މި އަހަރުގެ ކުރީކޮޅު އީރާނާއި ދެކޮޅު ހަނގުރާމައަށް މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ މަނަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ޕެންޓަގަންއިން ކުރިން ރިޕޯޓްކޮށްފައިވާ ވަރަށް ވުރެ މާ ނުރައްކާތެރި ހާދިސާއެއްކަން ސީއެންއެން އިން އާންމުކުރި ވީޑިއޯއަކުން ހާމަވެއްޖެއެވެ. ބުރާސްފަތި ދުވަހު އާންމުވި މި ވީޑިއޯއިން ފެންނަ ގޮތުގައި، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑަށް ލިބިފައިވާ ގެއްލުންތައް ކުރިން ބުނި ވަރަށް ވުރެ ބޮޑެވެ. މާޗް މަހު މި ހާދިސާ ހިނގުމުން އެމެރިކާގެ ނޭވީން ނެރުނު ބަޔާނެއްގައި ބު...
ނާޒިމާ އަލީ
މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ތިމާގެ އަމިއްލަ މުދަލާއި، އަނބިދަރީންގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. “ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން” މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާގައި ވަނީ، މުޖުތަމަޢުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާން ރަނގަޅުކުރުމަށްޓަކައި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން 13 ސެޕްޓެމްބަރު 2026 (2 ރަބީޢުލްއާޚިރު 1448) ގައެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟ...
ޔުމްނާ ޢަލީ
މީގެ ވިހި އަހަރަށްވުރެ ގިނަ ދުވަސް ކުރިން ނިމިފައިވާ ކަމަށް ބެލެވުނު ވަރީގެ މައްސަލައެއް އިނގިރޭސިވިލާތުގެ ކޯޓެއްގައި ނިމި، އިންޑިއާ ދަރިކޮޅުގެ އަންހެނެއް ކަމަށްވާ ވަރްޝާ ގޯހިލްއަށް 6.6 މިލިއަން ޕައުންޑް (ގާތްގަނޑަކަށް 85 ކްރޯޑް ރުޕީސް) ލިބޭގޮތަށް ހުކުމްކޮށްފިއެވެ. މިއީ އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް ހިނގި އެންމެ ފާހަގަކޮށްލެވޭ އެއް ވަރީގެ މައްސަލައެވެ. މި މައްސަލަ ފެށުނީ 2002 ވަނަ އަހަރު ވަރްޝާ އޭނާގެ ފިރިމީހާ ބަދްރޭޝް ގޯހިލްގެ ކިބައިން ވަރިވާން ހުށަހެޅުމުންނެވެ. އެ ދުވަސްވަރު އެ […]
ނާޒިމާ އަލީ
ނިއުޒީލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު ޓިމް ޕޭން، އޭނާގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ އަދަދު 5 މިލިއަނަށްވުރެ މައްޗަށް ޖައްސައިދިން އާޖެންޓީނާގެ މަޝްހޫރު އިންފްލުއެންސަރު ވެލެން ސްކާސިނީއާ ބައްދަލުކޮށް ޝުކުރު އަދާކޮށްފިއެވެ. “އެލް ސްކާސޯ” ގެ ނަމުން މަޝްހޫރު ސްކާސިނީ ވަނީ މިދިޔަ ހަފުތާގައި އޭނާގެ ފޭނުންގެ ކިބައިން ޕޭންއަށް ސަޕޯޓް ދިނުމަށް އެދިފައެވެ. އޭނާ ޕޭން ސިފަކޮށްފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވި ކުޅުންތެރިންގެ ތެރެއިން ސޯޝަލް މީޑިއާގައި […]
އަޙްމަދު ވަހީދު
1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިސްލާމީ ޢީދުތައް ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ޚާއްޞަ ކޮމިޓީއަކުން މި ޕްލޭން އެކުލަވައިލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި ޕްލ...
ޔުމްނާ ޢަލީ
އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ މެންބަރަކަށް ރާއްޖެ ވީތާ 60 އަހަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އީކޯސޮކް) ގެ މެންބަރުކަމަށް ރާއްޖެ އިންތިޚާބުވެފައިވާއިރު، އީކޯސޮކްގައި ރާއްޖެއަށް ލިބުނު ގޮނޑިއަކީ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ލިބުނު ވަރުގަދަ ޕްލެޓްފޯމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ރައީސް ޑރ.މުޢިއްޒު މީސްމީޑިއާގައި ކު...
