ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބައެއް ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރުމުގައި ދަތިތައް ކުރިމަތިވުން އެކަށީގެންވާކަމަށް ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ބުނެފިއެވެ.

މި މައްސަލަ ހައްލުކުރުމަށް އެންސީއައިޓީގެ ޓީމުން މަސައްކަތް ކުރަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

Ad
rt

ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތައް ހޯދުމުގައި ދިމާވެދާނެ ދަތިތަކަށް އެންސީއައިޓީން ވަނީ މައާފަށް އެދިފައެވެ.

ދައުލަތުގެ އެކި އޮފީސްތަކުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެއް ޚިދުމަތަކީ އީފާސްގެ ޚިދުމަތެވެ. އެ ޕޯޓަލް މެދުވެރިކޮށް 137،000 ވުރެ ގިނަ މީހުން ހިދުމަތައް ހޯދާފައިވާ ކަމަށް މިދިޔަ އަހަރު ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ ބުނެފައެވެ. މި ޕޯޓަލް ބަލަހައްޓަމުން އަންނަނީ އެންސީއައިޓީންނެވެ.