"ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުން ގިނަބަޔެއްގެ މަގުބޫލުކަން ލިބިފައިވާއިރު ގިނަބަޔަކު ތިބީ "ހާޓުސީން" ގެ ޓީމުން ނެރެމުންދާ އެޕިސޯޑު ތަކުގެ އިންތިޒާރުގައެވެ. ރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ. އަތޮޅުގެ ހުރިހާރަށެއްގެ ސޫޓިން ގާތްގަނޑަކަށް ނިމިފައިވާއިރު މިހާރު އެޓީމުން ކުރަމުންދާ މަސައްކަތަކީ ވީޑިއޯތައް އެޑިޓް ކުރުމުގެ މަސައްކަތެވެ.

"ހާޓުސީން” ގެ ކުރޫ ގެ ޓީމުން ތިލަދުންމަތީ އުތުރުބުރީ އުލިގަމުގައި ނަގާފައިވާ ވީޑިއޯތަކުން އެރަށުގެ އާންމު ރައްޔިތުން އުޅެމުންދާ ވައްޓަފާޅިއާއި އެރަށުގެ އާސާރީ ތަންތަން ވަނީ ދައްކާލާފައެވެ. އެރަށުގައި ފަތުރުވެރިންނަށް ލިބެންހުރި ޚިދުމަތްތައް ވަނީ ފެނިގެން ގޮސްފައެވެ. އެރަށުގެ ބައެއް މީހުންގެ ބަސްދީގަތުން މިވީޑިއޯގައި ހިމަނާފައިވާއިރު ރަށުގެ ގުދުރަތީ ރީިކަން ދައްކާލާފައިވެއެވެ.

Ad
rt

ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަޤްސަދުގައި ގެނެސްދޭ މިޑޮކިއުމެންޓްރީގެ ސޫޓިންގްތަކުގެ ދެވަނަ ބުރު ހދ އަތޮޅުގައި ނެގުމުގެ މަސައްކަތް އެޓީމުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ހޯރަފުށިީގެ ތަފާތު ރީތި މަންޒަރުތަކެއް ހިމަނާލާފައިވާއިރު މިރަށުގެ ފަތުރުވެރިން ގަޔާވާނެ މަންޒަރުތަކެއް ވަނީ ހިމަނާލާފައެވެ. އެގޮތުން އެރަށުގެ ބޮޑު ފަޅު ތެރޭގައި އޮންނަ ފަޅުރައްތަކުގެ ރީތި މަންޒަރުތައް މަތިންނާއި ރަށު ތެރޭގެ ހިތްގައިމުކަން ވަނީ ހިމަނާލާފައެވެ. އަދި އެރަށުގެ ފަޅުތެރޭގެ ހިތްގައިމު މަންޒަރުތައް މިވީޑިއޯއިން ފެނިގެން ދެއެވެ.

މިދަތުރު އިންތިޒާމުކުރާ ޒުވާން ޓީމާއި އެކި ރަށްރަށުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެޓީމުން މަޢުލޫމާތު ދެއެވެ. މިޓީމުން ކުރާ ވީޑިއޯ ތަކުގައި ގެސްޓުހައުސްތަކާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކަންކަން ހިމަނަށް ބޭނުންވާނަމަ ”ހާޓުސީން“ ގެ ފޭސްބުކް ޕޭޖްއަށް މެސެޖު ކުރެއްވުން ނުވަތަ އީމެއިލް haatoseenu@gmail.com އަށް އީމެއިލް ކުރެއްވުމަށް އެދެއެވެ. "ހާޓުސީން” ހޮޓްލައިން އަކީ 7739199 އެވެ.

ރަށު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކާ 4 ޒުވާނެއް ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށަކަށް ކުރަން ހަމަޖެހިފައިވާ ”ހާޓުސީން“ މި ދަތުރުގެ އެކްސްލޫސިވް ޓައިޓަލް ސޮޕޮންސަރ އަކީ ”ވިޒިޓް މޯލްޑިވްސް“ އެމްއެމްޕީއާރުސީއެވެ. އެކްސްލޫސިވް އޯޝަން ބްރޭންޑް އަކީ ”މާރެސް- ޖުސްޓް އެޑް ވޯޓަރ“ އެވެ. އެކްސްލޫސިވް ވީޑިއޯ އިކުއިޕްމެންޓް ޕާރޓްނަ އަކީ ”ސްޓަރބިސިސް“ އެވެ. އެކްސްލޫސިވް ބްރޭންޑިން މާރޗަންޑައިސް ޕާރޓްނަރއަކީ ”އައިހާ“ އެވެ. އެކްސްލޫސިވް އިވެންޓް އޮރގަނައިޒަރސް އަކީ ”އޮބްޖެކްޓްސް ”އެވެ. ސީޒަން ވަންގެ އޮފިޝަލް އޮންލައިން ޕާރޓްނަރ އަކީ ”ތިލަދުން“ އެވެ.