ފަލަސްތީނުގެ ޣައްޒާ އާއި ވެސްޓް ބޭންކް (ހުޅަނގު އައްސޭރި)ގައި އިސްރާއީލުން ހިންގަމުންދާ ޢުދުވާނީ ޙަމަލާތަކާއި ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ޔޫރަޕުގެ އެކި ގައުމުތަކުގައި ހޮނިހިރު ދުވަހު އެތައްހާސް ބަޔަކު އެއްވެ މުޒާހަރާތައްކޮށްފިއެވެ. ސްވިޑަން މިގޮތުން ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި، އޯޑަންޕްލާން މައިދާނުގައި މުޒާހަރާކުރި ފަރާތްތަކުން މުޒާހަރާކޮށްފައި ވަނީ ފަލަސްޠީނުގެ ދިދަ ހިފައިގެން ތިބެއެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި އަލްޖަޒީރާގެ މުވައްޒަ...
ޔުމްނާ ޢަލީ
ކުވޭތުގައި ޤާނޫނާއި ޚިލާފަށް އުފައްދާ ބަނގުރާ ބުއި 23 މީހަކު މަރުވި މައްސަލާގައި 67 މީހަކު ހައްޔަރުކޮށްފިއެވެ. ކުވޭތަކީ މުސްލިމް ޤައުމެއްކަމުން އެ ޤައުމުގައި ބަނގުރާ އެތެރެކުރުމާއި އުފެއްދުމަކީ ޤާނޫނީ ކުށެކެވެ. ކުވޭތުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އެ ޤައުމުގައި ޤާނޫނާއި ޚިލާފަށް އުފައްދާ ބަނގުރާ ބުއިމުގެ ސަބަބުން 23 މީހަކު މަރުވި މައްސަލައެއް ފެންމަތިވެ، އެ މައްސަލާގައި މިހާތަށް ވަނީ ބަނގުރާ އުފެއްދުމުގެ ނެޓްވޯކްތަކުގެ 67 މީހަކު ހައްޔަރުކޮށްފައެވެ. މި ނެޓްވޯކްގެ އިސް މީހާ […]
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގެ އައި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު ހަނިގޮތަކަށް އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ 1-0 ގެ ނަތީޖާއިން އާސެނަލް އަތުން ބަލިވެފައެވެ. މިދިޔަ ސީޒަންގެ މެދުތެރެއިން ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވި އަމޮރިމްގެ އިރުޝާދުގެ ދަށުން، މިދިޔަ ސީޒަންގައި ޔުނައިޓެޑަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ނަމަވެސް ރޭ މެޗުގައި ޔުނައިޓެޑުން ވަނީ އާސެނަލާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. ރޭ މެޗު އެއްކޮށް ޑޮމިނޭޓްކޮށް ގިނ...
އިބްރާހިމް ޚަލީލް
ޣައްޒާގެ ހަނގުރާމައިގައި އިސްރާއީލުން “ދެވަނަ މަރުހަލާ” އަށް ދިއުމަށް ރޭވިފައިވާ ޕްލޭނަށް އެ ގައުމުގެ ސިފައިންގެ އެންމެ އިސްވެރިޔާ އައިޔާލް ޒަމީރު ހުއްދަ ދީފިއެވެ. އިސްރާއީލުން ދަނީ ޣައްޒާ ސިޓީ ހިސޯރުކޮށް، ބޭހާއި ކާބޯތަކެތި ވެއްދުން މަނާކޮށް، އަސާސީ ޚިދުމަތްތަކުން ޣައްޒާގެ ރައްޔިތުން މަޙްރޫމްކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައި، ޝަހީދުކޮށް، ގޯތިގެދޮރު ސުންނާފަތި ކުރަމުންނެވެ. ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާގެ މުސްލިމް ނަސްލު ފޮހެލައި، ބިންތައް ފޭރިގަތުމަށް އަމާޒު ހިފާފައިވާއިރު، އ...
ޔުމްނާ ޢަލީ
ޕާކިސްތާނުގެނުގެ އެކި ސަރަޙައްދުތަކުގައި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ހާދިސާއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު، އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕާކިސްތާނުގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް ވަރަށް އިޚްލާޞްތ...
