ނިމާލް ނިޔާވެއްޖެ، ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު
ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލް މިއަދު ހެނދުނު ނިޔާވެއްޖެއެވެ. އުމުރުން 62 އަހަރުގެ ނިމާލް ނިޔާވީ ސްޓްރޯކެއް ޖެހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދެމުން ދަނިކޮށެވެ. ނިމާލް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. އޭނާ ނިޔާވީ ހޮސްޕިޓަލުގެ އައިސީޔޫގައި ގާތްގަނޑަކަށް ދެ މަސް ދުވަހު ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު...