މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,360 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 182 ވަނަ ޞަފްޙާ

''މޫސުމީ ބަދަލުތަކުގެ އަސަރުތައް ކުޑަކުރެވޭނީ ގުޅިގެން ބައިނަލްއަޤުވާމީ ގޮތުން އަޅާ ފިޔަވަޅުތަކުން''

''މޫސުމީ ބަދަލުތަކުގެ އަސަރުތައް ކުޑަކުރެވޭނީ ގުޅިގެން ބައިނަލްއަޤުވާމީ ގޮތުން އަޅާ ފިޔަވަޅުތަކުން''

މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނީ ބައިނަލްއަޤުވާމީ ފެންވަރުގައި އެންމެން ގުޅިގެން އަޅާ ހަރުދަނާ ފިޔަވަޅުތަކުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރުކަމަށްވާ “އަ ގްލޯބަލް ކޯލް ފޯރ ކްލައިމެޓް އެކްޝަން” އަކީ، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކަންބޮޑުވުންތަކާ ނުހަނު ގުޅިފައިވާ ޝިޢާ...

ޔުމްނާ ޢަލީ
ވޯލްޑް ކަޕް 2026 ގްރޫޕް ބީ: ކޯ-ހޯސްޓް ކެނެޑާ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމުގެ އުންމީދުގައި

ވޯލްޑް ކަޕް 2026 ގްރޫޕް ބީ: ކޯ-ހޯސްޓް ކެނެޑާ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމުގެ އުންމީދުގައި

މިފަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ އިން، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަށް ބޮޑު އަމާޒެއް ހިފާފައިވާއިރު، ގްރޫޕް ބީގައި ކެނެޑާއާއެކު ހިމެނެނީ ސްވިޒަލޭންޑާއި، ގަތަރުގެ އިތުރުން ޔޫރަޕްގެ ޕްލޭއޮފްގައި އިޓަލީ ކަޓުވާލި ބޮސްނިއާ އެންޑް ހެރްޒެގޮވީނާއެވެ. ކެނެޑާގެ ހުރިހާ މެޗެއްވެސް އެ ގައުމުގެ އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު، މިއީ އެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. މީގެ ކުރިން 1986 އަދި […]

އަޙްމަދު ވަހީދު
ޕީއެންސީގެ އިސް ޓީމުތަކެއް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުތައް ފަށަނީ

ޕީއެންސީގެ އިސް ޓީމުތަކެއް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުތައް ފަށަނީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރަކާތްތައް ވަރުގަދަކޮށް، ޕާޓީގެ އިންތިޒާމުތައް ހަރުދަނާކުރުމަށްޓަކައި އެ ޕާޓީގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ޚާއްޞަ ޓީމުތަކެއް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރުމަށް އެ ޕާޓީގެ އިންތިޒާމު ކޮމިޓީން ނިންމައިފިއެވެ. މި ދަތުރުތަކާ ގުޅޭގޮތުން ޕީއެންސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ދަތުރުތަކުގައި އިސްކޮށް ހަރަކާތްތެރިވާނީ ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނެވެ. އޭގެ ތެރޭގައި ޕާޓީގެ ނައިބުރައީސް އަދި ޕާލިމަންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރ، ބާރަށު ދާ...

އަލީ އާދިލް
މަކުނުދޫގައި ކުނި މެނޭޖް ކުރުމުގައި ގައުމީ ފެންވަރުގައި ބޮޑު ކާމިޔާބެއް، 26 ޓަނުގެ ކުނި ފޮނުވާލައިފި

މަކުނުދޫގައި ކުނި މެނޭޖް ކުރުމުގައި ގައުމީ ފެންވަރުގައި ބޮޑު ކާމިޔާބެއް، 26 ޓަނުގެ ކުނި ފޮނުވާލައިފި

ހދ. މަކުނުދޫގައި ޤާއިމުކޮށްފައިވާ ރީޖަނަލް މެޓީރިއަލް ރިކަވަރީ ފެސިލިޓީ މެދުވެރިކޮށް، އެ ރަށުގައި އުފެދުނު 26 ޓަނުގެ ކުނި ރިސައިކަލް ކުރުމަށްޓަކައި ފޮނުވާލައިފިއެވެ. މިއީ ރާއްޖޭގައި މިފަދަ ނިޒާމެއްގެ ދަށުން ކުނި މެނޭޖްކުރުމުގައި ހޯދުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. މަކުނުދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، ވޭތުވެދިޔަ 15 މަސްދުވަހުގެ ތެރޭގައި އެ ރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ވަނީ ޤައުމީ ފެންވަރުގައި ބޮޑު ބަދަލެއް ގެނެވިފައެވެ. މަކުނުދޫގައި ހިންގާ މި ސެންޓަރަކީ މިވަގުތު ރާއްޖޭގ...

