ގާނާގެ ޕާލަމަންޓުން އެއްޖިންސުން ގުޅުން ހިންގުމާއި އެލްޖީބީޓީކިއު ހަރަކާތްތައް ކުރިއެރުވުން ކުށެއްގެ ގޮތުގައި ކަނޑައަޅާ އާ ބިލެއް ފާސްކޮށްފިއެވެ.
މި ބިލުގެ ދަށުން ލެޒްބިއަން، ގޭ، ބައިސެކްޝުއަލް، ޓްރާންސްޖެންޑާ ނުވަތަ ކުއިއާ މީހެއްގެ ގޮތުގައި އަމިއްލައަށް ދެނެގަތުމަކީ ތިން އަހަރާ ހަމައަށް ޖަލަށްލެވޭނެ ކުށެކެވެ.
މި ބިލުގައި މަނާކޮށްފައިވާ އަމަލުތައް ފުލުހުންނަށް ރިޕޯޓްކުރުމުގެ ޒިންމާ ރައްޔިތުންގެ މައްޗަށް ވަނީ ލާޒިމްކޮށްފައެވެ. މި ބިލު ގާނޫނަކަށް ވުމަށްޓަކައި ރައީސް ޖޯން ޑްރަމާނީ މަހާމާ ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާއިރު، މިދިޔަ އަހަރު ވެރިކަމަށް ވަޑައިގަތީއްސުރެ ދީނީ އިލްމުވެރިން ގެންދަވަނީ އެއްޖިންސުން ގުޅުން ހިންގުމާ ދެކޮޅު ގާނޫނުތައް ވަރުގަދަ ކުރުމަށް ރައީސަށް ބާރުއަޅުއްވަމުންނެވެ.
ޕާލަމަންޓުގައި ވާހަކަދައްކަވަމުން މި ބިލު ހުށަހެޅުއްވި ރެވަރެންޑް ޖޯން އެންޓިމް ފޯޑްޖޯ ވިދާޅުވީ، މި ބިލަކީ ގާނާގެ އާއިލީ އަދި ސަގާފީ އަގުތައް ހިމާޔަތްކުރުމަށް ފާސްކުރި ބިލެއް ކަމަށެވެ. އަދި އާ މަނާކުރުންތަކުގެ ސަބަބުން މިހާރު ހުރި ގާނޫނުތައް އިތުރަށް ހަރުދަނާވެ، އެލްޖީބީޓީކިއު އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ހަރުކަށިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލު ފާސްކުރުމުން ހިއުމަން ރައިޓްސް ވޮޗުން ބުނީ މި ބިލުގެ ސަބަބުން އެލްޖީބީޓީކިއު މީހުންގެ ފުރާނައަށް ނުރައްކާވެ، އެކަކު އަނެކަކަށް ފާރަވެރިވެ، ރިޕޯޓްކުރުމަށް ރައްޔިތުންނަށް ހިތްވަރު ލިބިގެންދާނެއެވެ. ނަމަވެސް، އެލްޖީބީޓީކިއު މައްސަލަތަކާ ގުޅޭގޮތުން ރިޕޯޓްކުރާ ނޫސްވެރިންނާއި، ސިއްހީ ފަރުވާ ދޭ ފަރާތްތަކަށް މި ބިލުން އިސްތިސްނާ ދީފައިވެއެވެ.
ރައީސް މަހާމާ ވަނީ މި ބިލަށް ތާއީދު ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އޮންނަނީ ދެ ޖިންސު ކަމަށް - އެއީ ފިރިހެނުންނާއި އަންހެނުން. އަދި ކައިވެންޏަކީ ފިރިހެނަކާއި އަންހެނެއްގެ ދެމެދުގައި ކުރެވޭ އެއްޗެއް" ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާ ވިދާޅުވެފަވެއެވެ.
ގާނާގެ އިތުރުން އެފްރިކާގެ އެހެން ގައުމުތަކުންވެސް ދަނީ އެލްޖީބީޓީކިއު ހައްގުތަކާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ސެނެގާލުން މިދިޔަ މާޗް މަހު 10 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނެއް ފާސްކޮށްފައިވާއިރު، ޔުގެންޑާއިން ވަނީ 2023 ވަނަ އަހަރު އެއްޖިންސުން ގުޅުން ހިންގާ ބައެއް ހާލަތްތަކުގައި މަރުގެ އަދަބު ދޭން ނިންމާފައެވެ.
-------------------------------------------------------------------------------------------------------------------------------------------------------------
އެއްޖިއްސުން ގުޅުން ހިންގުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ، އަދި ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ތަޢާލާ ގެ ވަޙީ ބަސްފުޅުގައި ވެއެއެވެ. (وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ) – ސޫރަތުލް ޢަންކަބޫތް 29، މާނައީ: ''އަދި ތިޔަބައިމީހުންގެ މަޖްލިސް ތަކުގައި (ފާޅުކަންބޮޑުގޮތެއްގައި ފަޚްރުވެރިކަމާއި އެކު) އެ ނުބައިކަންތައް ކުރަމުން ގެންދަނީހެއްޔެވެ؟''
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!