އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާ މިނިސްޓަރު ޑރ. ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވައިފި އެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިޑިއާތަކަށް މަޢުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ، މި ބައްދަލުވުމުގައި ޑރ. ޝަހީމް ވަނީ ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފަ...
އަލީ އާދިލް
މަގުމަތިން ދިޔަ އަންހެން ކުދިންތަކެއްގެ އަތުގައި ހިފި މީހަކު 6,000ރ. އިން ޖޫރިމަނާކުރަން ސ. ފޭދޫ ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ ހަފުތާގައި ފޭދޫ ކޯޓުން އެގޮތަށް ހުކުމްކުރީ އެރަށު ޒުވާނަކު އޮގަސްޓް, 2022 ގައި ސައިކަލަކުން ދިޔަ ދެ އަންހެން ކުއްޖެއްގެ އަތުގައި ހިފައި އަދި އެއް ކުއްޖެއްގެ މޭމަތީގައި އަތްލި މައްސަލާގަ އެވެ. އެ މީހާގެ މައްޗަށް ދައުލަތުން ކުރީ ގައިގައި އަތްލުމުގެ ދައުވާ އެވެ. އެ މީހާއާ އެކު ދައުލަތުން ހެދި އިއުތިރާފްގެ […]
ހުސައިން ހަބީބް
ހުޅުމާލޭ ފޭސް ދެއެއްގައި ހުންނަ ހިޔާޓަވަރަކުން މީހަކު ވެއްޓިއްޖެއެވެ. ފުލުހުން ބުނިގޮތުގައި މީހަކު ވެއްޓިފައި ވަނީ ހިޔާ ދެވަނަ ޓަވަރުގެ ތިންވަނަ ފަންގިފިލާއިންނެވެ. އެމީހާއަށް އަނިޔާވެފައިވާއިރު، މިހާރު އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ފުލުހުން ބުނީ މިކަން ތަހްގީގުކުރަމުން އަންނަކަމަށެވެ.
ޔުމްނާ ޢަލީ
ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ކާރު ދުވި މީހާގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އިއްވައި، 70،000ރ. އިން ޖޫރިމަނާކޮށްފި އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ކާރު ދުއްވަން […]
ހުސައިން ހަބީބް
ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްތެރޭ ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ / ހ. ކަފުރުތޮޅިގެ، ޢަލީ އަމީން (32އ) ކަމަށެވެ. އޭނާގެ މައްޗަށް ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ބޭނުންކޮށް ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. މި ތުހުމަތާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ ފެޑްއެކްސް ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ ގެނެސްފަ...
ޔުމްނާ ޢަލީ
2024 ވަނަ އަހަރު 128 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން ސަޢޫދީ އެއަރޕޯޓުން ދަތުރުކޮށްފިއެވެ. ރިޔާދުގައި ބޭއްވުނު 15 ވަނަ އެވިއޭޝަން ސެކްޓަރ ސްޓިއަރިންގ ކޮމިޓީގައި ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރު ސައުދީ އެރޭބިއާގެ އެއަރޕޯޓުތަކުން ދަތުރުކުރި ފަސިންޖަރުންގެ އަދަދު 15 އިންސައްތަ އިތުރުވެ، 128 މިލިއަނަށް އަރާފައިވެއެވެ. މިއީ ކޮވިޑް-19 ކުރިން ހުރި އަދަދަށްވުރެ 24 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2024 ގައި ފްލައިޓްތަކުގެ އަދަދު 11 އިންސައްތަ އިތުރުވެ 902،000 އަށް އަރާފައިވާއިރު، […]
އަޙްމަދު ދާއޫދު