ޔުމްނާ ޢަލީ
ނޯތު ޕޮލިސް ރީޖަންއާއި ނޯތު ސެންޓަރަލް ޕޮލިސް ރީޖަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 46 ފުލުހަކަށް ޝަރަފުގެ ނިޝާން ދީފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުތައް ބާއްވާފައިވަނީ މި ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. މި ދެ ރީޖަންގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުތަކުގައި މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ. މިއީ ފުލުހުންގެ ޚިދުމަތުގައި ދެމުންދާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުތަކ...
ޔުމްނާ ޢަލީ
ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ ހިސާބު ޢިލްމުގެ ބޮޑު މުބާރާތެއް ކަމަށްވާ “ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026” (ވައި.އެމް.އެސް.އޭ) އިން ދިވެހި ދަރިވަރުން ތާރީޚީ ރަން ވަނަތަކެއް ހާސިލުކޮށްފިއެވެ. ތަޢުލީމާއި ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ‘MathsThroughStories.org’ އިން އިންތިޒާމުކުރި މި މުބާރާތުގެ ތިން އުމުރުފުރާ ކަމަށްވާ 4-7 އަހަރު، 8-11 އަހަރު، އަދި 12-16 އަހަރުގެ ބައިންވެސް އެއްވަނަ ހޯދާފައިވަނީ ދިވެހިރާއްޖޭގެ ދަރިވަރުންނެވެ. މިއީ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ފަޚުރުވެރި ވަނަތ...
ޔުމްނާ ޢަލީ
އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ އަހަރުގެ ދައުރަށް ދިވެހިރާއްޖެ މިއަދު އިންތިޚާބުވެއްޖެއެވެ. މިއީ 1965 ވަނަ އަހަރު ރާއްޖެ އދ. ގެ މެމްބަރަކަށް ވުމަށްފަހު، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި މި މަޖިލީހުގެ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އދ. ގެ އާންމު މަޖިލީހުގައި މިއަދު ބޭއްވި މި އިންތިޚާބުގައި ރާއްޖެއިން ގޮނޑި ކާމިޔާބުކުރީ 183 ގައުމެއްގެ ބޮޑު […]
ޔުމްނާ ޢަލީ
‘ވިޒިޓް މޯލްޑިވްސް’ ބްރޭންޑްގެ ދަށުން ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންވާ ތަފާތު އުފެއްދުންތައް މާކެޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އިން ފުރުޞަތު ހުޅުވާލައިފިއެވެ. މިފުރުސަތު ހުޅުވާލަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް (ވީއެމްކޭއެލް) ބުނިގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށާއި ރާއްޖެއައުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދިވެހި ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް ފަސޭހައިން ލިބޭނެ އިން...
އަޙްމަދު ވަހީދު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރިހަމަ ތާއީދާއެކު، އެމެރިކާގެ އައީވާ ސްޓޭޓްގެ ގަވަރުނަރު ކަމަށް ކުރިމަތިލެއްވުމަށް ޕްރައިމަރީގައި ވާދަކުރެއްވި ރޭންޑީ ފީންސްޓްރާއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އަންގާރަ ދުވަހު ބޭއްވުނު މި ފޯރިގަދަ ޕްރައިމަރީގައި، ތިން ދައުރު ކޮންގްރެސް މެންބަރުކަން ކުރައްވާފައިވާ ފީންސްޓްރާ ބަލިވީ ދަނޑުވެރިއެއްގެ އިތުރުން ވިޔަފާވެރިއެއް ކަމަށްވާ ޒެކް ލާންއާ ވާދަކޮށެވެ. ފީންސްޓްރާއަކީ ޓްރަމްޕަށް ވަރަށް ބޮޑަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ނ...
