ކުށް ހިންގާ ސަރަހައްދުތަކަށް 18 އަހަރު ނުފުރޭ ފިރިހެން ކުދިން އެއްވުން އިތުރުވާތީ ކަންބޮޑުވުން
ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާތީ އެކަމާ ސަމާލުވެ، އެ ކުދިން ކުށަށް ހުށަހެޅޭ ކުދިންކަމުގައި ނުހެދުމަށް އެއްބާރުލުން ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފައެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޚިދުމަތުން ދުވަހުން ދުވަހަށް ކުރަމުން އަންނަ އާންމު ޕެޓްރޯލިން އާއި އެ ޚިދުމަތުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ކުށް ހިންގާ ސަރަހައްދުތަކުގައި […]