ސައޫދީއަރަބިއްޔާއިން ފުރަތަަމަ ފަހަރަށް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމުގައި އެޤައުމުގެ ރަސްމީ އިދާރާތަކުން ބުނެފިއެވެ. ސައޫދީގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ، ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި މީހަކީ، ސައޫދީގެ ރައްޔިތެއް ކަމަށާއި، އޭނާ ވަނީ، މިހާރު އެބަލި އެންމެ ބާރަށް ފެތުރެމުންދާ އީރާނާއި ބަހުރައިނަށްވެސް ޒިޔާރަތްކޮށްފައި ކަމަށެވެ. އަދި އޭނާ އީރާނުން ސައޫދީ އަރަބިއްޔާއަށް އެތެރެވެފައި ވަނީ، ބަހުރައިން މަގުން ކަމުގައިވެސް ސައޫދީގެ އޮފިޝަލުން ވިދާޅުވެފައި ވެއެވެ. ސައޫދީ އަރަބިއްޔާގެ ހެ...
އަލީ އާދިލް
1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަދުވަހު ރާއްޖެއަށް ދިން ރަހުމު ކުޑަ އުދުވާނީ ހަމަލާގެ މުގުލުގައި ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލާގައި އޭނާގެ މައްޗަށް ދައުވާ އުފުލާ އެ މައްސަލަ ކޯޓަށް ހުށައަޅައިފިއެވެ. އެމައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ބުނެފައެވެ. ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މި ދައުވާކޮށް ކްރިމިނަލް […]
ޝިއުނާ އާދަމް
ހަލުވިކަމާއި އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ނުވަ ދުވަސް ވަންދެން ހަށިގަނޑުން ބޭރުގައި ދިރިހުންނާނެކަމަށް ހޯދުންތަކުން ދައްކައިފިއެވެ. ޖާރނަލް އޮފް ހޮސްޕިޓަލް އިންފެކްޝަން އިން ޝާއިއު ކޮށްފައިވާ ކޮވިޑް-19އާއި ގުޅިގެން ކުރިއަށް ގެންދިޔަ 22 ހޯދުންތަކުގެ އިތުރުން ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޮމް (ސާސް) ވައިރަސް އަދި މިޑިލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޮމް (މެރސް) ވައިރަސް އިން ދައްކުވައިދެނީ ހިއުމަން ކޮވިޑް-19، ނުވަ ދުވަސް ވަންދެން ހަށިގަނޑުން ބޭރުގައި ދިރިހުންނާނ...
ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީގައި އިމާރާތް ކޮށްފައިވާ ރޯ ހައުސްތައް މަރާމާތު ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. އެރޯހައުސްތައް މަރާމާތު ކުރުމަށް ފެނަކައިގެ ފަރާތުން ހަވާލުކުރީ ޓިކް ޓަކް އިންވެސްމެންޓާއިއެވެ. ފެނަކައަކީ އެރޯ ހައުސްތަކުގެ ބަލަދުވެރި ފަރާތް ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ފަރާތެވެ. މިއެއްބަސްވުމުގައި ސޮއިކުރީ މިއަދު ފެނަކާގައި އޮތް ރަސްމިއްޔާތެއްގައިއެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނާ މަޖިލިސް ދެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގަތެވެ. ސަރުކާރުން މިރ...
ޝިއުނާ އާދަމް
14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި އެކުއްޖާގެ ދޮންބައްޕަ ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އެ ކުއްޖާގެ ދޮން ބައްޕަ ޖިންސީ ގޯނާކުރި މައްސަލަ ހުށައެޅިފައިވަނީ ހޯމަ ދުވަހު ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރެވިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި އެމީހާ ހައްޔަރު ކޮށްފައިވަނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށަކުންކަމަށެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ކުޑަކުދިންނަށް ކުރާ ޖިންސީގޯނާގެ މައްސަލަތައް ހުށަހެޅޭ މިންވަރު މިފަހަކަށް...
