މި އަހަރުގެ ސެޕްޓެމްބަރު 1 އިން ފެށިގެން ހުރިހާ ދަރިވަރުންނަށްވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މާއްދާ މަޖުބޫރުކޮށް ޗައިނާއިން އެ ގައުމުގެ ތަޢުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެނެސްފި އެވެ. ޗައިނާގެ ގައުމީ އޭއައި އިސްތިރާޖީގެ ދަށުން ކުރިއަށްގެންދާ މި މުހިންމު އިސްލާހުގެ ދަށުން، ކޮންމެ އަހަރަކު މަދުވެގެން 8 ގަޑިއިރުގެ އޭއައި ތަމްރީން ދަރިވަރުންނަށް ދޭންޖެހޭނެއެވެ. ޅަފަތުގެ ދަރިވަރުންނަށް ކިޔަވައިދިނުން އަމާޒުކުރެވިފައިވަނީ އަމަލީ ތަޖުރިބާތަކަށް ކަމަށްވާއިރު، މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ރޮބ...
އިބްރާހިމް އަސްވާޤް
އިނގިރޭސި ޕްރިމިއާ ލީގުގެ، އައު ސީޒަންގައި ރޭ މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗު ތަފާތު ބޮޑުކޮށް ސިޓީން ކާމިޔާބު ކޮށްފިއެވެ. ރޭ ރަށުން ބޭރުގައި ސިޓީން ވަނީ 4-0 ގެ ނަތީޖާއިން ވުލްވްސް ބަލިކޮށްފައެވެ. ރޭ މެޗުގައި އާލިން ހާލަންޑް ވަނީ ސިޓީއަށް ދެ ލަނޑު ޖަހައިދީފައެވެ. ދެން ސިޓީއަށް ލަނޑު ޖަހައިދިނީ އޭސީ މިލާން ދޫކޮށް މި ސީޒަންގައި ސިޓީއާއި ގުޅުނު ނެދަލެންޑްސްގެ ރައިންޑާސްއެވެ. ދެން ސިޓީއަށް ލަނޑު ޖަހައިދިނީ ރަޔާން ޗާކީއެވެ. މެޗަށް […]
އިބްރާހިމް ޚަލީލް
ހއ.އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަހަރުގެ މުބާރާތް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅައިގެން އެ ފުރުސަތު ހޯދާފައި ވަނީ ހއ.ކެލާއިންނެވެ. މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކް މަހުގެ 24-25 އަށް ކެލާގައެވެ. މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހު 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ހާއްސަ […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގެ، އައު ސީޒަންގެ ފުރަތަމަ މެޗުގައި ރޭ ބާސެލޯނާއާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗުން ބާސާ މޮޅުވި ނަމަވެސް އެ ޓީމް ދެއްކި ކުޅުމާއިމެދު ހިތްހަމަ ނުޖެހޭ ކަމުގައި، އެ ޓީމްގެ ކޯޗް ހަންސީ ފްލިކް ބުނެފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މަޔޯކާއަށް ދެ ރަތްކާޑު ދެއްކުމުން އެ ޓީމް މެޗުގެ ބޮޑުބައި ފުރިހަމަ ކޮށްފައި ވަނީ ދެ […]
އިބްރާހިމް ޚަލީލް
މެދުކެނޑިފައި އޮންނަތާ ހަތް އަހަރު ފަހުން، ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލްކުރުމަށް ދޭ ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް މިރޭ ލިޔުން ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ލިޔުންތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ. މިފަހަރު ސްކޮލަރޝިޕް ލިބުނު ޖުމްލަ 24 ފަރާތެއްގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލަރޝިޕް ލިބުނު 17 ފަރާތަކާއި، ސްޓިޕެންޑް ލިބުނު 6 ފަރާ...
