ގއ. ގެމަނަފުށީގައި ދެ ބިދޭސީއަކު ވަޅިން އެކަކު އަނެއްކަކަށް ހަމަލާދީ ހިންގި މާރާމާރީއެއްގައި އެކަކު ޒަޚަމްވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓް ވަނީ އެ އިދާރާ އަށް ލިބިފައެވެ.

Ad
rt

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައި ވަނީ 30 މެއި 2026 ދުވަހުގެ ރޭ 23:00 އެހައިކަންހާއިރުއެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގއ. ގެމަނަފުށީ ސިއްޚީ މަރުކަޒުގައެވެ. ނަމަވެސް، ލިބިފައިވާ އަނިޔާތަކަށް އިތުރު ފަރުވާ ބޭނުންވާތީ، އޭނާ މިހާރު ވަނީ ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގް ކުރަމުންނެވެ.