ޔުމްނާ ޢަލީ
ހިތަދޫ އުތުރު ބައި-އިލެކްޝަން: މައްސަލައެއް ދިމާނުވާނަމަ ގަޑިއަށް ބަންދުކުރާނެ

ހިތަދޫ އުތުރު ބައި-އިލެކްޝަން: މައްސަލައެއް ދިމާނުވާނަމަ ގަޑިއަށް ބަންދުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފެށިގެން ކުރިއަށްދާއިރު މައްސަލައެއް ދިމާނުވެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާނަމަ ގަޑިއަށް ވޯޓުފޮށިތައް ބަންދު ކުރާނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. މި އިންތިޚާބުގެ ވޯޓު ކުރިއަށް ގެންދަން އީސީން ނިންމާފައި އޮތީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގައި 4121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ހެނދުނު 11:00 އާއި ހަމައަށް ވޯޓުލާފައި ވަނީ 793 މީހުންނެވެ. ހިތަދޫ އުތުރު […]

ޔުމްނާ ޢަލީ
ވޯލްޑް ކަޕް 2026ގެ ގްރޫޕް އޭ: ފުރަތަމަ މެޗުގައި މެކްސިކޯ އާއި ސައުތު އެފްރިކާ

ވޯލްޑް ކަޕް 2026ގެ ގްރޫޕް އޭ: ފުރަތަމަ މެޗުގައި މެކްސިކޯ އާއި ސައުތު އެފްރިކާ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި، މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރާނެއެވެ. ޖޫން 11 ވަނަ ދުވަހު މެކްސިކޯ ސިޓީގައި ކުޅޭ މި މެޗާއެކު ގްރޫޕް އޭގެ ކުޅުން ފެށިގެންދާއިރު، މި ގްރޫޕްގައި ދެން ހިމެނެނީ ޗެކް ރިޕަބްލިކް އަދި ސައުތު ކޮރެއާއެވެ. މި ގްރޫޕްގެ ގިނަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މެކްސިކޯގައެވެ. އެގޮތުން މެކްސިކޯ […]

އަޙްމަދު ވަހީދު
''ތަރައްގީ އާއި އެކީގައި ތިމާވެށި ވެސް ހިމާޔަތްވާންޖެހޭ''

''ތަރައްގީ އާއި އެކީގައި ތިމާވެށި ވެސް ހިމާޔަތްވާންޖެހޭ''

ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު، ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއި، ތަރައްގީއާއެކު ތިމާވެށި ވެސް ހިމާޔަތްވާންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން އަލަށް ފެށި “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރައްވާފައިވަނީ ތިމާވެށި ހިމާޔަތްކުރުމަށް އިސްކަނ...

ޔުމްނާ ޢަލީ
އޭއައިގެ ކޮންޓްރޯލް ''އިންސާނުންގެ އަތުން ގެއްލިދާނެ'' ކަމުގެ އިންޒާރު

އޭއައިގެ ކޮންޓްރޯލް ''އިންސާނުންގެ އަތުން ގެއްލިދާނެ'' ކަމުގެ އިންޒާރު

މަޝްހޫރު ކްލޯޑް އޭއައި ޗެޓްބޮޓް އުފައްދާ އެންތްރޮޕިކް ކުންފުނިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނިޒާމުތަކުގެ ކޮންޓްރޯލް އިންސާނުންގެ އަތުން ބޭރުވެދާނެ ކަމުގެ އިންޒާރުދީ، އޭއައި ތަރައްގީކުރުން މަޑުޖައްސާލުމަށް ނުވަތަ ވަގުތީ ގޮތުން ހުއްޓާލުމަށް ކޯޑިނޭޓް ކުރެވިފައިވާ ޕްލޭނަކަށް ގޮވާލައިފިއެވެ. އެންތްރޮޕިކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް އަހަރުތަކުގައި އޭއައި ނިޒާމުތަކުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ފަންނީ ދިރާސާތަކުން ދައްކާ ކަމަށެވެ. “އަމިއްލައަށް އުފެދ...