” ދަރިފުޅު މާ އަވަހަށް އުއްމީދު ކަނޑާލަނީ. ބައްޕަ ބުނާ ގޮތެއް ހަދާ. ތި ރުޅިގަނޑު މައިތިރިކޮށްފައި ނަދީމްއާ ވާހަކަ ދައްކަބަލަ. ދެ އަނތްބަށް އިނދެގެން ވެސް އެކުގައި އުޅެން ބޭނުމޭ ބުނޭ. ނަދީމްގެ ބޮލަށް އެރިގެން މިކޮޅަށް އޭނަ ގެނެވޭތޯ ބަލާ! އޭރުން އޭނަ އަނބުރާ ރާއްޖެއެއް ނުފޮނުވާނަން.! އަވަހަށް މި ބުނި ގޮތަށް ކަންތައް ކުރޭ.” މަހުދީ ހިޔާލު ދިނެވެ. ލޮލުން ކަރުނަ ފުހެލަމުން ޒައިނާ ފޯނު ބޭއްވީ ބައްޕަ ދިން ހިޔާލަށް ރުހިގެންނެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ކުޅުނު މެޗުތައް ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މެންޗެސްޓާ ސިޓީއާއި ލިވަޕޫލާއި ޗެލްސީ، މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ސިޓީ ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއިން ތިން ވަނަ ޑިވިޝަނުގެ ސަލްފޯޑް ބަލިކޮށްފައެވެ. މިއީ ސިޓީން 2019 ވަނަ އަހަރަށް ފަހު މުބާރާތެއްގައި ހޯދި އެންމެ ބޮޑު މޮޅެވެ. ރޭ މެޗުގައި މެކަޓީ ތިން ލަނޑުޖަހައި ހެޓްރިކް ހެދިއިރު، ޑޮކޫ ވަނީ ދެ […]
އިބްރާހިމް ޚަލީލް
ޑޮކްޓަރުންގެ އިހުމާލުން އަންހެނަކު މަރުވި މައްސަލާގައި މެލޭޝިއާގެ ދެ ޑޮކްޓަރަކު ހަ މިލިއަން ރިންގިޓް އިން ޖޫރިމަނާކޮށްފިއެވެ. މެލޭޝިއާގެ ކްލާންގ ހައިކޯޓުން އިއްޔެ ނިންމި ޙުކުމެއްގައި، 2019 ވަނަ އަހަރު ޝާން ކްލިނިކް އެންޑް ބަރތް ސެންޓަރުގައި ދެވަނަ ދަރިފުޅު ވިހެއުމަށްފަހު ޕުނިތާ މޯހަން ނަމަކަށް ކިޔާ އަންހެނަކު ނިޔާވި މައްސަލާގައި ދެ ޑޮކްޓަރުންނާއި ތިން ނަރުހުންގެ މައްޗަށް ކުށް ސާބިތުވެފައި ވެއެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި ގޮތުގައި، ޑރ. މުނިއާންޑި ޝަންމުގަމް އަދި ޑރ. […]
އަޙްމަދު ދާއޫދު
އިނގިރޭސިވިލާތުގެ ބްރައިޓަން ސިޓީގައި ހުރި ގެއެއްގައި ރޯވި އަލިފާން ނިއްވުމަށް ދިޔަ ފުލުހުންނަށް އެތަނުން ކެނެބިސް ދަނޑެއް ފެނިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ސިޓީގެ ބީކަންސްފީލްޑް މަގުގައި ހުރި އެޕާޓްމަންޓެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު ސަލާމަތީ ޚިދުމަތްތަކަށް ލިބުނީ އިއްޔެ ހަވީރު 3:50 ގައެވެ. އަލިފާން ނިއްވުމަށް ދިޔަ ފަޔަރ އޮފިސަރުންނަށް ގެއަށް ވަދެވުނީ ވަރަށް އުނދަގޫކޮށް ކަމަށް ފަޔަރ އޮފިސަރުން ބުނެއެވެ. އަލިފާން ނިއްވުމަށްޓަކައި އެގެ ހުރިމަގު ބަންދުކުރަން ޖެހިފައިވާ...
އަޙްމަދު ދާއޫދު
އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް ސޭލް ޓެންޓަށް ޒިޔާރަތްކުރުމަސް ފުރުސަތު ހުޅުވާލައިފިއެވެ. މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖާ ގުޅިގެން ހުޅުމާލެ ރެހެންދި ޓާފްގައި ޤާއިމްކޮށްފައިވާ މި ސޭލް ޓެންޓުން އުރީދޫގެ އެކިއެކި ޚިދުމަތްތައް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އުރީދޫއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޚިދުމަތް ލިބެން ހުންނާނީ ކޮންމެ ރެއަކު 8:00 އިން 11:00 އާ ހަމައަށެވެ. އަދި ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށްދާ ދުވަސްތަކުގައި އުރީދޫ ޓެންޓުނ...
އިބްރާހިމް އަސްވާޤް
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ 2025 ވަނަ އަހަރުގެ ފުރަތަމަ ބޯޑުގެ ބައްދަލުވުން މިއަދު އއ. އުކުޅަހުގައި ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ އުކުޅަސް ކޮންވެންޝަން ސެންޓަރުގަ އެވެ. އުކުޅަހުގެ ކައުންސިލުން ވަނީ އެމްއެމްޕީއާރްސީގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި ބޯޑު ޑައިރެކްޓަރުން އެރަށުގެ ކައުންސިލްއާއި އަދި އެ ރަށުގައި ހަރަކާތްތެރިވާ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ...
