ބ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ ވަޞީލަތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޙަމްދާން ޝަކީލްއެވެ.
ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، އެމަނިކުފާނު އެރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މި މަޝްރޫޢުއާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، މި މަޝްރޫޢު ނިމި އެކަމުގެ ފައިދާ ވާން ފެށުމުން، މިމަޝްރޫޢު ވެގެންދާނީ ރަށުގެ ތަޢުލީމީ ޙަޔާތް އައު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް ކަމަކަށެވެ،
މި މަޝްރޫޢުގެ ދަށުން ބ. އަތޮޅު މަދަރުސާގެ 8 ކުލާސްރޫމާއި، އޮފީހާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!