ނާޒިމާ އަލީ
އީރާނުގެ ވޯލްޑް ކަޕް ޓީމަށް އެމެރިކާގެ ވިސާ ދީފި

އީރާނުގެ ވޯލްޑް ކަޕް ޓީމަށް އެމެރިކާގެ ވިސާ ދީފި

އީރާނާއި އެމެރިކާއާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން، ވޯލްޑް ކަޕްގައި ވާދަކުރާ އީރާނުގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފިއެވެ. މި ވިސާ ދޫކޮށްފައިވަނީ ލޮސް އެންޖެލިސްގައި އީރާނުން ކުޅޭ ފުރަތަމަ މެޗަށް އެންމެ 10 ދުވަހަށް ވެފައި ވަނިކޮށެވެ. މެކްސިކޯގައި ހުންނަވާ އީރާނުގެ ސަފީރު އަބުލްފަޒްލް ޕަސަންދީދޭ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ އޭރުވެސް ޓީމަށް ވިސާ ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، ”ރޮއިޓާސް” އަށް […]

އަޙްމަދު ވަހީދު
''ރާއްޖެއަކީ ތިމާވެށީގެ ކަންކަމުގައި ވެސް ލީޑަރޝިޕް ނަގާ ޤައުމެއް''

''ރާއްޖެއަކީ ތިމާވެށީގެ ކަންކަމުގައި ވެސް ލީޑަރޝިޕް ނަގާ ޤައުމެއް''

ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ގޮތް ހުސްވެފައި އޮތް ޤައުމެއްގެ ބަދަލުގައި، ތިމާވެށީގެ ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ލީޑަރޝިޕް ނަގާނެ ޤައުމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން އަލަށް ފެށި “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މި ޕޮޑްކާސްޓްގައި ރައީސް ވަނީ ތިމާވެއްޓާ ގުޅޭގޮތުން އާންމު ރައްޔިތުން ފ...

ޝިއުނާ އާދަމް
ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް މިރޭ ރާއްޖެ އަތުވެއްޖެއެވެ. މިރޭ އައި ފުރަތަމަ ގްރޫޕްގައި 241 ދިވެހި ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަންފަށާފައިވާއިރު، ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ. ހައްޖު މިޝަނުން ހާމަކޮށްފައިވާ ތަފްސީލްތަކަށް ބަލާއިރު، ދެވަނަ ފްލައިޓު އަންނާނީ މި މަހުގ...

ޔުމްނާ ޢަލީ
ރައީސް އޮފީހުން 'ދަ ޕަލްސް'ގެ ނަމުގައި އައު ޕޮޑްކާސްޓެއް

ރައީސް އޮފީހުން 'ދަ ޕަލްސް'ގެ ނަމުގައި އައު ޕޮޑްކާސްޓެއް

ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށްޓަކައި، “ދަ ޕަލްސް” ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް ރަސް އޮފީހުން މިއަދު ފަށައިފިއެވެ. މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރުފަހު ވަނީ ރައީސް އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި އާންމުކޮށްފައެވެ. މި ޕޮޑްކާސްޓް ފަރުމާކުރެވިފައިވަނީ ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފާ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާ ގޮތަށާއި، ޒިންމާދާރު ނޫސްވެރިއެ...

ޔުމްނާ ޢަލީ
ކުރީގެ އަނބިމީހާ ވިއްކާލާނެކަމަށް ބުނެ ބިރުދެއްކި ކަމުގެ ތުހުމަތު

ކުރީގެ އަނބިމީހާ ވިއްކާލާނެކަމަށް ބުނެ ބިރުދެއްކި ކަމުގެ ތުހުމަތު

އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނިގޮތުގައި މި މައްސަލަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ 2026 ޖޫން 5 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ޝަކުވާ ހުށަހެޅި ފަރާތުން ދީފައިވާ ބަޔާނުގައި އެ އަންހެން މީހާ އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ ކުރީގެ ފިރިމީހާ އިންޒާރު ދީފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. މި މައްސަލައާ […]

ޔުމްނާ ޢަލީ
ފާގަތި މުސްތަގުބަލަކަށް ތިމާވެށި ހިމާޔަތް ކުރުމަށް ގުޅިގެން މަސައްކަތްކުރަން ރައީސްގެ އިލްތިމާސް

ފާގަތި މުސްތަގުބަލަކަށް ތިމާވެށި ހިމާޔަތް ކުރުމަށް ގުޅިގެން މަސައްކަތްކުރަން ރައީސްގެ އިލްތިމާސް

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރައީސްޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، އަޅުގަނޑުމެންގެ މުސްތަޤުބަލް ބިނާވެފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުޅަހެޔޮކަމުގެ މައްޗަށްކަން ހަނދާންކޮށްދެއްވައިފިއެވެ. ރައީސް ވިދާޅުވީ ރާއްޖެއަކީ ތިމާވެށީގެ ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ ކުޑަ ޖަޒީރާ ޤައުމަކަށްވާއިރު، ތިމާވެށި ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށެވެ. ރާއްޖެއިން ތިމާވެށީގެ ކަންކަމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކަށް އަލިއަޅުއްވާލައް...