ޝިއުނާ އާދަމް
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު ތިންހާހަށްވުރެ މައްޗަށް ހިނގައްޖެއެވެ. މިވައިރަސްގެ ސަބަބު މިހާތަނަށް ޖުމްލަ 3069 މީހުންވަނީ މަރުވެފައިއެވެ. މިވައިރަސްގެ 89778 މީހުން މިހާތަނަށް ފެނިފައިވާއިރު، އަލަށް މިވައިރަސް ޖެހިފައިވާ 1390 މީހުންވަނީ ފެނިފައެވެ. މި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 7375 މީހުން ތިބީ ސީރިއަސް ހާލަތެއްގައިއެވެ. 45497 މީހުންނަށްވަނީ މިވައިރަސްޖެހި ރަނގަޅުވެފައެ...
ޔުމްނާ ޢަލީ
އުތުރުގެ ވައިގެ ދޮރާށި، ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާރ ޕޯރޓުގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ. އޮބްޒާވްކުރުމަށް ސިވިލް އޭވިއޭޝަނުން ބޭފުޅުން ބައިވެރިވި، މިފަހަރުގެ އެކްސަސައިޒް ބާއްވާފައިވަނީ އިއްޔެ ހަވީރު 16:30 އިން ރޭގަނޑު 19:00 އަށެވެ. މި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް ބާއްވާފައިވަނީ މި ހަރަކާތާއި ގުޅުންހުރި ހަނިމާދޫގައި ހުރި މުއަސްސަސާތައް ގުޅިގެންނެވެ. އެގޮތުން އެމްއެންޑީއެފް، ޕޮލިސް، ހަނިމާދޫ ސިއްހީ މަރުކަޒު، ކަސްޓަމްސް، އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ...
ޝިއުނާ އާދަމް
ދީނާ ހިލާފު ވޯކްޝޮޕް ތަޙުޤީޤުކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށައަޅުއްވައިފިއެވެ. މިމައްސަލަ އަކީ ކުއްލި މައްސަލައެއްނޫން ކަމަށް އެމްޑީޕީގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް ވަނީ ބުނެފައެވެ. އަލީ އާޒިމް އަދި ހަސަން ލަތީފް ބުނެފައިވަނީ މިމައްސަލަ ކިޔާލާފައިވާކަމަށާއި އެމައްސަލަ ހުށައެޅުމަށް ސަރުކާރުގެ މެންބަރުން އިންކާރު ކުރެއްވުމުން މަޖިލީހުގެ ރައީސް ވަނީ އެމައްސަލަ އަކީ ކުއްލި މައްސަލައެއްތޯ ބެލުމަށް އިދާރީ މޭޒުގެ ލަފައަކަށް އެދިފަ...
ޔުމްނާ ޢަލީ
ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް އެ ޕެޓިޝަން ހުށަހެޅީ 800 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު ކަމަށް އެ ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅުނު ޖަމްޢިއްޔާ އެމްޓީޔޫ އިން ބުނެއެވެ. މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމްއިއްޔާ ނުވަތަ މާލެ ޓެނަންޓްސް ޔުނިއަން (އެމްޓީޔޫ) އިން އިސްނަގައިގެން ތައްޔާރުކުރި އެ ޕެޓިޝަން، މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ ޕެޓިޝަން ސްޕޮންސާ ކޮށްދެއްވީ ކުލި ކޮންޓްރޯލް ކުރަން ތާއީދުކުރައްވައި ވާހަކަދައްކަވަމުން ގެން...