ޔުމްނާ ޢަލީ
އުމުރުން 64 އަހަރުގެ އަންހެނަކު ނިޔާ އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ހުކުރު ދުވަހުގެ ރޭ ލ. ފޮނަދޫ، ގަމަށް ދަތުރުކުރަމުންދިޔަ ސައިކަލެއް، ލ. ކައްދޫ އެއާޕޯޓަށް ދާ މަގުން ޒެބުރާ ކްރޮސްކޮށް މަގު ހުރަސްކުރަން އުޅުނު ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. މަގު ހުރަސްކުރީ އުމުރުން 64 އަހަރުގެ އަންހެނަކާއި އޭނާގެ މާމަ ދަރިފުޅެވެ. އެކްސިޑެންޓުގައި ޒެބުރާ ކްރޮސްކޮށް މަގު ހުރަސްކުރި ދެ އަންހެނުންނަށާއި، ސައިކަލުގައި ތިބި […]
ޔުމްނާ ޢަލީ
ބޯންމަތު އާ ދެކޮޅަށް ކުޅުނު މެޗުގައި ފެޑެރިކޯ ކިއެސާ 88 ވަނަ މިނެޓުގައި ލިވަޕޫލްއަށް ލީޑު ހޯދައިދިނުމަށްފަހު، އިންޖަރީ ޓައިމްގެ ފަހު ވަގުތުގައި ލިވަޕޫލްގެ މިސްރުގެ ތަރި މުޙައްމަދު ޞަލާޙް ވަނީ އެޓީމަށް މެޗު ކަށަވަރުކޮށްދީފައެވެ. މި މެޗުގެ 94 ވަނަ މިނިޓްގައި ޞަލާޙް ޖެހި މިގޯލަށްފަހު އޭނާ ކޮޕް ސްޓޭންޑާ ދިމާއަށް ދުވެފައި ގޮސް، ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވެފައިވާ އެ ޓީމްގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ޑިއޯގޯ ޖޯޓާ ގޯލް ޖެހުމަށްފަހު […]
ނާޒިމާ އަލީ
އޭ-ލެވެލް އިމްތިހާނުތަކުން 24 އޭ ރިޕޯޓު ހާސިލްކޮށް، އެއް ދަރިވަރަކަށް މިހާތަނަށް ދެވުނު އެންމެ ގިނަ އޭ ގްރޭޑްގެ ދުނިޔޭގެ ރެކޯޑު ޕާކިސްތާން ކުއްޖެއްކަމަށްވާ މަހްނޫރު ޗީމާ ހޯދައިފި އެވެ. މި ފާހަގަކޮށްލެވޭ ކާމިޔާބީގެ ސަބަބުން އޭނާއަށް ވަނީ އޮކްސްފޯޑް ޔުނިވަރސިޓީގެ އެކްސެޓަރ ކޮލެޖުން ޖާގައެއް ލިބި، އޮކްޓޯބަރު މަހު މެޑިސިން ދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބިފައެވެ. މަހްނޫރު މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ މިއީ “ހުވަފެނެއް ޙަޤީޤަތަކަށް ވުން” ކަމަށާއި އޭނާގެ ތަޢުލީމީ […]
އިބްރާހިމް އަސްވާޤް
ރާއްޖޭގެ އިސްލާމީ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށް “ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް” ގެ ނަމުގައި މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިޢުލާނުކޮށްފިއެވެ. މި މުބާރާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މި މުބާރާތް ބެހިގެންވަނީ ދެ މައިގަނޑު ގިންތިއަކަށެވެ. ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ އިސްލާމީ ފައިނޭންސިންގ އަށް އައު ހައްލުތަކާ ގުޅޭގޮތުންނެވެ. މި ގިންތީގައި ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި، މުދައްރި...
އިބްރާހިމް އަސްވާޤް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވާލެއްގެ މައްޗަށް 88.9 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ، އެންމެ ބޮޑު އޮންލައިން ގޭމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ “ރޯބްލޮކްސް” އަކީ މިއަދު ކުޑަކުދިންގެ މެދުގައި އެންމެ މަޤްބޫލު އެއް ގޭމެވެ. ވަރަށް އަވަހަށް ދެވި ހިފާ މިގޭމް އެންމެ ގަދައަށް ކުޅެމުން އަންނަނީ ވެސް ކުޑަކުދިންގެ މެދުގަ އެވެ. އިސްލާމީ އަގީދާއާ ފުށުއަރާ ކަންކަމާއި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން ގަތަރުގައި މިފަހަކުން ވަނީ އެ ގޭމަށް ނުވަދެވޭހެން ބުލޮކް […]
އިބްރާހިމް އަސްވާޤް
އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަން (2025/2026) ގެ ފުރަތަމަ މެޗު ރޭ ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ބޯންމައުތުގެ މައްޗަށް ކުރި ހޯދައިފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ލިވަޕޫލުންނެވެ. މި ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ މި ސީޒަނަށް ލިވަޕޫލާއި ގުޅުނު އެކިޓީކޭއެވެ. އޭނާ މި […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް އަބްދުއްރަހީމް އަބްދުﷲ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތުގައި މަޖިލީހުގެ ރައީސް ވަނީ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޒީމާ އަލީ އާއި ސީނިއަރ މެނޭޖްމަންޓް ޓީމާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ މަސައްކަތްތަކާއި ކުރިއަށް ގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މަޖިލީހުގެ ރައީސް ވަނީ ހޮސްޕިޓަލުގެ އެކި ބައިތަކަށް ޒިޔާރަތްކުރައްވާ، ހޮސްޕިޓަލުގެ...
