ބ. ދަރަވަންދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 12 ވަނަ މަންޒިލުގެ ގޮތުގައި ރޭ ވަނީ ދަރަވަންދޫ އަށް ވަޑައިގެންފައެވެ. ދަރަވަންދޫ އަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވާފައިވާއިރު، އެރަށުގައި ހުންނަ ބ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި، 8 ކުލާސްރޫމާއި، އޮފީހެއް އެޅުމުގެ އެއްބަސްވުމުގައި ވަނީ ރޭ ސޮއިކުރަށްވާފައެފެ […]
ޔުމްނާ ޢަލީ
ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އިންސާނިއްޔަތުކަމާއި މުޅިން ޚިލާފް، އަނިޔާވެރިކަމާއި ހައްދުފަހަނައަޅައިދިއުމުގެ މިސާލެއްކަމަށްވާ އިސްރާއީލުން އިތުރު ޢަރަބި ޤައުމުތަކުގެ ބިންތައް ފޭރިގަނެ އެމީހުންގެ ގްރޭޓަރ އިސްރާއީލް، ”ބޮޑު އިސްރާއީލް”ގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަންގާރަ ދުވަހު އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވެއްޖެއެވެ. މިކަން އޭނާ ސިފަކޮށްފައި ވަނީ “ތާރީޚީ އަދި ރޫޙާނީ މިޝަނެއް” ގޮތުގައެވެ. އަދި ފަލަސްތީނު ދައުލަތަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކާއި އަދި މިހާރުގެ ޖޯ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” ތައިބާ ވެސް ޖެހޭނީ އަހަރެންގެ ވޯކް ގަބޫލު ކުރަން. މިހާރު އަދި ކޮމްޕެނީން އެބަ ފޮނުވާ ރާއްޖެތެރޭ ރަށްރަށަށް މީހުން ވެސް. ހަމަސް ދުވަހަށް ފަހަރެއްގައި އަހަރެން ވެސް ދާން ޖެހިދާނެ.” ޒިޔާދު ބުންޏެވެ. އެއާއެކު އަހަންނަށް ލިބުނީ ގޮތް ނޭނގޭ އުފާވެރިކަމެކެވެ. ޒިޔާދު މާލެއިން ބޭރަށް ދާން ޖެހިދާނެޔޭ ބުނުމުން އަހަރެންގެ ހިތަށް ލިބުނު ހިތްހަމަޖެހުމާމެދު އަހަންނަށް އެ ދަނޑިވަޅުގައި ވިސްނާލެވުނެވެ. ހަގީގަތުގައި ވެސް އަހަރެން މި ހުރީ ބްރޭކްއެއް […]
ސަލާމާ ޢަބްދުލް ޢަލީމް
ބ. ދަރަވަންދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ 12 ވަނަ މަންޒިލުގެ ގޮތުގައި ދަރަވަންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ދަރަވަންދޫގައި ޤާއިމުކުރެވިފައިވާ އެއަރޕޯޓަކީ އެންމެ ކާމިޔާބު ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެއް އެއަރޕޯޓްކަމަށެވެ. ނަމަވެސް، އެއަރޕޯޓްގެ ތަރައްޤީ...
ޔުމްނާ ޢަލީ
ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔުއެފާ ސްޕަ ކަޕްގައި އަނިޔާވެރި އިސްރާއީލަށް މެސެޖެއް ދީފިއެވެ. މިގޮތުން މި ސީޒަން ހުޅުވުމަށް ފްރާންސްގެ ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) އާއި އިނގިރޭސިވިލާތުގެ ޓޮޓެންހަމް އާ ދެމެދު ކުޅެވުނު ޔޫއެފާ ސުޕަރ ކަޕް މެޗުގެ ކުރިން އިސްރާއީލަށް މެސެޖެއްދީ ޣައްޒާއާ ގުޅޭގޮތުން “ކުޑަކުދިން ޝަހީދުކުރުން ހުއްޓާލާ! އާންމު ރައްޔިތުން ޝަހީދުކުރުން ހުއްޓާލާ!” މި ލިޔުން ހިމެނޭ ބެނަރެއް ދައްކާފައިވެއެވެ. “މެސެޖް ވަރަށް ސާފު، ބެނަރެއް. ގޮވާލުމެއް” ބުދަ ދުވަހު އެކްސްގ...
