ކޮވިޑް19 ގެ ރިސްކު ރާއްޖެއަށް ވަރަށްބޮޑު ކަމަށާއި ވަރަށް އާދޭހާއި އެކު މިކަންކަން ކުރުމަށް، ޑރ މުޙައްމަދު އަލީ އެދިވަޑައިވެގެންފިއެވެ.
ކޮވިޑް19 އިން ރައްކާތެރިވުމަށް ފަރުދީގޮތުންނާ މުއައްސަސާ ތަކުން ކުރެވިދާނެ ކަން ކަން ގޮތުގައި ކުރެވިދާނެ 20 ކަމެއް ޑރ މުޙައްމަދު އަލީ ވަނީ ބަޔާންކޮށްފައެވެ.
1. މަގުމައްޗަށާ އާންމު ތަންތަނަށް ކުޅު ނުޖެހުން
2. ކެއްސާ ރޯގާ ޖެހިފަ ވާނަމަ ގޭގަ މަޑުކުރުން
3. ކެއްސާ ކިނބިހި އަޅާ އިރު އަތު ހުދުކަމަށް ނޭޅުން، ޓިޝޫއެއް ނެތްނަމަ އުޅަބޯއްޓަށް އެޅުން
4. ލޯ، ނޭފަތް، އަނގަ ހިމެނޭ ހިސާބުގަ އަތްލުން މަދުކުރުން
5. ގިނަ ގިނައިންސައިބޯނި ލައިގެން އަތް ދޮވުން
6. ޑޮމެސްޓިކް އެއާރލައިން ތަކަށް އަރާއިރު ދޭ ރިފްރެޝަރ ޓިޝޫގެ ބަދަލުގަ ހޭންޑު ޝެނިޓައިޒާރއެއް ދިނުން
7. އޮފީސްތަކުގައާ ހޮސްޕިޓަލް ތަކުގަ ފަސޭހައިން އަތްދޮވޭ ނެގޮތްހުރުން
8. ސިޑި އަތްގަނޑުގަ އަތް ނުލާ ވޭތޯބެލުން
9. ފޯނުވެސް އަލްކޮހޮލްހޭންޑް ރަބަކުން ސާފުކުރެވޭތޯބެލުން
10. އަލްކޮހޮލް ރަބުން އަތްސާފު ކުރާއިރުވެސް، އަތް ދޮންނައިރު ހަދާ ހުރިހާ ސުޓެޕް ތަކެއް ހެދުން
11. އޮފީސް ތަކުގަ އަތް ދޮވޭތޯ ބަލާ ގިނަ ގިނައިން ހަނދާން ކޮށްދިނުން
12. ކުޑަކުދިންނަށް ލޯބިންދޭ ބޮސް ނުދިނުން
13. ޞަރޫރީ ބޭނުމަކަށް މެނުވީ ހޮސްޕިޓާ ކުލިނިކް ތަކަށް ނުދިއުން
14. އެއްވުންތައް އެއްގޮތަކަށްވެސް ނުބޭއްވުން
15. މިސްކިތްތަކުގަ ވުޞޫ ކުރުމުގެ ކުރިން އަތްދޮވެވޭ ގޮތަށް ސައިބޯނި ހުރުން
16. ގޮތްނޭގޭ މަޢުލޫމާތު ޝެއާރ ނުކުރުން
17. ދުންފަތުގެއިސްތިއުމާލު ކުރާމީހުނަށް މިބަލިޖެހުމުން މަރުވުމުގެ ޗާންސް ބޮޑު، މިއަދުން ފެށިގެން ސިގިރޭޓް، ގުޑުގުޑާ، ވޭޕް ހުއްޓާލުން / މަސައްކަތް ފެށުން
18. މިކަންކަން ގިނަގިނައިން އެކަކު އަނެކާއަށް ހަނދާ ކޮށްދިނުން
19. ކޮންމެނަމާދެއްގެ ފަހުން ﷲގެ ހަޟްރަތަށް ދުޢާދެންނެވުން
20. ޑަކްޓަރުން ދޭ ނަސޭހަތް ކަނުލާ އަޑުއަހާ، އަމަލުކުރުން
ހަމައެކަނި ކެއސާ ކިނބިހި އަޅާނަމަ ގޭގަ މަޑުކުރުން
ކޮންމެހެން ބޭރައދާންޖެހިއްޖެނަމަ މާސްކް އެޅުން
ކެއްސާއިރު ޓިޝޫއަކަށް ނުވަތަ އުޅަނބޮއްޓަށް ކެއްސުން(ސީދާ އަތު ހުދުހަމަށް ނުކެއްސުން)
ގިނަގިނައިން އަތްދޮވުން(ސައިބޯނި ލައިގެން) pic.twitter.com/TOUPmHfttX— Dr. Mohamed Ali (@Moxamedalu) February 28, 2020
ރައްކާތެރިވުމަށް
1. ގޭން ނިކުތުމުގެ ކުރިން އަތްދޮވޭ
2. ގެއަށް ވަނުމާއެކު އަތް ދޮވޭ
3. ކެއުމުގެކުރިން އަތް ދޮވޭ
4. އޮފީހށް ވަނުމާއެކު އަތްދޮވޭ
5. އޮފީހުން ނިކުތުމުގެ ކުރިން އަތްދޮވޭ
6. އަނެކާގެއަތްދޮވުމަށް ހަނދާންކޮށްދީ pic.twitter.com/MEVIutxJWz— Dr. Mohamed Ali (@Moxamedalu) February 28, 2020
ކޮވިޑް19 ގެ ރިސްކު ރާއްޖެއަށް ވަރަށްބޮޑު! އާދޭސްކޮށްފަ ބުނަން ފަރުދީގޮތުން ކުރެވޭކަންކަން ކުރޭ!! pic.twitter.com/TT4Dhpqj9A
— Dr. Mohamed Ali (@Moxamedalu) March 1, 2020
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!