަށް ހުންނެވީ ޒީނާޒް އަދުނާން އެވެ. ޒީނާޒް އެމަގާމަށް ހަމަޖެއްސީ 24 މެއި […]
ޔުމްނާ ޢަލީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ 6000 މެމްބަރުން ވަގަށް އެމްޑީޕީއަށް ވެއްދިކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ޕީއެންސީން، އެމްޑީޕީގެ މެމްބަރުން ވަގަށް އެ ޕާޓީއަށް ވައްދާކަމަށް ތުހުމަތުކުރަމުން އަންނާތީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝުޖާޢުގެ ވިދާޅުވެފައި ވަނީ ވަގަށް ޕާޓީ އަށް މީހުން ވައްދާ ވާހަކަ އެމްޑީޕީން ދައްކަން ލަދުގަންނަން ޖެހޭނެ ކަމަށެވެ. ”ޕީޕީއެމް...
ޔުމްނާ ޢަލީ
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބައެއް ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރުމުގައި ދަތިތައް ކުރިމަތިވުން އެކަށީގެންވާކަމަށް ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ބުނެފިއެވެ. މި މައްސަލަ ހައްލުކުރުމަށް އެންސީއައިޓީގެ ޓީމުން މަސައްކަތް ކުރަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތައް ހޯދުމުގައި ދިމާވެދާނެ ދަތިތަކަށް އެންސީއައިޓީން ވަނީ މައާފަށް އެދިފައެވެ. We are currently experiencing technical issues that may affect access t...
ޔުމްނާ ޢަލީ
ކުރިން ހަބީބް ބޭންކު ހުރި ބިމުގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށް އެތައް ޒަމާނެއް ވެފައިވާ ބޮޑުބަޑިއެއް ފެނިއްޖެއެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިކަން ހާމަކޮށްފައިވަނީ އެ މަރުކަޒުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ މި ބަޑި ފެނިފައިވަނީ މާލޭ ޗާންދަނީމަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި ކަމަށާއި، މިހާރު އެ ބަޑި ވަނީ އެ މަރުކަޒުގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ. ކުރީ ޒަމާނުގައި މާލޭގެ އުތުރު […]
އަލީ އާދިލް
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލިޑަރ ހުސައިން ޒިޔާދު (ފިއްޓޭ) ވެސް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ދަފްތަރުގައި އޮތްކަން ހާމަވެއްޖެ އެވެ. މި މަޢުލޫމާތު ފިއްޓޭ އަމިއްލައަށް މި ނޫހަށް ކަށަވަރުކޮށްދީފައިވާއިރު، އޭނާ ވިދާޅުވެފައިވަނީ އޭނާއަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާ ކަމަށެވެ. އިލެކްޝަން ކޮމިޝަނުން ފިއްޓޭގެ އައިޑީކާޑު ޗެކްކުރުމުން ދައްކާގޮތުގައި، އޭނާ ޕީއެންސީއަށް ވައްދާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ....
Thiladhun
ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެގޮތުން ވެސްޓްޕާކް ސަރަޙައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިފައިން ބުންޏެވެ. ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހ...
ޔުމްނާ ޢަލީ
ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފައިވާތީ މާލޭގައި ފެންބޮޑުވާއިރު އާންމުކޮށް ފެންވަންނަކަމަށް ފާހަގަވާ ގެތަކުގައި މާލެ ސިޓީ ކައުންސިލުން ވެލިބަސްތާ ޖަހައިފިއެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނީ، ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް ރެއިން ފެށިގެން އާންމުކޮށް ފެންވަދެ ގެއްލުވާކަމަށް ފާހަގަ ކުރެވޭ 56 އަށް ވުރެ ގިނަ ގެތަކުގައި މާލޭ ސިޓީ ކައުންސިލުން ވެލި ބަސްތާ ޖަހާފައިވާ ކަމަ...
ޔުމްނާ ޢަލީ
ސްޕެނިޝް ސްޕަކަޕް ފައިނަލުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޗެމްޕިއަންކަން ބާސާއިން ހޯދައިފިއެވެ. ރޭ ސައުދި އަރަބިއްޔާގެ ރިޔާދުގެ ކިންގް އަބްދުﷲ ސްޓޭޑިއަމްގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 5-2 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ބާސާއިން ގޭމް ޑޮމިނޭޓް ކުރި ނަމަވެސް، ފަސްވަނަ މިނެޓުގައި ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްފައި އެމްބާޕޭ ވަނީ ލަނޑުޖަހައި ރެއާލަށް ލީޑު ނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން މޮޅު ކުޅުމެއް […...
