ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް ''ތިލަދެކުނު ޤުރްއާން މުބާރާތް 2025'' ގަދަ ތިން ވަނަ ކުޅުދުއްފުށި ސިޓީއަށް ލިބިއްޖެ އެވެ.

ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ. މަކުނުދޫގަ ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ސަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

Ad
rt

އެއްވަނަ އަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލް އެވެ. ދެވަނަ އަށް ހދ އަތޮޅު ތައުލީމީ މަރުކަޒު ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ އަފީފުއްދީން ސްކޫލް އެވެ.

މި މުބާރާތުގައި ހދ. އަތޮޅުގެ 13 ރަށަކުން 15 ސްކޫލަކުން ވާދަކުރިއެވެ. ސްކޫލްބައިގައި ޖުމްލަ 168 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަމިއްލަ ގޮތުން ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން މި މުބާރާތުގައި، އަތޮޅުގެ 8 ކައުންސިލަކުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހދ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މި މުބާރާތަށް މަކުނުދޫ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، މުބާރާތް ކުރިއަށް ދިޔައީ އެކަމަށްޓަކައި ހާއްސަކޮށް ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައިވާ ހޯލެއްގައި ކަމަށެވެ.

މި އަހަރުގެ މުބާރާތުގެ ސްކޫލްބައިން، މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ހދ. އަތޮޅު މަދަރުސާގެ ދަރިވަރު އަލްޠާފް މުޙައްމަދު ޝަފީޤު އެވެ. އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ވަނީ ދީފައެވެ. އަދި ކައުންސިލް ބައިން އެއްވަނަ އަށް ހޮވުނު ފަރާތަކަށް ވެސް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ވަނީ ދީފަ އެވެ.