މާލޭގެ ބޮޑުތަކުރުފާނު މަގު، ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ޕޭމަންޓް މައްޗަށް އަރައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އިމާދުއްދީން ސްކޫލްގައި އޯލެވެލް ހަދަމުންދިޔަ ދަރިވަރެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި ދަރިވަރަކީ އިމާދުއްދީން ސްކޫލްގެ ގްރޭޑް 10 ބީ-2 ކްލާހުގައި އުނގެނުމަށްފަހު އެ ސްކޫލްގައި އޯލެވެލް ހަދަމުން އައި މުހައްމަދު ނިހާން ނާޡިމް، ހިޔަލީ ގުލްޝަން/ބ. ދަރަވަންދޫއެވެ.
އިމާދުއްދީން ސްކޫލުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެ ސްކޫލްގެ 10 ބީ-2 ކްލާހުގައި އުނގެނުމަށްފަހު މިއަހަރު އޯލެވެލް ހަދަމުން ދިޔަ މި ދަރިވަރު މިއަދުގެ ވަގުތެއްގައި ނިޔާވެފައިވާކަމަށް ބުނެފައެވެ. އެހެންވެ، މަރްޙޫމުގެ ޢާއިލާ އަށް އެ ސްކޫލާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ ނަމުގައި ވަނީ ތައުޒިޔާ ކިޔާފައެވެ.
އެ ދަރިވަރަކީ އެކްސިޑެންޓްގައި ނިޔާވެފައިވާ 16 އަހަރުގެ ކުއްޖާކަމަށް މައުލޫމާތު އެނގޭ ބޭފުޅަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
''ކަށުނަމާދު'' ޕޭޖުން ފެންނަން ހުރި މައުލޫމާތަށް ބަލާއިރު މި ދަރިވަރުގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާގައި އޮންނާނެއެވެ. ކަށުނަމާދު ކުރުން އޮންނާނީ އަސުރަށްފަހު އާސަހަރާ މިސްކިތުގައެވެ.
ސައިކަލެއް ކޮންޓްރޯންނުވެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ފުލުހުން މިއަދު ހެނދުނު ބުނި ގޮތުގައި މި ދަރިވަރު ނިޔާވި އެކްސިޑެންޓްގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ 24 ފެބްރުއަރީ 2026 ވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 01:39 އެހާކަންހާއިރުއެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާ (މުހައްމަދު ނިހާން ނާޡިމް) އަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކޮށް މުހައްމަދު ނިހާން ނާޡިމް ނިޔާ ވަނީ ނިޔާވެފައެވެ. އެކްސިޑެންޓް ހިނގިއިރު މުހައްމަދު ނިހާން ނާޡިމް އިނީ ސައިކަލް ފަހަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!