ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުހުންގެ އަގުވަޒަންކުރުމަށް މިއަދު އިސްކަންދަރު ބިލްޑިންގގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި، ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ކާމިޔާބުކަމާއިއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވި އޮފިސަރުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދިން ޖުމްލަ 117 އޮފިސަރަކަށް ވަނީ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބުކުރަން ބާއްވާ ޖަލްސާ މާދަމާ އަށް ފަސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށް މިއަދު ހެނދުނު 9:00 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ވަނީ ނާޒިމް އިސްތިއުފާދެއްވިކަން ޢިއުލާންކުރެއްވުމަށްފަހު މިއަދު މެންދުރުފަހު 13:00 ގައި މަޖިލީހުގެ އިތުރު ޖަލްސާއެއް އޮންނާ...
ޔުމްނާ ޢަލީ
ދުންފަތުގެ އިސްތިއުމާލުކުރުމާއި ނިކޮޓިންއަށް ދެވިހިފުމުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ފޮނުއްވިމެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އީ-ސިނގިރޭޓް މަނާކުރުމާއި، ދުނިޔޭގައި ފުރަތަމަ ފަހަރަށް ޖީލީ ގޮތުން ދުންފަތް މަނާކުރި ގައުމަށް ރާއްޖެ ވެގެންދ...
ޔުމްނާ ޢަލީ
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވާސިޓީ ކަމަށްވާ އެމެރިކާގެ ހާވާޑް ޔުނިވާސިޓީގެ 2026 ވަނަ އަހަރުގެ ބެޗްގެ ދަސްވެނިވުމުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި މަލްޓިފެއިތު ނުވަތަ ތަފާތު ދީންތަކުގެ މީހުން ބައިވެރިވި ރަސްމިއްޔާތެއްގައި ކީރިތި ގުރުއާނުގެ އާޔަތްތަކެއް ކިޔަވައިފިއެވެ. މި ރަސްމިއްޔާތުގައި ދަރިވަރަކު ވަނީ ސޫރަތުލް އަލަގްގެ ފުރަތަމަ އާޔަތްތައް ކިޔަވާފައެވެ. މި ކިޔެވުން ފަށާފައިވަނީ “اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ” (ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވާވިދާޅުވާށެވ...
ނާޒިމާ އަލީ
2026 ވަނަ އަހަރުގެ ޙައްޖު މޫސުމުގެ ސިއްޙީ އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުން އިޢުލާނުކޮށްފިއެވެ. ސައޫދީ ހެލްތް މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި އަހަރުގެ ޙައްޖު މޫސުމުގައި ޙައްޖާޖީންގެ މެދުގައި އެއްވެސް ބަލިމަޑުކަމެއް ނުވަތަ އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަމެއް ރިކޯޑުކުރެވިފައެއް ނުވެއެވެ. ސައޫދީ ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޙައްޖު މޫސުން ފެށުނީއްސުރެ ޛުލްޙިއްޖާ މަހުގެ 12 ވަނަ ދުވަހާ ހަމައަށް (މ...
ނާޒިމާ އަލީ
ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ބާއްވަން ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށް މިއަދު ހެނދުނު 9:00 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ވަނީ ނާޒިމް އިސްތިއުފާދެއްވިކަން ޢިއުލާންކުރެއްވުމަށްފަހު މިއަދު މެންދުރުފަހު 13:00 ގައި މަޖިލީހުގެ އިތުރު ޖަލްސާއެއް އޮންނާނެކަމަށް ޢިއުލާންކުރަށްވާފައެވެ. ނަމަވެސް އެޖެލ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު އިސްތިއުފާދެއްވައިފިއެވެ. ނާޒިމް މަގާމުން ވަކިކުރަން މިއަދު ހެނދުނު 9:00 ގައި ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އޮތީ ތާވަލްކޮށްފައެވެ. މިއަދުގެ ޖަލްސާފަށައި، ރިޔާސަތުން މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ޢިއުލާންކުރެއްވި ގޮތުގައި ނާޒިމްގެ އިސްތިއުފާގެ ސިޓީ ވަނީ މަޖިލީހަށް ލިބިފައެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދަވާފައެއްނުވެއެވެ. ނާޒިމްގެ އިތުބާރުގެ މައްސަލަ އެއް މަޖިލީހަށް...