އިބްރާހިމް ޚަލީލް
އެމެރިކާގައި ޓިކްޓޮކް ބަންދުކުރާތީ ޓިކްޓޮކްގެ މަޝްހޫރު ކްރިއޭޓަރުންގެ ފޯކަސް އެހެން ޕްލެޓްފޯމްތަކަށް ހުރިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ސީއެންބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ސަރުކާރުން ދަނީ 19 ޖެނުއަރީ 2025 ގައި ޓިކްޓޮކް އެޕް ބަންދުކުރުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ތައްޔާރުވަމުންނެވެ. މިކަމާ ގުޅިގެން، މިލިއަނުން މީހުން ބޭނުންކުރާ ޓިކްޓޮކްގެ ކޮންޓެންޓް ކްރިއޭޓަރުން އެމީހުންގެ ފޮލޯވަރުންނަށް ވެސް އެހެން ސޯޝަލް މީޑިއާ އެކައުންޓްތަކަށް ފޮލޯކުރުމަށް ދަނީ ގޮވާލަމުންނެވ...
އަޙްމަދު ދާއޫދު
ލޮސް އެންޖެލަސްގައި މިވަގުތު ގިނަ ސަރަހައްދުތަކެއް އަނދަމުންދާ އަލިފާނުގެ ހާދިސާއިން މިހާތަނަށް 29،000 އެކަރަށްވުރެ ބޮޑު ސަރަހައްދެއް އަނދައި އަޅިއަށްވެއްޖެއެވެ. މިއީ 20،000 ފުޓްބޯޅަ ދަނޑަށްވުރެ ބޮޑު ސަރަހައްދެކެވެ. ގަދަ ވައިގެ ސަބަބުން އަލިފާން އިތުރަށް ފެތުރެމުންދާއިރު، މިވަގުތާ ހަމައަށްވެސް އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި، މިސަރަހައްދުގެ ގިނަ ގޭބިސީތަކުގެ އަލިފާނުގެ އިންޝުއަރެންސް ކުރިން އުވާލެވިފައިވުމާއެކު، ގެދޮރު ގެއްލުނު އާއިލާތަކަށް އެ...
އަޙްމަދު ދާއޫދު
އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ އާސެނަލްއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބަލިވެ، މުބާރާތުން އާސެނަލް ކަޓައިފިއެވެ. ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. އިތުރުވަގުތުގެ ދެހާފު ކުޅެ ނިމުނުއިރު ވެސް ނަތީޖާއަށް ބަދަލުނައުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޔުނައިޓެޑުން އާސެނަލްގެ މައްޗަށް ކުރި ހޯދީ 5-3 ގެ ނަތީޖާއިންނެވެ. މި […]
އިބްރާހިމް ޚަލީލް
ސްރީލަންކާގެ ހަރުކަށި ބުޑިސްޓް ދީނީ އިސްވެރިއެއް ކަމުގައިވާ ގަލަގޮޑައާތޭ ގްނާނަސާރާ އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނީ ރުޅިވެރިކަން އުފެއްދުމުގެ ކުށް ސާބިތުވެ 9 މަސްދުވަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. ކޮލޮމްބޯ މެޖިސްޓްރޭޓް ކޯޓުން މި ޙުކުމް ކޮށްފައިވަނީ، އޭނާ 2016 ވަނަ އަހަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ބޯޑު ބަލަ ސޭނާ ކިޔާ ގައުމިއްޔަތުވާދީ ޖަމާއަތުގެ އިސްވެރިއެއް ކަމުގައިވާ ގްނާނަސާރާއަކީ، ކުރިންވެސް މުސްލިމުންނާ ދެކޮޅު އަނިޔާވެރި ޢަމަ...
އަޙްމަދު ދާއޫދު
އަހުމަދު ރަޝީދު (ދޮންކޮޅު) މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކޮށް، ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިއްޖެ އެވެ. ޕާޓީގެ ފޯމު އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހަވާލު ކޮށްފައިކަމަށް ޕީއެންސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. މި ކަމަށްޓަކައި މުލިއާގޭގައި ވަނީ ކުޑަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި، މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ […]
އަލީ އާދިލް
ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ މަހެއްހާ ދުވަސް ވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާތަނަށް މަހެއްހާ ދުވަސްވެފައިވާއިރުވެސް އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ހޯދަމުންދަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 41 އަހަރުގެ އުމޭޝް މާންޖީއެވެ. އޭނާ ގެއްލިފައިވަނީ 2024 ޑިސެންބަރު 14 ވަނަ ދުވަހުގެ ހެނދުނު 7:00 އެހާކަންހާއިރު، އޭނ...
އަލީ އާދިލް
މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ. މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ރީތިވިނަމަވެސް، ކުރިއަށް އޮތް 6 ދުވަހު މޫސުން ގޯސްވާނެ ކަމަށެވެ. މެޓް އޮފީހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގެ އިރުމައްޗަށް ވާގޮތަށް ސްރީލަންކާގެ ދެކުނުގައިއާއި ރާއްޖޭގެ ހުޅަނގުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވެއެވެ. މި ކޮޅިގަނޑުގެ ބާރު […]
އިބްރާހިމް އަސްވާޤް