ޔުމްނާ ޢަލީ
ބ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ ވަޞީލަތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޙަމްދާން ޝަކީލްއެވެ. ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަ...
ޔުމްނާ ޢަލީ
ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ހޯމަ ދުވަހު އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 12 ވަނަ މަންޒިލުގެ ގޮތުގައި ރޭ ދަރަވަންދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ސިޔާސީ ވިސްނުމަށް ޖާގަދެވި، އޭގެ ސަބަބުން ހުރަސްތ...
ޔުމްނާ ޢަލީ
މަޝްހޫރު ވާރޗުއަލް ވޯލްޑް ޕްލެޓްފޯމް ރޯބްލޮކްސް ޤަތަރުގައި ވެސް ބްލޮކްކޮށްފި އެވެ. ޤަތަރުން ރޯބްލޮކްސް އަށް ނުވަދެވޭގޮތަށް ބުކޮލޮކްކޮށްފައިވަނީ، އިސްލާމީ އަގީދާއާ ފުށުއަރާ ކަންކަމާއި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އެޕް ސްޓޯތަކުން ރޮބްލޮކްސް ޑައުންލޯޑް ކުރެވުނު ނަމަވެސް، އެޕް އޯޕަން ކުރުމުން ދައްކަނީ “ނޯ ނެޓްވޯކް” އެރަރ މެސެޖެއް އަދި ވެބްސައިޓް އިން ވެސް ދައްކަނީ “ދިސް ސައިޓް ކާންޓް ބީ ރީޗްޑް” މެސެޖެއް އަންނަކަމަށް ފާހަގަ ކުރެވޭން ފެށީ އިއްޔެއިން ފެށިގެންނެވެ. ޤަތ...
އިބްރާހިމް އަސްވާޤް
“ޙަސަން ތަކުރުފާނު އަތްދޮވެލާން ކަނޑަށް ގުދުވެލެއްވިތަނާ، މުޙައްމަދު ތަކުރުފާނު އޮޑި ދީލާލައްވާފައި މަތިއެނގައަށް ވާންކޮށްލެއްވިއެވެ. (މަތިއެނގައަކީ ހަތަރެސްކަން ރިޔާ ނަގާ އެއްޗެހީގެ އަރަލުގެ ދެކޮޅުގައި ބައްދައިފައި ހުންނަ ދެ ވަލުގެ ތެރޭން ވައިމަތި ފަރާތުގެ ވަލެވެ.) ޙަސަން ތަކުރުފާނު އަތް ދޮވެލައިގެން ތެދުވެ، ދޫކޮށްލެއްވި ކަޅުއޮށް ބެއްލެވިއިރު ތިންރާޅު މަތީގައި ފޮތިކެނޑިފައި ފިލާގަނޑު ގުދަށް ޖެހެއެވެ. ޖެހޭއިރު އޮންނަނީ ތިންބުރީ ނަނަށް ވާންވެފައެވެ. ވާންވެލާކަށްވުރެ އަވަހަށް ތިން ރާޅުމަތީގައި ފޮތ...
ޢަބްދުﷲ ސަޢީދު
ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔުއެފާ ސްޕަ ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. ރޭ މެޗު ޕީއެސްޖީން ކާމިޔާބުކުރީ ޓޮޓެންހަމުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑުޖަހައި (2-2) އެއްވަރުކޮށް ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ ޔުއެފާ ސްޕަ ކަޕްގައި ވާދަކުރަނީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނާއި، ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންނެވެ. ސްޕަ ކަޕްގައި ޕީއެސްޖީ ވާދަކުރީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ […]
އިބްރާހިމް ޚަލީލް
ބ. ދަރަވަންދޫގެ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 12 ވަނަ މަންޒިލުގެ ގޮތުގައި މިރޭ ވަނީ ދަރަވަންދޫ އަށް ވަޑައިގެންފައެވެ. ރައީސް ދަރަވަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި،...
