ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް ”ތިލަދެކުނު ޤުރްއާން މުބާރާތް 2025” ގެ ދަރިވަރުންގެ ބައިން އެއްވަނަ، ހދ. އަތޮޅު މަދަރުސާގެ ދަރިވަރު އަލްތޯފް މުޙައްމަދު ޝަފީޤު، ކަނބުރު، ހދ. ވައިކަރަދޫ ހޯދައިފި އެވެ. ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ. މަކުނުދޫގަ ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ސަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މި އަހަރުގެ މުބާރާތުގެ ސްކޫލްބައިން، މުޅި މުބާރާތުން އެއްވަނަ އަށް އިނާމް ހަވާލުކޮށްދެއްވީ މި ރަސްމި...
އަލީ އާދިލް
ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް ”ތިލަދެކުނު ޤުރްއާން މުބާރާތް 2025” ގަދަ ތިން ވަނަ ކުޅުދުއްފުށި ސިޓީއަށް ލިބިއްޖެ އެވެ. ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ. މަކުނުދޫގަ ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ސަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އެއްވަނަ އަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލް އެވެ. ދެވަނަ އަށް ހދ އަތޮޅު ތައުލީމީ މަރުކަޒު ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ އަފީފުއްދީން ސްކޫލް އެވެ. މި މުބާރާތުގައި ހދ....
އަލީ އާދިލް
އިންޑިޔާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އިންޑިޔާގެ 77 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިޔާގެ ރައީސް ދްރޫޕަދީ މުރުމޫ އަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމުގެ ރައްޔިތުންނަށް އަރިސްކުރައްވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ދުވަހުގެ ކުލަގަދަ ޖޯޝުން އިންޑިޔާގެ ރައްޔިތުންގެ ރޫޙާއި ކ...
ޔުމްނާ ޢަލީ
އިސްރާއީލްގެ އަނިޔާވެރިކަމުގެ ދަށުގައިވާ ޣައްޒާގެ 14،800 އަށްވުރެ ގިނަ ބަލިމީހުން ފުރާނަ ސަލާމަތްކުރުމަށް އެތަނުން ލިބެންނެތް އަވަސް ފަރުވާ ބޭނުންވާކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. ޑަބްލިޔުއެޗްއޯ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެޔެސަސް ބުދަ ދުވަހު ވިދާޅުވެފައި ވަނީ ޣާއްޒާ ސަރަޙައްދުގައި 14،800 އަށްވުރެ ގިނަ ބަލިމީހުންނަށް ފުރާނަ ސަލާމަތްކުރުމުގެ ސިއްހީ ފަރުވާ ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފަރުވާ މިހާރު ޣައްޒާއިން ލިބެންނެތްކަމަށް އޭނާ...
ޔުމްނާ ޢަލީ
ރަޝިޔާއިން ޓެލެގްރާމް އަދި ވަޓްސްއެޕް ބައެއް ކޯލްތައް މަނާކުރަން ފަށައިފިއެވެ. މިގޮތަށް މަނާކުރަން ފަށާފައިވަނީ މި ބޭރުގެ ކުންފުނިތަކުގެ މިލްކިއްޔާތުގައިވާ ޕްލެޓްފޯމްތަކުން، ފްރޯޑް އަދި ޓެރަރިޒަމްގެ މައްސަލަތަކުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާ މަޢުލޫމާތު ޙިއްޞާކުރުމަށް އިންކާރުކޮށްފައިވާތީ ކަމަށް ބުދަ ދުވަހު އެ ޤައުމުގެ ޑިޖިޓަލް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފައިވެއެވެ. މިއީ ރަޝިޔާއިން އިންޓަނެޓް ކޮންޓްރޯލް ކުރުމަށް އަޅާ އެންމެ ފަހުގެ ފިޔަވަޅުތައްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރަޝިޔާގެ...
ޔުމްނާ ޢަލީ
ށ.ފުނަދޫއާއި އެއްފަޅެއްގައި އޮންނަ ފަޅުރަށެއް ކަމަށްވާ ފަރުކޮޅު ބެލެހެއްޓުމަށް، ފުނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ފުނަދޫގެ އުތުރުން، ފުނަދޫއާއި އެއްފަޅެއްގައި އޮންނަ ފަރުކޮޅަކީ ގުދުރަތީގޮތުން ހިތްގައިމު ސިފަތަކެއް ލިބިފައިވާ ވަރަށް ރީތި ރަށެކެވެ. އެ ރަށް ސަރުކާރުން ހިމާޔަތް ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުއެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ފުނަދޫ ކައުންސިލާއި ދެމެދުވެފައިވާ އެއްބަސް...
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިރޭ ތަސްދީޤުކުރައްވައިފިއެވެ. މި ބިލުގައިވާ އިޞްލާޙުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ހިންގާ ވިޔަފާރީގެ ހަރަކާތްތަކުގެ ދާއިރާ ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ އުސޫލުތައް މުރާޖަޢާކުރުމާއި، ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު މާލީ މުހިންމު ކަންކަން ނިންމާނެ އުސޫލުތައް ބަޔާން...
