ރައިސުލްޖުމްޙުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ހާއްސަ ތަރާވީސް މާދަމާރޭ އޮންނާނެ އެވެ.
ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ތަރާވީހެއް މާދަމާރޭ އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށެވެ.
ތަރާވީސް އޮންނާނީ މާދަމާ ރޭ 9:30 ގަ އެވެ. އެ ޕާޓީން ވަނީ ހުރިހާ މެންބަރުންނަށް އަދި އެ ޕާޓީއަށް ތާޢީދު ކުރާ ހުރިހާ ރައްޔިތުންނަށް މި ތަރާވީހަށް ދަޢުވަތު ދީފަ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ކޮންގްރެސް ޕާޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެ ޕާޓީގެ ސަރަަހައްދީ ކެމްޕެއިން ހަފްލާތައް ލޯންޗުކުރުމާއި، ޕާޓީގެ ޖަހަގަތައް ހުޅުވުމާއި، ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް އަންނަނީ ފުޅާ ކުރަމުން ނެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުން އަންނައިރު ކޮންގްރެސް ޕާޓީން މިހާރުވެސް ވަނީ ވޯޓަކާ ނުލައި އިންތިހާބުގެ 70 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!