ޔުމްނާ ޢަލީ
ދޮންފަނުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމަށްޓަކައި، ރާއްޖެއިން ބޭރުން ނަމަވެސް މުވައްޒަފުން ހޯދައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތުގެ ކޮންޓެކްޓަރަށް އަންގަވާފައިވާކަމަށް މިއަދު ވިދާޅުވެއްޖެއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް މުޢިއްޒު ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 11 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހަވީރު ދޮންފަނަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ގޮތުގައި...
ޔުމްނާ ޢަލީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. ދޮންފަނުގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް މުޢިއްޒު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ 11 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ވަޑައިގެންނެވި ދޮންފަނުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވައި، ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ....
ޔުމްނާ ޢަލީ
ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބާއްވާ “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތް މި މަހު 21 ވަނަ ދުވަހު ފަށާނެއެވެ. މި އަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ފުންދޫ ހަތަރު ޓީމެއް ހިމެނެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޔަންގް ފޯސް، ފޯޓީ ޕްލަސް، ޒޮލޭން އެފްވީސީ އަދި މެކްސް އެސްސީ އެވެ. ރަށުން ބޭރުންވާދަކުރާ ތިން ޓީމަކީ ކޮމަންޑޫ ސްޕޯޓްސް ކްލަބް، ޖޭޑަބްލިއު މެރިއޮޓް އަދި މާއުނގޫދޫ […]
އިބްރާހިމް ޚަލީލް
ބ. ދޮންފަނުގެ ޢުމްރާނީ ތަރައްޤީގެ މުހިންމު ދެ މަޝްރޫޢުއްް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް މުޢިއްޒު ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 11 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހަވީރު ދޮންފަނަށް ވަނީ ވަޑައިގެންފައެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ރައީސް މުޢިއްޒުގެ މި ޒިޔާރަތުގެ ތެރެއިން ދޮންފަނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި މަޝްރޫޢުތަކަކީ ދޮންފަނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމ...
ޔުމްނާ ޢަލީ
ބ. ކިހާދޫގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ އަދި ގެންދަވަން ނިންމަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށުގެ ރައްޔިތުންނާ ހިއްސާކުރައްވައިފިއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް މުޢިއްޒު ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 10 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ކިހާދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، މިއަދު ސޮއިކުރެވުނު ކިހާދޫ ސްކޫލްގެ އެކްސްޓެންޝަން އިމާރާތުގެ މަޝްރޫޢުގައި...
ޔުމްނާ ޢަލީ
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކުގައި ގެނެވިފައިވާ ގިނަ އަދަދެއްގެ ބަނގުރާ މިއަދު ދޫނިދޫގައި ނައްތާލައިފިއެވެ. ފުލުހުން މިއަދު ނައްތާލި ތަކެތީގެ ތެރޭގައި 1432 ފުޅި ބަނގުރަލާއި، 299 ދަޅު ބަނގުރާގެ އިތުރުން އެހެނިހެން 92 އައިޓަމް ހިމެނެއެވެ. މި ތަކެއްޗަކީ ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކާ ގުޅިގެން ގެނެވިފައިވާ ތަކެއްޗެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މިއަދު ނައްތާލާފައިވަނީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައި...
އަލީ އާދިލް
ބ. ކިހާދޫ ސްކޫލުގެ އެކްސްޓެންޝަން އިމާރާތުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޙަމްދާން ޝަކީލްއެވެ. ކިހާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އެރަށަށް ކު...
ޔުމްނާ ޢަލީ