ޝިއުނާ އާދަމް
“ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުން ގިނަބަޔެއްގެ މަގުބޫލުކަން ލިބިފައިވާއިރު ގިނަބަޔަކު ތިބީ “ހާޓުސީން” ގެ ޓީމުން ނެރެމުންދާ އެޕިސޯޑު ތަކުގެ އިންތިޒާރުގައެވެ. ރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ. އަތޮޅުގެ ހުރިހާރަށެއްގެ ސޫޓިން ގާތްގަނޑަކަށް ނިމިފައިވާއިރު މިހާރު އެޓީމުން ކުރަމުންދާ މަސައްކަތަކީ ވީޑިއޯތައް އެޑިޓް ކުރުމުގެ މަސައްކަތެވެ. “ހާޓުސީން” ގެ ކުރޫ ގެ ޓީމުން ތިލަދުންމަތީ އުތުރުބުރީ އުލިގަމުގައި ނަގާފައިވާ ވީޑިއޯތަކުން އެރަށުގެ އާންމު ރައްޔިތުން އުޅެމުންދާ ވައްޓަފާޅިއާއި އެރަށުގެ އާސާރީ ތަންތަން...
އިބްރާހިމް އަސްވާޤް
ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20 ޕްލަސް ޕްރީއޯޑާކުރުމަށް އުރީދޫ އިން ރާއްޖޭގައި ހުޅުވާލައިފިއެވެ. ދިވެހިންނާއި ހަމައަށް އުރީދޫއިން މިފޯނުތައް ގެނެސްދޭއިރު، ކަސްޓަމަރުންނަށް ފޯނު ގަނެވޭނެ ޚާއްސަ ޕެކޭޖްތަކެއްވެސް އުރީދޫވަނީ އިން ތަޢާރުފުކޮށްފި އެވެ. އެގޮތުން ތަޢާރުފު ކުރި ޕްލޭންތަކުގެ ތެރޭގައި އެންމެ ކުޑަ އަގެއްގެ ގޮތުގައި، މަހަކު 1،058.33ރ. ދެއްކެވުމަށްފަހު، އެންމެފަހުގެ ސެމްސަންގް ގެލެކްސީ އެސް 20 ގަނެވޭނެ އެއް އަހަރުގެ އިންސްޓޯލްމަންޓް ޕްލޭން ހިމެނެ އެވެ. އުރީދޫ...
ޝިއުނާ އާދަމް
ޗާނދަނީ މަގު ބިގްމޭން ރެސްޓޯރެންޓުގައި އަލިފާން ރޯވެއްޖެއެވެ. މީޑިއާތަކަށް މަޢުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ، ވެސްޓަރން ޔޫނިއަން ހިންގަމުން އަންނަ އިމާރާތުގައި ހުންނަ ބިގްމޭން ކެފޭގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުންދާކަމަށެވެ. އެސަރަހައްދުގައި ހުރިމީހަކު މަޢުލޫމާތު ދިން ގޮތުގައި މިހާރު އަލިފާން ވަނީ ކޮންޓުރޯލް ކުރެވިފައެވެ. ނަމަވެސް ދުމުގެ އަސަރު އެސަރަހައްދުގައި ހުރިކަމަށް އެމީހާވަނީ ބުނެފައެވެ. އެސަރަހައްދުގައި ހުރިމީހާ ބ...
