އަފްޣާނިސްތާނުގެ ބޮމުގެ ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
އަފްޣާނިސްތާނުގެ ކާބުލްގައި ކުރިއަށްދިޔަ ކައިވެނީގެ ޙަފްލާއަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ސަލާހުއްދީން ރައްބާނީއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެކަން ކުށްވެރިކޮށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފޮނުއްވި ތައުޒިޔާ މެސެޖުގައި ވިދާޅުވެފައި ވަނީ، އެ ހަބަރު އެއްސެވީ ކުއްލި ހައިރާން ކަމާއި ފުން ހިތާމަޔާއެކުގައި ކަމަށާއި، ރާއްޖެއިން އަބަދުވެސް ޓެރަރިޒަމްގެ ފިނޑި އަ...