ތިމާވެށި ހިމާޔަތްކުރުމާގުޅޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުއާހަދާތައް ދިފާއުގައި ދިވެހިރާއްޖެއިން ކުރަމުންދަނީ އަގުހުރި މަސައްކަތެއްކަމަށް އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ވިދާޅުވެއްޖެއެވެ. އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް މިހެން ވިދާޅުވީ، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް އިއްޔެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެސްޓޯނިއާގެ ރައީސް، ރާއްޖޭގެ ރައީސް މުޢިއްޒުއަށް މަރުޙަބާ ދަންނަވާ ފޮޓޯތ...
ޔުމްނާ ޢަލީ
އުމްރާއަށް ގެންދިޔުމުގެ އުސޫލާ ޚިލާފްވި 19 ކުންފުންޏަކަށް ފިޔަވަޅުއަޅަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، އުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލާ ޚިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ. އެ ވުޒާރާއިން ނިންމާފައި ވަނީ އެއިން ކޮންމެ ކުންފުންޏެއް 5 ހާސް ރުފިޔާއިން ޖޫރިމަނާކުރުމާށް ވެސް ވަޒީރު ވިދާޅުވިއެވެ. ”އުމްރާއަށް މީހުން ގެންދިއުމަ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެ އާއި އެސްޓޯނިއާ އާއި ދެމެދު އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގެ ތެރެއިން ބޭއްވި ބައްދަލުވުމުގެ ހަވާސާގައެވެ. މި ފަހުމުނާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލެވެ. އެސްޓޯނިއާގެ ފަރާތުން ސޮއިކުރެއްވީ އެސްޓޯނިއާގެ ކްލައިމެޓް ވަޒީރު ޔޯކޯ އަލެންޑަރ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” އަހަރެން މިހާ ދުވަހު ކެތްކޮށްފިން. އަރޫ ބުނިހާ ގޮތަކަށް ހެދިގެން އަހަރެން މި އުޅެނީ އަހަރެން ލޯބިވާތީ. އަރޫއަށް ވެސް ދެން އަހަރެންދެކެ ލޯބި ވެވިދާނެ.” ނަދީމް ތެދުވަމުން ބުންޏެވެ. ގައިމަތީ ބެޑްޝީޓް އަޅައިގެން އޭރު ވެސް އަރޫޝާ އޮތީ ރޮއިލަރޮއިލައެވެ. ” ދެން ކީއްވެތަ ތި ރޮވެނީ؟ އަހަންނަށް މި ކުރެވުނީ ކުށެއްތަ؟ މިއީ ކުށެއް ނޫނެއްނު. އަހަރެމެން ދެ މީހުންނަކީ ދެމަފިރިންނޭ. އަރޫ އަހަރެންދެކެ ލޯބި ނުވެޔޭ ބުންޏަސް […]
ސަލާމާ ޢަބްދުލް ޢަލީމް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިހާރު ގެންދަވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ރައީސުން ކުރިއަށް ގެންދެވި މަޝްވަރާތަކުގައި ދެ ޤައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތަޢުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ...
ޔުމްނާ ޢަލީ
ކުޑަކުދިންނާއެކު ޖިންސީ މުޢާމަލާތް ކުރާކަމުގެ ތުހުމަތުގައި، އިޒްރޭލަށް ތާއީދުކުރާ ލޮބީ ގްރޫޕެއްގެ ލީޑަރެއް ކަމަށްވާ އިނގިރޭސި ވިލާތުގެ ކުރީގެ އެމްޕީއެއް ހައްޔަރުކޮށްފިއެވެ. މިދިޔަ ހަފްތާގެ ފަހުކޮޅު އިންޓަނެޓުގައި ދައުރުވަމުންދިޔަ ވީޑިއޯއެއްގައި ވަނީ ޓްރެންޗް ކޯޓަކާއި ރަތް ކެޕެއް އަޅައިގެން ހުރި މީހަކު ބްރިޓިޝް ފުލުހުން ހިފައި ހައްޔަރުކުރާ މަންޒަރު ދައްކާފައެވެ. މިއީ “ޕީޑޯފައިލް ހަންޓަރުން” ކަމަށް ބުނާ ބަޔަކު އޭނާއާ ކުރިމަތިލުމަށްފަހު ކުރި ކަމެކެވެ. އެމީހުން ބުނި ގޮތުގައި އެމީހާ ވަނީ އިންޓަނެޓް މ...
އަޙްމަދު ދާއޫދު
އެމެރިކާގެ ލޮސް އެންޖަލަސްގައި މިހާރު ރޯވެފައިވާ ބިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން 100،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ އަމުރު ނެރެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދީފިއެވެ. މި ހާދިސާގައި މިހާތަނަށް 24 މީހުން މަރުވެފައިވާއިރު، މި އަދަދު އިތުރުވާނެ ކަމަށް ކެލިފޯނިއާގެ ގަވަރނަރު ގެވިން ނިއުސަމް ވިދާޅުވެފައިވެއެވެ. އީޓަން، ހަރސްޓް އަދި ޕެލިސޭޑްސް ފަޔަރގެ ނަމުން މަޝްހޫރުވެފައިވާ މި ތިން އަލިފާނުގެ ހާދިސާ ވަނީ މިހާރު 38،000 އޭކަރއަށްވުރެ ބޮޑު […]
އަޙްމަދު ދާއޫދު
ދެކުނު ކޮރެއާގެ ސަސްޕެންޑް ކުރެވިފައިވާ ރައީސް ޔޫން ސުކް ޔެލްގެ ޢަޒުލުކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން މި ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ އަޑުއެހުމަށް ހާޒިރުނުވާނެ ކަމަށް އޭނާގެ ވަކީލު ބުނެފިއެވެ. ކޮންސްޓިޓިއުޝަނަލް ކޯޓުގައި އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އަޑުއެހުމާ ބެހޭ ގޮތުން ރައީސްގެ ވަކީލު ޔުން ގަޕް-ގޫން ވަނީ އެކަން ހާމަކޮށްފައެވެ. މާޝަލް ލޯ (އަސްކަރީ ގާނޫނު) އިއުލާން ކުރުމާ ގުޅިގެން އުފެދިފައިވާ މައްސަލައެއްގައި ރައީސް ހައްޔަރުކުރު...