ޔުމްނާ ޢަލީ
ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ 12 އޮގަސްޓު 2025 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ. މި ބިލުގައި ބަޔާންކޮށްފައިވާގޮތުން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ވުޒާރަތަކަށް ހިނގާ އުސޫލުތައް ބަންޑާރަނައިބުގެ އޮފީހުގެ މައްޗަށްވެސް ހިނގާނެއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގެ...
ޔުމްނާ ޢަލީ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފަށާ މުބާރާތެއްކަމަށްވާ، އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެފްއޭއެމްގެ އަލަށް އެކުލަވާލި ރާއްޖޭގެ ފުޓްބޯޅަ ލީގު އޮނިގަނޑުގެ ދަށުން ބާއްވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތް ކުރިއަށްދާނީ ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ތިން ރީޖަންގައި މުބާރާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކުން 2025 ސެޕްޓެމްބަރު 1 ގެ...
ޔުމްނާ ޢަލީ
ޣައްޒާއިން އިޓަލީއަށް ފަރުވާއަށް ގެންދެވުނު ފަލަސްޠީނު އަންހެން ޒުވާނަކު، ކާބޯތަކެތި ނުލިބުމުގެ ސަބަބުން ދިމާވި ޞިއްޙީ މައްސަލަތަކާ ގުޅިގެން އިޓަލީގެ ޕީސާގެ ހޮސްޕިޓަލެއްގައި ނިޔާވެއްޖެއެވެ. ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ މަރާހް އަބޫ ޒުހްރީއެވެ. ޒުހްރީ އިޓަލީއަށް ގެންދެވުނީ އެ ޤައުމުގެ ސަރުކާރުގެ އިންސާނިއްޔަތުގެ އެހީގެ ޕްރޮގްރާމްގެ ދަށުންނެވެ. މީޑިއާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޒުހްރީ އިޓަލީއަށް ގެންދެވުނީ އޭނާގެ މަންމައާ...
ޔުމްނާ ޢަލީ
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް އަރައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 ޕަސެންޓްގެ ކުރިއެރުމެކެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 16 އާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،402،715 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،286،377 ފަތުރުވެރިންނެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކަށް ބ...
އަލީ އާދިލް
ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ޓަކައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހިންގާ “ފުޑްސެކިއުރިޓީ ޕްރޮގްރާމް”ގެ ދަށުން “ށ” އަތޮޅުގެ 4 ރަށަކަށް 1159 ގަސް ހަދިޔާކޮށްފިއެވެ. މި ޕްރޮގްރާމްގެ ގަސް ހަދިޔާކޮށްފައިވާ ހަތަރު ރަށަކީ ފުނަދޫ، ޅައިމަގު، ނަރުދޫ އަދި ބިލެތްފައްސެވެ. މި ހަތަރު ރަށަށް ހަދިޔާކޮށްފައިވަނީ ޖުމްލަ ހަތަރު ބާވަތެއްގެ ގަހެވެ. އެއީ ބަނބުކެޔޮ ގަސް، ޖަނބުރޯލު، މުރަނގަ އަދި އަލައެވެ. ފުނަދޫއަށް ޖުމްލަ 292 ގަސް، ޅައިމަގަށް 378 ގަސް، ނަރުދޫއަށް 254 […]
އިބްރާހިމް ޚަލީލް
ދިވެހިރާއްޖޭގައި އެކައުންޓިންގ އަދި މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، ދެ މުއައްސަސާ ގުޅިގެން ދާއިރާގެ މައުލޫމާތު އާންމުންނަށް ހިއްސާކުރުމާއި، ގަވާއިދުތައް އެކުލަވައިލުމާއި، ދާއިރާގެ ފަންނުވެރިންގެ ގާބިލުކަން އިތުރުކުރުމާއެކު އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކ...
އިބްރާހިމް އަސްވާޤް
މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކޮށް އަހުލުވެރިކަން އިތުރު ކުރުމަށް ބާއްވާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުންނެރުމަށް ކަމާއިގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ވާލްޑު ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓ...
