ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ޓަކައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހިންގާ "ފުޑްސެކިއުރިޓީ ޕްރޮގްރާމް"ގެ ދަށުން "ށ" އަތޮޅުގެ 4 ރަށަކަށް 1159 ގަސް ހަދިޔާކޮށްފިއެވެ.

މި ޕްރޮގްރާމްގެ ގަސް ހަދިޔާކޮށްފައިވާ ހަތަރު ރަށަކީ ފުނަދޫ، ޅައިމަގު، ނަރުދޫ އަދި ބިލެތްފައްސެވެ. މި ހަތަރު ރަށަށް ހަދިޔާކޮށްފައިވަނީ ޖުމްލަ ހަތަރު ބާވަތެއްގެ ގަހެވެ. އެއީ ބަނބުކެޔޮ ގަސް، ޖަނބުރޯލު، މުރަނގަ އަދި އަލައެވެ. ފުނަދޫއަށް ޖުމްލަ 292 ގަސް، ޅައިމަގަށް 378 ގަސް، ނަރުދޫއަށް 254 ގަސް އަދި ބިލެތްފައްސަށް 203 ގަސް ވަނީ ހަދިޔާކޮށްފައެވެ.

Ad
rt

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒީރު ޑރ.މަރިޔަމް މާރިޔާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ އަތޮޅުގެ 4 ރަށަކަށް ، ޖުމްލަ 1159 ގަސް ވަނީ ފޯރުކޮށްދީފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ކައުންސިލްތަކުން ގަސް ފޯރުކޮށްދިނުމަށް މިވުޒާރާގައި އަންނަނީ އެދެމުން ކަމަށާއި އަދި ހަނިމާދޫގައި ހުންނަ މި ވުޒާރާގެ ސެންޓަރުން، އެ ރަށްތަކަށް ބޭނުންވާ މިންވަރަށް ގަސްތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.