އަޙްމަދު ދާއޫދު
މާލޭގެ ކެފޭއެއްގައި އިންދާ ޚަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. މާލޭގެ މާފަންނުގައި ހުންނަ ކެފޭއެއްގައި އިން މީހަކު ޚަބަރު ހުސްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނީ މިރޭ 22:32 ގައެވެ. އެމީހާ އަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ. މިރޭ 00:12 ގައި އެ ހާދިސާއާއި ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އެމީހާ ނި...
ޔުމްނާ ޢަލީ
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ނިންމުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމުގެ ޖާގައެއް ލިބުމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އޮތް ފުރުސަތު ހަނިވެއްޖެއެވެ. ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު މި މަސް ތެރޭޭގައި ހަމަވުމުން އެ ދެ މަގާމަށް މެންބަރުން ހޯދަން ރައީސް އޮފީހުން ކުރި އިއުލާނަށް ޝަރުތު ހަމަވާ 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެ ބޭފުޅުންގެ ނަންތައް ރައީސް، މަޖިލީހަށް ފޮނުއްވާފައިވާއިރު އެންމެ އިސް...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްދީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރޭވުމަކުން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ފިއްޓޭ ޕީއެންސީއަށް ވެއްދި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މެމްބަރު ޝުޖާއު ވިދާޅުވި ގޮތުގައި މިކަން ކޮށްފައިވަނީ...
ޔުމްނާ ޢަލީ
ރ. ފައިނު ނެރު ފައިކަށްޓަށް އަރައި، ބަނޑުފިލައިން ފަޅައިގެން ދިޔަ ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެމްއެންޑީއެފް އިން ބުނީ، ފައިނު ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރު ފައިކަށްޓަށް އަރައި، ބަނޑުފިލައިން ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ދޯންޏަކަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. މިއަދު މެންދުރުފަހު 13:46 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބުނު ގޮތުގައި “މިނާ” ނަމަކަށް ކިޔާ ސ...
އަލީ އާދިލް
އެމްޓީސީސީން ކުރިއަށް ގެންދިޔަ “ކަށަވަރު ޕްރޮމޯ 2024” ގެ ނަސީބުވެރިޔާ ހޮވައިފިއެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުނީ އެންޓްރެކް ހޯލްޑިންގ ނަމަކަށް ކިޔާ ކުންފުންޏެކެވެ. “ކަށަވަރު ޕްރޮމޯ 2024” އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 31 ޑިސެމްބަރު 2024 އާ ހަމައަށް އެމްޓީސީސީން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުމެވެ. މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓާއެކު ވިއްކި ޕްރޮޑަކްޓްތަކުގެ ތ...
އިބްރާހިމް އަސްވާޤް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެސްޓޯނިއާއިން ރަސްމީކޮށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ވަފްދަށް އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސް ރަސްމީކޮށް މަރުޙަބާ ދެންނެވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި ގާޑް އޮފް އޮނަރއެއް އަރުވާފައިވެއެވެ. އެއަށްފަހު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ވަނީ އެ ޤައުމު...
އަލީ އާދިލް
މާދަމާއިން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވުމުން، އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޚާއްސަ ޓާސްކުފޯހެއް އެކުލަވާލައިފިއެވެ. ސްޓެލްކޯއިން މިއަދު ބުނެފައިވާ ގޮތުގައި، މި ޙާލަތުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ރައްޔިތުންނަށް...
އިބްރާހިމް އަސްވާޤް
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 100 ރުފިޔާ ނޫޓުގެ އައު ޗާޕެއް ނެރެން ތައްޔާރުވެއްޖެއެވެ. އެމްއެމްއޭ އިން މިއަދު ބުނީ 100 ރުފިޔާ ނޫޓުގެ އައު ޗާޕެއް ދައުރުކުރަން ނެރުނީ ސްޓޮކް މަދުވެފައިވުމުގެ ސަބަބުން ކަމަށެވެ. މިގޮތުން ސްޓޮކް މަދުވުމުގެ ސަބަބުން އަލަށް ޗާޕުކޮށްގެން 15 ޑިސެންބަރު 2024 ގެނައި ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 100 ރުފިޔާގެ ނޫޓ،ު ދައުރުވާ ފައިސާގެ ތެރެއަށ،ް 19 ޖަނަވަރީ 2025 ގައި ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ. […]
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނެސް ކުލާހެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންގޮސްފިއެވެ. މި ކުލާސް ބޭއްވުނީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މި ކުލާހުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ދެވުނެވެ. މީގެ އިތުރުން، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައްވެސް ބައިވެރިންނާ ހިއްސާކުރެވުނެވެ....
އިބްރާހިމް އަސްވާޤް
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) އަށް އެނގުމަކާ ނުލައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ރަޖިސްޓަރީކުރުމަށް ހުށަހެޅި ފޯމު ބާޠިލްކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން މިއަދު ހާމަކޮށްފި އެވެ. އީސީން މިއަދު ބުނީ މި މައްސަލަ އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ ފޯމު ބާޠިލްކޮށް، މައްސަލައިގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް އިތުރަށް ތަޙުޤީޤު ކުރުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ފިއްޓޭގެ […]
Thiladhun