ޔުމްނާ ޢަލީ
އިސްރާއީލްގެ އިސްތިއުމާރީ ސަރުކާރުން “ވިޜަން އޮފް ގްރޭޓަރ އިޒްރޭލް” ގެ ނަމުގައި އިޢުލާނުކުރި އިސްރާއީލްގެ ވަޒަންވެރިކަމުގެ އަދި އާބާދީ އިތުރުކުރުމުގެ ތަސައްވުރަށް އިންކާރުކޮށް، އެ އެޖެންޑާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ހާމަކުރަށްވައިފިއެވެ. ފަލަސްތީނުގެ ބިންތައް ފޭރިގަނެގެންތިބެ، އިންސާނިއްޔަތުކަމާއި މުޅިން ޚިލާފް، އަނިޔާވެރިކަމާއި ހައްދުފަހަނައަޅައިދިއުމުގެ މިސާލެއްކަމަށްވާ އިސްރާއީލުން އިތުރު ޢަރަބި ޤައުމުތަކުގެ ބިންތައް ފޭރިގަނެ އެމީހުންގެ ގ...
ޔުމްނާ ޢަލީ
ނަތީޖާ ނެރެން ރާއްޖޭގެ ވެރިއަކަށް ލިބޭ މުއްދަތު މާކުރު ކަމަށާއި، އެކަން ނުކުރެވި ޑޮލަރުގެ އަގުވެސް އަގުދަށަކަށް ނުދާނެ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ. އުއްޗު މިފަދައިން ވިދާޅުވީ ޔޫޓިއުބް ޗެނަލް “ދެނޯ”ގެ އެޕިސޯޑެއްގައި ރާއްޖޭގައި އޮތް ޑޮލަރުގެ މައްސަލައަށް އޮތް ހައްލަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އުއްޗުގެ ޖަވާބުގައި ފާހަގަކުރެއްވިގޮތުގައި ރާއްޖެއަކީ އާބާދީ ކުޑަ ނަމަވެސް، ޖިއޮގްރަފީގެ ގޮތުން ވަރަށް ބޮޑު ސަރަހައްދެއްގައ...
ޔުމްނާ ޢަލީ
ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޢުމުރާނީ މަސައްކަތްތަކުގެ ތެރެއިން ބޮޑު ހިލަޖެހުމާ ގުޅިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ ކަންކަން މިހާރު ހަމަޖެހި، މަސައްކަތް ދާދިއަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފަހުމަންޒިލުގެ ގޮތުގައި މިއަދު ހެނދުނު އެ އަތޮޅު މާޅޮހަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދަ...
ޔުމްނާ ޢަލީ
ބ. މާޅޮހުގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފަހުމަންޒިލުގެ ގޮތުގައި މިއަދު ހެނދުނު ވަނީ މާޅޮހަށް ވަޑައިގެންފައެވެ. މާޅޮހުގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށީ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިންނެވެ. މި މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި، ކޮމިޝަނަރ އޮފް [...
ޔުމްނާ ޢަލީ
ބ. މާޅޮހުގައި މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަދު ސްމީކޮށް ފަށައިފައެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 13 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހެނދުނު މާޅޮހަށް ވަޑައިގެންފައިވާއިރު، މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މި ދަތުރުފުޅުގެ ތެރެއިން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި މިސްކިތުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ […]
ޔުމްނާ ޢަލީ
ށ.ފޭދޫ ވަށާ މަގުގައި ސޯލާ ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްށާއި، ޖަމްޢިއްޔާތަކާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމާއަތްތަކަށް ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުންތަކުން މ...
އިބްރާހިމް ޚަލީލް
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައި އޮތީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް، މޭޔަރ އާޠިފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިންނަކީ ތަންދޮރު ނުދަންނަ ބައެއް ނޫން ކަމަށެވެ. “ބަޔަކަށް އޮޅުވާލެވެން ނެތްހާ ސާފުކޮށް މުޅި ނިޒާމު ބަލިކަށ...
ޔުމްނާ ޢަލީ
ބ. މާޅޮހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މާޅޮހުން އޭޓީއެމްގެ ޚިދުމަތް ލިބެން ފެށުމާއެކު ބ.އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިގެން ދިޔައީކަމަށް ސަރުކާރުން ބުންޏެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 13 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހެނދުނު މާޅޮހަށް ވަޑައިގެންފައިވާއިރު، މާޅޮހުގައި ބީއެމްއެލުން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވީ އެމަނިކުފާނ...
ޔުމްނާ ޢަލީ
ރާ ބޮއެގެން ހުރެ, މީހުންނަށް ސައިކަލުން ދުއްވަން ދަސްކޮށްދޭން އުޅުނު މީހެއްގެ ގައިގައި 40 އެތިފަހަރުން ހައްދު ޖަހައި, 7,200ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ މާޗް މަހު ހުޅުމާލެއިން ދިވެހި ފިރިހެނަކު ހުއްޓުވީ އެލް ބޯޑު ނުޖަހައި ސައިކަލު ދުއްވަން ދަސްކޮށްދޭން ހުއްޓަ އެވެ. އަދި އޭނާ ހުއްޓުވިއިރު ބަނގުރާ ބޮއެގެން ހުރި ކަމަށް ޝައްކުވެގެން ފާސް ކުރިއިރު ޖީބުން ބަނގުރާ ހުރި ފުޅިއެއް ފެނުނެވެ. އަދި ހައްޔަރު ކުރުމުން ބަނގުރާ […]
ހުސައިން ހަބީބް
މާލެއިން ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފިއެވެ. މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. ހުޅުމާލޭގެ ވެސް މަދު ސަރަހައްދަކަށް ފިޔަވައި ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ޔުމްނާ ޢަލީ
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ. މާލޭގެ 34 އިންސައްތަ ކަސްޓަމަރުންނަށް ކަރަންޓްގެ ޚިދުމަތް ލިބެމުން އަންނަކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޔުމްނާ ޢަލީ