އަލީ އާދިލް
މާލޭގެ މާފަންނު ސަހަރާގައި ހަދާފައިވާ ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަން ނުވަތަ ފެން ހިންދާ ނިޒާމަށް ލިބުނު ގެއްލުން ވަގުތީގޮތުން ހައްލުކޮށްފިއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މާލެއަށް ވިއްސާރަކޮށް ފެންބޮޑުވާ ކޮންމެ ފަހަރަކު ވެސް އެކި ހިސާބުތަކުގައި ހުރި ވާރޭ ފެން ހިންދާ ޕަމްޕް ސްޓޭޝަންތައް އިންސްޕެކްޓުކޮށް، އެ ތަންތަން ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލައެވެ. މިއަދު މާލޭގައި ފެންބޮޑުވުމާ ގުޅިގެން މާފަންނު ޕަމްޕް ސްޓޭޝަން ބެލި އިރު، އެ ސްޓޭޝަނާއި އެއާ ގުޅާފައ...
އަލީ އާދިލް
މާލޭގެ ހެންވޭރު ސަރަޙައްދުގައި ހިންގާ ގެސްޓް ހައުސްއެއްގެ ފާޚާނާއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ ގެސްޓު ހައުސްއެއްގައި މީހަކު މަރުވެފައިވާކަމުގެ މަޢުލޫމާތު މިއަދު މެންދުރުފަހު 2:04 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮތް މީހާއަކީ އައްޑޫ ސިޓީ ހުޅުދޫ، ބޮކަރުމާގޭ، ޢަބްދުﷲ ޒަކީ (59 އަހަރު) އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން […]
އަލީ އާދިލް
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފަރާތުން ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ޚާއްސަކޮށް ބާއްވާ “ރަމަޟާން ބާޒާރު” ޕްރޮމޯޝަން މިއަހަރު ވެސް ބޮޑެތި އިނާމުތަކާއެކު މިއަދު ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އަހަރުގެ ރަމަޟާން ބާޒާރުގައި ޚާއްސަ ގިނަ ޑިސްކައުންޓްތަކަކާއި އިނާމުތަކެއް ހިމެނިފައިވެއެވެ. މީގެ ތެރޭގައި ހޯމް އެޕްލަޔަންސް އައިޓަމްތަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ދިނުމާއި، 500 ރުފިޔާއިން މަތިން ކުރާ […]
އިބްރާހިމް އަސްވާޤް
ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ބަޔަކު ރޭ ގެއްލުން ދީފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ހުޅުމާލެ 2 ގައި ހުންނަ ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަކަށް ބަޔަކު ގަސްދުގައި ގެއްލުން ދިނުމުގެ ސަބަބުން ކަރަންޓު ވިއުގައަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުރީ ބައުންޑަރީ ފާރެއް ލައި، ޑަބަލް ލޮކެއް ވެސް ލައި ސެކިއުރިޓީ [...
އަލީ އާދިލް
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޔޫރަޕުގެ ގައުމެއް ކަމަށްވާ އެސްޓޯނިއާއަށް އަންނަ ހޯމަ ދުވަހު ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނެފައިވަނީ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާ ކާރިސްގެ ހާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުފުޅު ކުރިއަށްދާނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފ...
އަލީ އާދިލް
ރޭ މާލެއަށް ވެހުނު ވާރޭގައި ފެންބޮޑުވެ އެހީތެރިކަމަށް ޖެހުނު 7 ގޭބިސީ އެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު ހަމަޖައްސައިދީފިއެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ އެމީހުންނަށް މި އިންތިޒާމް ހަމަޖައްސައިދިނީ އެއް ދުވަހަށް ކަމަށެވެ. ”މިފަރާތްތައް ބަދަކުކުރެވުނީ މިގެތަކުގެ ފާޚާނާތަކުން ނަޖިސް ލީކުވުމާއި ކައްކާ ކައިބޮއެ ހެދުމަށް ބުރޫ އަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާތީ” އެންޑީއެމްއޭއިން ބުންޏެވެ. މި ވިއްސާރ...
ޙުސައިން ޝަހުދީ