އަހުމަދު ރަޝީދު (ދޮންކޮޅު) މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކޮށް، ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިއްޖެ އެވެ.
ޕާޓީގެ ފޯމު އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހަވާލު ކޮށްފައިކަމަށް ޕީއެންސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
މި ކަމަށްޓަކައި މުލިއާގޭގައި ވަނީ ކުޑަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި، މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މަގާމެއްގަ އަދި ފަހުން ހައުސިން މިނިސްޓްރީގެ ސިޔާސީ މަގާމެއް ފުރުއްވި ދޮންކޮޅު އެމްޑީޕީން ކެނޑުނު ސަބަބު ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ.
ނަމަވެސް، އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މެމްބަރުންތަކެއް އަލުން އެމްޑީޕީ އާ ގުޅުމާ ގުޅިގެން އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނެފައިވަނީ ޕީއެންސީއާއެކު މަސައްކަތް ކުރުން މާ ރަނގަޅު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!