ވާދަވެރިން ބޭނުންވަނީ ނުރަނގަޅު އިންތިހާބީ ސަގާފަތެއްގައި ރައްޔިތުން ބައިބައިތިއްބަން: ޝިޔާމް
ވާދަވެރިން ބޭނުންވަނީ ނުރަނގަޅު އިންތިހާބީ ސަގާފަތެއްގެ ތެރޭގައި ރައްޔިތުން ބައިބައިތިއްބަން ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ފަރާތުން އާޓިފިޝަލް ބީޗުގައި ބޭއްވި ދިވެހިންގެ ރާއްޖެ ތަރާވީހުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގެ ހުރިހާ މަންފާއަކާއި ފައިދާއެއް ކުރަނީ ރައްޔިތުންނަށް ކަމަށެވެ. “ވާދަވެރިން ބޭނުން ވަނީ...