އުތުރުގެ ވައިގެ ދޮރާށި، ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާރ ޕޯރޓުގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ.

އޮބްޒާވްކުރުމަށް ސިވިލް އޭވިއޭޝަނުން ބޭފުޅުން ބައިވެރިވި، މިފަހަރުގެ އެކްސަސައިޒް ބާއްވާފައިވަނީ އިއްޔެ ހަވީރު 16:30 އިން ރޭގަނޑު 19:00 އަށެވެ.

Ad
rt

މި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް ބާއްވާފައިވަނީ މި ހަރަކާތާއި ގުޅުންހުރި ހަނިމާދޫގައި ހުރި މުއަސްސަސާތައް ގުޅިގެންނެވެ. އެގޮތުން އެމްއެންޑީއެފް، ޕޮލިސް، ހަނިމާދޫ ސިއްހީ މަރުކަޒު، ކަސްޓަމްސް، އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު، ހަނިމާދޫ ކައުންސިލްގެ އިދާރާ، މޯލްޑިވިއަން އަދި ހަނިމާދޫ ސްކޫލުގެ އިތުރުން ހަނިމާދޫ އެއާރޕޯޓުގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން މި އެކްސަސައިޒްގައި ހަނިމާދޫ ސްކޫލުގެ ކެޑޭޓް ދަރިވަރުން ބައިވެރި ވެފައިވެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްހިނގާފާނެ ކުއްލި ހާދިސާއެއްގައި ކަމާބެހޭ މުވައްޒަފުން ތައްޔާރަށް ތިބުމަށް، ބޭއްވި މި އިމަޖެންސީ އެކްސަސައިޒަކީ އެ އެއަރޕޯރޓްގެ ”އެއާޕޯޓް އިމަޖެންސީ ޕްލޭން“ އާއި އެއްގޮތަށް ބޭއްވި ކާމިޔާބު އެކްސަސައިޒެއްކަމަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން މައުލޫމާތު ދެއްވައެވެ.

އިއްޔެގެ އެ އެކްސަސައިޒާއި ގުޅޭގޮތުން ހަނިމާދޫ އިންޓަރނެޝަނަލް އެއަރޕޯރޓުން ހާމަކުރެއްވި ގޮތުގައި އިއްޔެ އެއަރޕޯރޓްގައި ބޭއްވުނު ފުސްކޭލް އިމަޖެންސީ އެކްސަސައިޒަކީ އެ އެއަރޕޯރޓްގެ ”އެއާޕޯޓް އިމަޖެންސީ ޕްލޭން“ އާއި އެއްގޮތަށް ބޭއްވި ކާމިޔާބު އެކްސަސައިޒެއްކަމަށެވެ. އަދި އެ އެކްސަސައިޒްގައި މަޢުލޫމާތު ފޯރުކޮށްދީ، އެ އެކްސަސައިޒް ކުރިއަށް ގެންދަވާފައިވަނީ އެދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުގައި ކަމަށްވެސް އެ އެއަރޕޯޓުން މަޢުލޫމާތު ދެއްވިއެވެ.

ހަނިމާދޫ އެއާރޕޯޓުގައި މިފަދަ އިމަޖެންސީ އެކްސަސައިޒެއް ބޭއްވިފައި މިވަނީ ބާރަ އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. އެންމެ ފަހުން ހަނިމާދޫ އެއާރޕޯޓްގައި އިމަޖެންސީ އެކްސަސައިޒެއް ބާއްވާފައިވަނީ 2008 ވަނަ އަހަރުއެވެ.