އިބްރާހިމް އަސްވާޤް
ކޮވިޑް19 ގެ ރިސްކު ރާއްޖެއަށް ވަރަށްބޮޑު ކަމަށާއި ވަރަށް އާދޭހާއި އެކު މިކަންކަން ކުރުމަށް، ޑރ މުޙައްމަދު އަލީ އެދިވަޑައިވެގެންފިއެވެ. ކޮވިޑް19 އިން ރައްކާތެރިވުމަށް ފަރުދީގޮތުންނާ މުއައްސަސާ ތަކުން ކުރެވިދާނެ ކަން ކަން ގޮތުގައި ކުރެވިދާނެ 20 ކަމެއް ޑރ މުޙައްމަދު އަލީ ވަނީ ބަޔާންކޮށްފައެވެ. 1. މަގުމައްޗަށާ އާންމު ތަންތަނަށް ކުޅު ނުޖެހުން 2. ކެއްސާ ރޯގާ ޖެހިފަ ވާނަމަ ގޭގަ މަޑުކުރުން 3. ކެއްސާ ކިނބިހި އަޅާ އިރު އަތު ހުދުކަމަށް ނޭޅުން، ޓިޝޫއެއް ނެތްނަމަ […]
އިބްރާހިމް އަސްވާޤް
ބައެއް މީހުން، މީހަކާމެދު ނުވަތަ ބަޔަކާމެދު އެމީހުންގެ ހިތުގައި އުފެދޭ ނުރުހުމުގެ ނުވަތަ ރުޅިވެރިކަމުގެ ޝުއޫރު ހާމަކުރުމުގެ ގޮތުން، ބުއްދީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ގުޅުވައިގެން، އެމީހަކަށް ނުވަތަ އެބަޔަކަށް މަލާމާތް ކުރެއެވެ. މިއީ އަޅުގަޑުމެންގެ ސަގާފަތުގައި ޒަމާނުއްސުރެ އެކަން އޮންނަ ގޮތެވެ. ދާދި މިދާކަށް ދުވަހާ ޖެހެންދެންވެސް، ތަމްސީލު ކުޅެއުޅޭއިރު، ހެއްވާބައި ބިނާކޮށްފައި އަބަދުވެސް އޮންނާނީ ބުއްދީގެ ނުކުޅެދުންތެރިކަމެއް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްގެ ވަށައ...
މުޙައްމަދު ޝިހާބް
އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނެގުން އެ ކެނޑިޑޭޓެއްގެ ރަށުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން އޮންނާނީ އަންނަ ބުދަ ދުވަހު، އެރަށެއްގައިކަމަށެވެ. އޭގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ ގުރުއަތުނެގުން އޮންނާނީ އ...
ޝިއުނާ އާދަމް
ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫންކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިގާބުގެ ފޯރި ރަށްރަށުގައި ގަދަވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ މުޙައްމަދު ރަޝީދު ވިދާޅުވެފައިވަނީ އިހަވަންދޫގެ އެއްވެސް ރައްޔިތަކީ ދީނުން ބޭރުވެފައިވާ މީހެކަން އަދި އެންގިފައެއް ނެތްކަމަށެވެ. އިހަވަންދޫގެ ރައްޔިތުއްނަކީ 100% އިން 100% މުސްލިމުން ތިބި ރަށެ...
އަލީ އާދިލް
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށް ޚާއްޞަވެގެން މަސައްކަތްކުރާނެ އިދާރާއެއް، “ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޤާއިމުކުރައްވައިފިއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކުރައްވާފައިވާ ގޮތުގެ މަތީން، އެ ޤާނޫނަށް ޢަމަލުކުރ...
ޝިއުނާ އާދަމް
ފައުންޑޭޝަން ފޯރ އަ ސްމޯކްފްރީ ވޯރލްޑް އިން ހިންގާ ޙަރަކާތްތަކާމެދު ސަމާލުވުމަށް އެޗްޕީއޭ (ހެލްތު ޕްރޮޓެކްޝަން އޭޖެންސީ) އިން އިލްތިމާސްކޮށްފިއެވެ. އެގޮތަށް އިލްތިމާސްކޮށްފައިވަނީ އެ އެޖެންސީގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ބުނީ “ފައުންޑޭޝަން ފޯރ އަ ސްމޯކް ފޮރ ވޯރލްޑް” އިން، ރާއްޖޭގެ އަމިއްލަ ބައެއް ފަރާތްތަކާއި، ކުންފުނިތަކާއި އަދި ސަރަޙައްދީ ބައެއް ޖަމާޢަތްތަކާއި ގުޅިގެން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދިރާސާތައް ކުރުމުގެ ނަމުގައާއި، ސީ.އެސް.އާރު ޙަރަކާތްތަކުގެ ނަ...
ޔުމްނާ ޢަލީ