ޔުމްނާ ޢަލީ
އޭއައި ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ވެކްސިނެއް އުފައްދައިފި

އޭއައި ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ވެކްސިނެއް އުފައްދައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ތަފާތު ގިނަ ވައިރަސްތަކުން ރައްކާތެރިކޮށްދޭނެ އަދި ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ސަލާމަތްކޮށްދޭނެ “މުޅިން އައު” ވައްތަރެއްގެ ވެކްސިނެއް ސައިންސްވެރިން އުފައްދައިފިއެވެ. ކެމްބްރިޖް ޔުނިވާސިޓީގެ ދިރާސާކުރާ ޓީމުން ބުނާ ގޮތުގައި، މިއީ ވެކްސިނެއްގެ މައިގަނޑު ބައި އޭއައި ބޭނުންކޮށްގެން ފަރުމާކޮށް، އިންސާނުން ބޭނުންކޮށްގެން ޓްރަޔަލްތައް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.   ކޮރޯނާވައިރަސްގެ ހުރިހާ ބާވަތަކަށް އަމާޒުކޮށްފައިވާ ވެކްސިނެއް މި ވެކްސިން ފަ...

ނާޒިމާ އަލީ
އަނބިމީހާ ރާއްޖެ ގެނެސް މަޖުބޫރުކޮށްގެން ހަށިވިއްކުވި މައްސަލައެއް

އަނބިމީހާ ރާއްޖެ ގެނެސް މަޖުބޫރުކޮށްގެން ހަށިވިއްކުވި މައްސަލައެއް

އަނބިމީހާ ރާއްޖެ ގެނެސް ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި މަޖުބޫރުން ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ނަހީދުލް އިސްލާމް ނަމަކަށް ކިޔާ މީހެކެވެ. ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ނަހީދުލް އިސްލާމްގެ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން، އޭނާ ލައްވައި ހަށިވިއްކުމުގެ ކަންކަން ކުރު...

ޔުމްނާ ޢަލީ
"މާލެ ޓެކްސީ" އެޕްލިކޭޝަން އެންޑްރޮއިޑް ފޯނުތަކަށް ވެސް ތަޢާރަފްކޮށްފި

"މާލެ ޓެކްސީ" އެޕްލިކޭޝަން އެންޑްރޮއިޑް ފޯނުތަކަށް ވެސް ތަޢާރަފްކޮށްފި

އެމްޓީސީސީން ފޯރުކޮށްދޭ “މާލެ ޓެކްސީ ލައިން” ޚިދުމަތުގެ އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ. މިއާއެކު އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށްވެސް މިހާރު ފަސޭހަކަމާއެކު މި ޚިދުމަތް ހޯދޭނެއެވެ. މި އެޕްލިކޭޝަން އެންމެ ފުރަތަމަ ތަޢާރަފްކޮށްފައިވަނީ ހަމައެކަނި އެޕަލްގެ އައިއޯއެސް ޑިވައިސްތަކަށެވެ. ނަމަވެސް ގިނަ ބަޔަކަށް މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މިހާރު ވަނީ އެންޑްރޮއިޑް ޕްލެޓްފޯމަށްވެސް މި އެޕް އާންމުކޮށްފައެވެ. އެޕްލިކޭޝ...

އަޙްމަދު ވަހީދު
އޮޅުމަކުން ހިލޭ ދެވުނު ވޯލްޑް ކަޕްގެ ޓިކެޓްތަކަށް ފައިސާ ދެއްކުމަށް އަންގައިފި

އޮޅުމަކުން ހިލޭ ދެވުނު ވޯލްޑް ކަޕްގެ ޓިކެޓްތަކަށް ފައިސާ ދެއްކުމަށް އަންގައިފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ޓިކެޓްތަކެއް، ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައެއް ސަޕޯޓަރުންނަށް ހިލޭ ލިބިފައިވާކަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ކަށަވަރުކޮށްދީފިއެވެ. ފީފާއިން ހާމަކުރި ގޮތުގައި، ޗެކްއައުޓް މަރުހަލާގައި ދިމާވި “ޕޭމަންޓް އިޝޫ” އެއްގެ ސަބަބުން ގާތްގަނޑަކަށް 60 ސަޕޯޓަރަކަށް ވަނީ “0 ޔޫއެސްޑީ” ނުވަތަ އެއްވެސް އަގަކާ ނުލައި ޓިކެޓް ކަށަވަރުވެފައެވެ. މި މައްސަލައާ ގުޅިގެން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،...

ނާޒިމާ އަލީ