ނޯތު ޕޮލިސް ރީޖަންއާއި ނޯތު ސެންޓަރަލް ޕޮލިސް ރީޖަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 46 ފުލުހަކަށް ޝަރަފުގެ ނިޝާން ދީފިއެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތުތައް ބާއްވާފައިވަނީ މި ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ.

Ad
rt

މި ދެ ރީޖަންގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުތަކުގައި މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ. މިއީ ފުލުހުންގެ ޚިދުމަތުގައި ދެމުންދާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުތަކެކެވެ.

ނޯތު ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބ. މާޅޮހުގައެވެ. އަދި ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އއ. ފެރިދޫގައެވެ.

މި ރަސްމިއްޔާތުތަކުގައި ޝަރަފުގެ ނިޝާން ހާސިލުކުރި ފުލުހުންނަކީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްފައިވާ މުވައްޒަފުންކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެން، ނިޝާން ހާސިލުކުރި ޕޮލިހުންނަށް މަރުހަބާ ވިދާޅުވެފައެވެ.