މަޝްހޫރު ވާރޗުއަލް ވޯލްޑް ޕްލެޓްފޯމް ރޯބްލޮކްސް ޤަތަރުގައި ވެސް ބްލޮކްކޮށްފި އެވެ.
ޤަތަރުން ރޯބްލޮކްސް އަށް ނުވަދެވޭގޮތަށް ބުކޮލޮކްކޮށްފައިވަނީ، އިސްލާމީ އަގީދާއާ ފުށުއަރާ ކަންކަމާއި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
އެޕް ސްޓޯތަކުން ރޮބްލޮކްސް ޑައުންލޯޑް ކުރެވުނު ނަމަވެސް، އެޕް އޯޕަން ކުރުމުން ދައްކަނީ "ނޯ ނެޓްވޯކް" އެރަރ މެސެޖެއް އަދި ވެބްސައިޓް އިން ވެސް ދައްކަނީ "ދިސް ސައިޓް ކާންޓް ބީ ރީޗްޑް" މެސެޖެއް އަންނަކަމަށް ފާހަގަ ކުރެވޭން ފެށީ އިއްޔެއިން ފެށިގެންނެވެ.
ޤަތަރުގެ ސަރުކާރުން މިހާތަނަށް މިކަން ރަސްމީކޮށް ކަށަވަރުކޮށްފައި ނުވި ނަމަވެސް، އެކަން ކުރުމަށް ނިންމީ ސޯޝަލް މީޑިއާގައި ކުރެވުނު ބަހުސްތަކާއި ފާޅުކުރެވުނު ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ.
ރޯބްލޮކްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާޑުކިޔުންތަކާ ކުރިމަތިވަމުންދާ ޕްލެޓްފޯމެކެވެ. ޚާއްޞަކޮށް ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރާ ކޮންޓެންޓާއި ރައްކާތެރިނޫން މުޢާމަލާތްތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތުމާ ގުޅިގެން، ގިނަ އެޑްވޮކަސީ ގްރޫޕްތަކުން ވަނީ ހަރުކަށި ގަވާއިދުތަކެއް ގެންނަން ގޮވާލާފައެވެ.
މީގެ ކުރިން ވެސް ޗައިނާ، ޓަރކީ އަދި ޢޮމާން ފަދަ ޤައުމުތަކުން ވަނީ މިފަދަ ސަބަބުތަކާ ހުރެ ރޯބްލޮކްސްއަށް އެކްސެސް ވުން ހުއްޓުވާލާފައެވެ.
އިސްލާމީ އަގީދާއާއި ކުޑަކުދިންގެ ރައްކާތެރިކަން ހިމާޔަތްކުރުމަށް، އިސްލާމީ އެހެން ގައުމުތަކުންވެސް ރޯބްލޮކްސް އާއި ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް މަސްދަރުތަކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!