ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު ތިންހާހަށްވުރެ މައްޗަށް ހިނގައްޖެއެވެ. މިވައިރަސްގެ ސަބަބު މިހާތަނަށް ޖުމްލަ 3069 މީހުންވަނީ މަރުވެފައިއެވެ.

މިވައިރަސްގެ 89778 މީހުން މިހާތަނަށް ފެނިފައިވާއިރު، އަލަށް މިވައިރަސް ޖެހިފައިވާ 1390 މީހުންވަނީ ފެނިފައެވެ. މި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 7375 މީހުން ތިބީ ސީރިއަސް ހާލަތެއްގައިއެވެ. 45497 މީހުންނަށްވަނީ މިވައިރަސްޖެހި ރަނގަޅުވެފައެވެ.

Ad
rt

މިނުރައްކާތެރި ވައިރަސް ފެތުރުން ހުއްޓުވަން ދުނިޔޭގެ ގައުމުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ވައިރަސް އެންމެ ފުރަތަމަ ފެތުރޭންފެށި ޗައިނާއަށްވުރެ، ޗައިނާއިން ބޭރު ގައުމުތަކުން ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރުދަނީ އިތުރުވަމުންނެވެ.

މިވައިރަސް އެންމެފަހުން ފެނިގެން ރިޕޯޓްކޮށްފައިވަނީ އިންޑޮނޭޝިޔާއިންނެވެ.