އަލީ އާދިލް
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 92 ހުށަހެޅުން ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ. މިއީ މި އިނާމަށް މިހާތަނަށް ކުރިމަތިލީ އެންމެ ގިނަ އަދަދުކަން މަޢުލޫމާތު ލިބިފައިވެއެވެ. ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމުގެ މަޤްޞަދުގައި ދެމުން އަންނަ މި އިނާމަށް މި އަހަރު 14 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އެވެ. މީގެ ތެރޭގައި ތަހުގީގީ ނޫސްވެރިކަމާއި، އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ […]
އަލީ އާދިލް
އިސްރާއީލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ބިންތަކުގައި ގެދޮރު ޢިމާރާތްކުރުމުގެ އައު މަޝްރޫޢުއެއްފަށައި، ޔަހޫދީން ވަޒަންވެރިކުރުމުގެ ޕްލޭނެއް އިސްރާއީލްގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވަނީ ބުރާސްފަތި ދުވަހު ޢިއުލާންކޮށްފައެވެ. ”އީވަން (E1) ސެޓްލްމަންޓް ޕްރޮޖެކްޓް” ނަމުން ނަންދީފައިވާ މި މަޝްރޫޢުގެ ދަށުން ފޭރިގެންފައިވާ ހުޅަނގުއައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް 3،400 އަށްވުރެ ގިނަ ގެދޮރު އެޅުމަށް އިސްރާއީލުން ވަނީ ނިންމާފައެވެ. ”އީވަން ސެޓްލްމަންޓް ޕްރޮޖެކްޓ...
ޔުމްނާ ޢަލީ
ލ. ކައްދޫގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓް އެ އިދާރާ އަށް ރިޕޯޓްކޮށްފައިވަނީ 15 އޯގަސްޓް 2025 ދުވަހުގެ ރޭ 19:18 ހާއިރު އެވެ. ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ލ. ފޮނަދޫ، ގަމަށް ދަތުރުކުރަމުންދިޔަ ސައިކަލެއް، ލ. ކައްދޫ އެއާޕޯޓަށް ދާ މަގުން ޒެބުރާ ކްރޮސްކޮށް މަގު ހުރަސްކުރަން އުޅުނު ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ޒެބުރާ […]
ޔުމްނާ ޢަލީ
ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، “ދަރުމަވަންތަ” ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ މިރޭ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިކަމަށްޓަކައި ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ދިފާޢީ ވަޒީރު މުޙައްމަދު ޢައްސާން މައުމޫން އަދި ޗީފް އ...
ޔުމްނާ ޢަލީ
ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ޖައްބާރު އިސްރާޢީލުން ދެމުންދާ އަނިޔާތަކާއި ދެކޮޅުހަދައި، އެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ރާއްޖޭ އެކި ކަންކޮޅުތަކުގައި މިއަދު ދިވެހިންގެ ޝުޢޫރުތައް ބަންޑުންކޮށްލައިފިއެވެ. ދިވެހިންނަކީ ފެށުނީއްސުރެ އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލައި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ތިބިކަން ސާބިތުކޮށްދެމުން އަންނަ ބަޔެކެވެ. މީގެ ކުރީން ވެސް އިސްރާއީލުން ދެމުންދާ އަނިޔާއާއި ދެކޮޅަށް ފަލަސްތީނަށް އިންސާފު ހޯދައިދީ، ނަސްލު ނައްތާލުމާއި،...
ޔުމްނާ ޢަލީ
ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ މެޑިކަލް ކޭންޕެއް ދިއްދޫގައި މިއަދު ފަށައިފިއެވެ. މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި މެޑިކަލް ކޭމްޕުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ޚާއްސަ މެޑިކަލް ޓީމެއް ބައިވެރިވެއެވެ. މި މެޑިކަލް ކޭމްޕުގައި ބަލިމީހުން ބެލުމަށް ޓްރީޓޮޕް ހޮސްޕިޓަލުގެ 7 ސްޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ބައިވެރިވާއިރު އޭގެތެރޭގައި ކަށީގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތަކާއި ހިތުގެބަލިތަކުގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ހިމެނ...
އިބްރާހިމް ޚަލީލް