ބައެއް މީހުން، މީހަކާމެދު ނުވަތަ ބަޔަކާމެދު އެމީހުންގެ ހިތުގައި އުފެދޭ ނުރުހުމުގެ ނުވަތަ ރުޅިވެރިކަމުގެ ޝުއޫރު ހާމަކުރުމުގެ ގޮތުން، ބުއްދީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ގުޅުވައިގެން، އެމީހަކަށް ނުވަތަ އެބަޔަކަށް މަލާމާތް ކުރެއެވެ.

މިއީ އަޅުގަޑުމެންގެ ސަގާފަތުގައި ޒަމާނުއްސުރެ އެކަން އޮންނަ ގޮތެވެ. ދާދި މިދާކަށް ދުވަހާ ޖެހެންދެންވެސް، ތަމްސީލު ކުޅެއުޅޭއިރު، ހެއްވާބައި ބިނާކޮށްފައި އަބަދުވެސް އޮންނާނީ ބުއްދީގެ ނުކުޅެދުންތެރިކަމެއް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްގެ ވަށައިގެންނެވެ. ތަޖޫބެ

Ad
rt

ޒަމާން ބަދަލުވެ އަޅުގަޑުމެންގެ ވިސްނުމާއި ފިކުރު ތަހުޒީބުވަމުންދާއިރު، މިއީ ވެސް އަޅުގަޑުމެން ވިސްނާލަންޖެހޭ ކަމެކެވެ.

ދިވެހިންނަކީ އިންސާނީ ކަރާމާތަށް ގަދަރުކުރާ ބަޔަކަށްވާން އެބަޖެހެއެވެ. އިޖުތިމާއީ ނިސްބަތަށް އަދި މިންތިއެއް ފަންތިއެއް ތަފާތުކުރުމެއް ނެތިއެވެ. އެއީ އަޅުގަޑުމެންގެ ދީނުގައި ވެސް އަންގަވާފައިވާ ގޮތެވެ.