ނާޒިމާ އަލީ
ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދު، ޢަބްދުﷲ ޔާމީން އަދި އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ނަގާފައިވާ އެއް ބިލިއަން ޑޮލަރަށްވުރެ ބިޔަ ދަރަނި މި ސަރުކާރުން ދައްކާފައިވާކަމަށާއި، އެ ބޭފުޅުންވެސް މި ސަރުކާރުގެ ކާމިޔާބީ ބަލައިގަނެ ޝުކުރުވެރިވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ. ފަލާހް މިހެން ވިދާޅުވީ، ރާއްޖޭގެ ‘ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން’ ފިޗް ރޭޓިންގްސް އިން ‘ސީސ...
އަލީ އާދިލް
ށ. ފަރުކޮޅު ހިމާޔަތްކޮށްފައިވާ ސަރަޙައްދުގެ ޑީޓެއިލްޑް ކޮންސެޕްޓް އަދި މާސްޓަރ ޕްލޭން އެކުލަވާލާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން މިއަދު ޢިއުލާންކޮށްފިއެވެ. މިނިސްޓްރީން ބުނީ މި މަސައްކަތަށް ކުރިމަތިލުމަށް 19 މޭގައި ކުރި އިޢުލާނާއި، އެ އިޢުލާނާއެކު އޭޓޭޗްކުރެވިފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) އަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބީލަން ހުށަހެޅުމުގެ ސުންގަޑިއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އިސްލާހު...
ޔުމްނާ ޢަލީ
އެމެރިކާއާއި އިސްރާއީލް ހިމެނޭހެން އީރާނުގެ ދުޝްމަނުން ވަނީ ހަނގުރާމައިގެ މައިދާނުގައި ބަލިވެފައި ކަމަށް އީރާނުގެ އިސް ލީޑަރ މުޖުތަބާ ޚާމަނާއީ މިއަދު ވިދާޅުވެއްޖެއެވެ. ޚާމަނާއީ ލިޔުމަކުން ފޮނުއްވާފައި މެސެޖެއް އިމާމް ޚުމައިނީ އަވަހާރަވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައި އިއްވާފައިވާއިރު، ޚާމަނާއި ވަނީ އީރާނުގެ ދުޝްމަނުން ވަނީ ހަނގުރާމައިގެ މައިދާނުގައި ބަލިވެފައި ކަމަށް ވިދާޅުވެފަވެއެވެ. އޭނާ ވިދާޅުވީ، އަސްކަރީ ގޮތުން ކުރިމަތިވި ނާކާމިޔާބީއާއި ލަދުވެތިކަމަށްފަހު، ދުޝްމަނުން މިހާރ...
ނާޒިމާ އަލީ
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މާލީ އަދި އިގްތިސޯދީ ސިޔާސަތުތަކަށް ބައިނަލްއަގްވާމީ މުޖުތަމައުން އޮތް އިތުބާރު ހާމަވާ ކަމެއް ކަމަށް ވެރިކަންކުރާ ޕީއެންސީން ބުނެފިއެވެ. ފިޗް އިން ވަނީ ރާއްޖޭގެ ރޭޓިން “ސީސީ” ގިންތިން “ސީސީސީ-” އަށް މަތިކޮށްފައެވެ. މިކަމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައ...
ޔުމްނާ ޢަލީ
ކުޑަކުދިންނަށް ޙަޤީޤީ ރައްކާތެރިކަން ލިބިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމަޢުގައި ދެމެހެއްޓޭ އުސޫލުތަކާއި ޢަމަލުތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ފަސްޓް ލޭޑީ ސާޖިދާ މިފަދައިން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވެވި، ޤައުމީ ކުޑަކުދިންގެ ދުވަހުގެ “މަޝްވަރާ” ފޯރަމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި، ކުދިންނަށް އަޅާލުމ...
ޔުމްނާ ޢަލީ
މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލްގެ ވޯޓުތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ބާތިލް ކުރުމުން އެ ކައުންސިލްގެ ގޮނޑިއެއް ޕީއެންސީއަށް ލިބުނު މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ. މ. ވޭވަށު ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފައި ވަނިކޮށް އެ ގޮނޑި ޕީއެންސީއަށް ލިބުނީ ތިކިތަކެއް ހުރި ވޯޓު ކަރުދާސްތަކެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް އެ މައްސަލަ ޕީއެންސީގެ ކެންޑިޑޭޓްގެ ފަރާތުން ހައި ކޯޓަށް […]
ހުސައިން ހަބީބް