ބ. ކިހާދޫ ސްކޫލުގެ އެކްސްޓެންޝަން އިމާރާތުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޙަމްދާން ޝަކީލްއެވެ.
ކިހާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ރައީސް މުޢިއްޒު އެރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މި މަޝްރޫޢުގެ ދަށުން އެ ރަށު ސްކޫލްގައި މަލްޓިޕަރޕަސް ހޯލަކާއި، 4 ކްލާސްރޫމް އަދި ސްޓާފް ރޫމެއް އަޅާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!