އިބްރާހިމް ޚަލީލް
ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ހުރި 48 އަހަރުގެ މީހަކު މިއަދު ފަތިހު ނިޔާވެއްޖެއެވެ. ނިޔާވި މީހާއަކީ ގ. ޒާމިއާ / މާލެ، އަޙްމަދު އަފްރާޙް ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނެފައިވަނީ، ފުލުހުންގެ އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުކޮށްފައި ހުރި އަފްރާޙްގެ ހާލަތު މިއަދު ފަތިހު 05:50 އެހައިކަށްހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަން ފާހަގަކުރެވުމާ ގުޅިގެން އައިޖީއެމްއެޗްއަށް ގެންދެވުނެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައިކަމަށް ހޮސްޕިޓަލުން މަޢ...
އަލީ އާދިލް
އުރީދޫ ނޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 މިމަހުގެ 7 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންގޮސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސްތަކުގެ ޓީމުތައް ބައިވެރިވެ، ދުނިޔޭގެ އެންމެ މަޤްބޫލު ތިން ވާދަވެރި ޓައިޓަލްކަމުގައިވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ޓޯނަމަންޓްތަކުގައި ވަނީ ހުނަރުވެރި ކުޅުން ދައްކާލާފައެވެ. މި މުބާރާތުގައި ޖުމްލ...
އިބްރާހިމް އަސްވާޤް
ވެރިކަން ބަދަލުވިއިރު އާސަންދައިން 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ އަދި އެންސްޕާއިން 491 މިލިއަނަށްވުރެ ގިނަ ރުފިޔާ ޕްރައިވެޓް ހޮސްޕިޓަލްތަކަށް ދައްކަން ޖެހި ނުދެއްކި އޮތްކަން އިނގިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް މިއަދު ވިދާޅުވެއްޖެއެވެ. މަމްދޫޙްއަކީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރެކެވެ. އެ ކޮމެޓީގެ 33 ވަނަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމަށް އިޝާރާތް ކުރަށްވައި މެމްބަރު މަމްދޫޙް މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގ...
ޔުމްނާ ޢަލީ
ފުޓްބޯޅަގެ ރަން ތާރީޚެއް އޮތް ކ. ހުރާގައި، ގާތްގަނޑަކަށް 25 އަހަރުގެ މެދުކެނޑުމަކަށް ފަހު ބޮޑު ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ. ”އިލަވެން ސައިޑު” އަށް ކުޅޭ މި މުބާރާތް އިއްޔެ ފަށާފައިވާއިރު، މި މުބާރާތަކީ އެރަށު ބެލެސިމޯ ސްޕޯޓްސް އިން އިންތިޒާމް ކޮށް އެރަށު ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ”ބެލެސިމޯ ސްޕޯޓްސް ފުޓްބޯޅަ މުބާރާތް 2025”ގެ ނަމުގައި ހުރާ ރަސްމީ ބޮޑު ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ފެށި މި މުބާރާތް ޝަރަފްވެރިކޮށްދެއްވީ، ގދ. އަތޮޅުގެ […]
ޔުމްނާ ޢަލީ
ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރަކީ، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ވަރުގަދަގުޅުން ދައްކުވައިދޭ ރަމްޒެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް، އެމަނިކުފާނުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ކުރިއަށްގެންދެވި ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒުވަނީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރާއި ދެއްވާ އެއްބާ...
ޔުމްނާ ޢަލީ
ރާއްޖެއަކީ ފެޑެރަލް ދައުލަތެއް ނޫންކަމަށާއި، ލާމަރުކަޒީ ގާނޫނު އޮންނަންވާނީ ޔުނިޓަރީ ދައުލަތެއްގެ ހުދޫދުގެ ތެރޭގައިކަމަށް ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުޞޫލުން ހިނގުމުގެ ޤާނޫނަށް ގެނެވުނު 16 ވަނަ އިސްލާޙް އާއި ގުޅޭގޮތުން ”އަޅުގަނޑަށް ފެންނަ ދެތިންވާހަކައެއް” ނަމުގައި ނެރުއްވި ބަޔާނެއްގައި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް ވިދާޅުވީ، ލާމަރ...
ޔުމްނާ ޢަލީ