ޔުމްނާ ޢަލީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓް ގްރޫޕްގެ މެމްބަރުންނަށް ފައިސާ ބަހަމުންދާ ކަމަށް ނޫހަކުން ގެނެސްދީފައިވާ ޚަބަރަކީ ދޮގެއް ކަމަށާއި، އެ ބޭފުޅުންނަށް ވެސް ލިބެނީ އެމްޑީޕީ އާއި އެހެނިހެން މެމްބަރުންނަށް ވެސް ލިބޭ އުސޫލުން މަޖިލީހުން ކަނޑައަޅާފައިވާ މުސާރަ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާޢު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ޕީއެންސީ ޕާލަމެންޓް […]
ޔުމްނާ ޢަލީ
ގއ. ގެމަނަފުށީގައި ދެ ބިދޭސީއަކު ވަޅިން އެކަކު އަނެއްކަކަށް ހަމަލާދީ ހިންގި މާރާމާރީއެއްގައި އެކަކު ޒަޚަމްވެ ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓް ވަނީ އެ އިދާރާ އަށް ލިބިފައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައި ވަނީ 30 މެއި 2026 ދުވަހުގެ ރޭ 23:00 އެހައިކަންހާއިރުއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ […]
ޔުމްނާ ޢަލީ
ކޮންސްޓަންސް ހަލަވެލި ރިސޯޓް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗަކަށް ދިޔަވެ އަޑިއަށްދަނިކޮށް، އޭގައި ތިބި މީހުން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 މެއި 30 ވަނަ ދުވަހުގެ ދަންވަރު 01:45 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގުމާ ގުޅިގެން ކޯންޗުގެ ވެރިފަރާތުން ވަނީ ވަގުތުން އެ ސަރަހައްދަށް އިތުރު ލޯންޗެއް ފޮނުވާފައެވެ. އަދި ދިޔަވަމުންދިޔަ ލޯންޗުގައި ތިބި 20 މީހުން ވަނީ އެހީތެރިކަމަށް ދިޔަ ލޯންޗަށް ރައްކާތެރިކަމާއެކު […]
ޔުމްނާ ޢަލީ
ހަންގޭރީގެ ޕުސްކަސް އެރީނާގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އާސެނަލް ބަލިކޮށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފިއެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓް ޕީއެސްޖީން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. އާސެނަލްގެ ޑިފެންޑަރު ގަބްރިއަލް މަގަލްހައެސް ފޮނުވާލި ފަހު […]
އަޙްމަދު ވަހީދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ. ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގަތީ 25 މެއި 2026 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރައީސް ރާއްޖެ ވަޑައިގެންފައިވާއިރު ޢީދު ބަންދަށްފަހު މާދަމާ ރަސްމީކޮށް ސަރުކާރު ހުޅުވާނެއެވެ.
ޔުމްނާ ޢަލީ
ހަނގުރާމަ ފެށުނު ދުވަސްވަރުން ފެށިގެން އޭޕްރީލް މަހު އިއުލާނުކުރި ސުލްހައިގެ އެއްބަސްވުމާ ހަމައަށް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނަށް އަމާޒުކޮށް ގިނަ އަދަދަކަށް ވައިގެ ހަމަލާތަކެއް ދީފައިވާކަން ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފިއެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ހުކުރު ދުވަހު ޝާއިޢުކުރި މި ރިޕޯޓުގައިވާ ގޮތުން، ޔޫއޭއީން ވަނީ ފަރަންސޭސިވިލާތުގެ މިރާޖް ފައިޓަރ ޖެޓްތަކާއި، އެފް-16 ބޯޓުތަކުގެ އިތުރުން ޗައިނާގައި އުފައްދާފައިވާ ވިންގް ލޫންގް ޑްރޯންތައް ބޭނުންކޮށްގެން...
ނާޒިމާ އަލީ
ގާނާގެ ޕާލަމަންޓުން އެއްޖިންސުން ގުޅުން ހިންގުމާއި އެލްޖީބީޓީކިއު ހަރަކާތްތައް ކުރިއެރުވުން ކުށެއްގެ ގޮތުގައި ކަނޑައަޅާ އާ ބިލެއް ފާސްކޮށްފިއެވެ. މި ބިލުގެ ދަށުން ލެޒްބިއަން، ގޭ، ބައިސެކްޝުއަލް، ޓްރާންސްޖެންޑާ ނުވަތަ ކުއިއާ މީހެއްގެ ގޮތުގައި އަމިއްލައަށް ދެނެގަތުމަކީ ތިން އަހަރާ ހަމައަށް ޖަލަށްލެވޭނެ ކުށެކެވެ. މި ބިލުގައި މަނާކޮށްފައިވާ އަމަލުތައް ފުލުހުންނަށް ރިޕޯޓްކުރުމުގެ ޒިންމާ ރައްޔިތުންގެ މައްޗަށް ވަނީ ލާޒިމްކޮށްފައެވެ. މި ބިލު ގާނޫނަކަށް ވުމަށްޓަކައި ރައީސް ޖޯން ޑްރަމާނީ މަހާމާ ތަސްދީގު ކ...
ޔުމްނާ ޢަލީ
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ މިއަހަރުގެ ބޮޑު ގާލާ ސެރެމަނީ ރާއްޖޭގެ ފުރަތަމަ މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ޑެސްޓިނޭޝަން ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ 2017 ވަނަ އަހަރަށްފަހު ޑަބްލިއުޓީއޭގެ ވީއައިޕީ ރަސްމިއްޔާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެމްބަރު 2026 ގައެވެ. މި ތާރީޚަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ...
އަޙްމަދު ވަހީދު
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މާލެ، ހމ. ޚައިރާތު، ޢަލީ އަފްލަޙު (27އ) ގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފިއެވެ. އަފްލަހްގެ މައްޗަށް ޕީޖީ އޮފީހުން ޖުމްލަ ހަ ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ އާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން އިތުބާރުކުރެވޭ މަ...
ޝިއުނާ އާދަމް
ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 160 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކައިފިއެވެ. . މި އަހަރުގެ ބަޖެޓުގައި ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށް އަމާޒު ހިފާފައިވަނީ 552 މިލިއަން ރުފިޔާއެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ ބަޖެޓުގައި އަމާޒު ހިފާފައިވާ މިންވަރުގެ 30 ޕަސަންޓެވެ. ކުންފުނިތަކުން ލިބޭ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިތަކަށް ލިބޭ ސާފު ފައިދާ ދަށްވުމެވެ. ޑިވިޑެ...
ޔުމްނާ ޢަލީ
ސްކައުޓް ހަރަކާތަކީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއް ކަމަށާއި، އެއީ އިންސާނިއްޔަތުކަމުގެ ނަމޫނާއެއް ކަމަށް ރާއްޖޭގެ ޗީފް ސްކައުޓް އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް...
ޔުމްނާ ޢަލީ