މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1770 ވަނަ ޞަފްޙާ

ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރުފަތުރު ކުރާ އުޅަނުފަހަރު މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. މިގޮތުން އެމްއެންޑީއެފުން ވިދާޅުވީ، ރާއްޖޭގެ މޫސުމާއި ބެހޭ ޤަޢުމީ އިދާރާއިން މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރެއްކަމަށް ލަފާކޮށް އަދި ވައިޓް އެލާޓް ނެރެފައި ވުމާއިއެކު، ކ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ކަނޑުތައްގަދަވެ، ކޮޅިގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ. މިގޮތުން ރާއްޖޭގ...

ޝިއުނާ އާދަމް
ކުޑަ ދެ ކުންދިގެ މަންމަ އިކުރާމާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެހީތެރި ވެދެއްވާ!

ކުޑަ ދެ ކުންދިގެ މަންމަ އިކުރާމާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެހީތެރި ވެދެއްވާ!

ހއ. ހޯރަފުށީ، ރިވޯޑް/ މަރްޔަމް އިކުރާމާ (އިކޫ) އަކީ ދެ ކިޑްނީ ފެއިލް ވެފައިވާ ކުޑަކުޑަ ދެ ކުދީންގެ މަންމައެކެވެ. އިކޫގެ ދެ ކިޑްނީ ފެއިލްވިކަން އެނގުނީ ކުއްލި ގޮތަކަށެވެ. ކުޑަ ކުޑަ ދެ ކުދިންގެ މަންމަ، އިކޫގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެއްބަނޑު އެއްބަފާ ބޭބެ ވަނީ ކިޑްނީ ހަދިޔާކުރުމަށް ނިންމާފައި އެވެ. މިގޮތުން އެ ޢާއިލާއިން ދަނީ އިކޫގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި ހެޔޮއެދޭ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި ހެޔޮ ދުޢާ، […]

Thiladhun
ރީޖަނަލް އެއާޕޯޓުތަކުގެ މުވައްޒަފުންނަށް އާރްއޭސީއަށް ބަދަލުވުމުގެ ފުރުޞަތު

ރީޖަނަލް އެއާޕޯޓުތަކުގެ މުވައްޒަފުންނަށް އާރްއޭސީއަށް ބަދަލުވުމުގެ ފުރުޞަތު

ރާއްޖޭގެ ބައެއް ސަރަޙައްދީ އެއާޕޯޓުތައް ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކަށް ބަދަލުވެގެން ދާއިރު، އެ އެއާޕޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ރީޖަނަލް އެއާޕޯޓްސްތައް ހިންގަން އުފެއްދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އަށް ބަދަލުވުމުގެ ފުރުޞަތު ދެވޭނެ ކަމަށް، ރީޖަނަލް އެއަރޕޯޓްސް ކޯޕަރޭޓައިޒްކުރުމާއި ގުޅޭ ކޯޕަރަޓައިޒޭޝަން ޗާޓަރގައި ބުނެފިއެވެ. މިކަން ބަޔާންކޮށްފައި ވަނީ ރީޖަނަލް އެއާޕޯޓްސްއިން މިއަދު އާންމު ކުރި ”ރީޖަނަލް އެއަރޕޯޓްސް ކޯޕަރޭޓައިޒްކުރުމާއި ގ...

ޔުމްނާ ޢަލީ
ދުވަސްވެ ހަލާކުވެފައި ހުރި މުސްޙަފްތައް ނައްތާލުމުގެ ޕްރޮގްރާމެއް ދިއްދޫގައި ފަށަނީ

ދުވަސްވެ ހަލާކުވެފައި ހުރި މުސްޙަފްތައް ނައްތާލުމުގެ ޕްރޮގްރާމެއް ދިއްދޫގައި ފަށަނީ

ހއ. ދިއްދޫގެ ގޭބިސީތަކުގައި ދުވަސްވެ، ހަލާކުވެފައި ހުރި މުސްޙަފްތައް ރަނގަޅުގޮތުގައި ނައްތާލުމުގެ ޕްރޮގްރާމެއް ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ފަށަން ނިންމައިފިއެވެ. މިގޮތުން އެ ކްލަބުން ބުނީ އެ ކްލަބްގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިއްދޫގެ ގޭބިސީތަކުގައި ހުރި ބާ މުސްޙަފްތަކާއި، އަދި ހަލާކުވެފައި ހުރި މުސްޙަފްތައް އެ ކްލަބުގެ ފަރާތުން އެއްކޮށް، އެ މުސްޙަފްތައް ރަނގަޅު ގޮތުގައި ނައްތާލުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެފަދަ މުސްޙަފްތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 1...

ޙުސައިން ޝަހުދީ
ރިސޯޓްތަކުގެ މުވައްޒަފުން މަދުކޮށް، މުސާރަ ކުޑަވެ، ގިނަ ވަގުތު މަސައްކަތް ކުރުވާ ކަމުގެ ޝަކުވާ!

ރިސޯޓްތަކުގެ މުވައްޒަފުން މަދުކޮށް، މުސާރަ ކުޑަވެ، ގިނަ ވަގުތު މަސައްކަތް ކުރުވާ ކަމުގެ ޝަކުވާ!

ކޮވިޑް19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރި އެއް ދާއިރާއަކީ ޓުއަރިޒަމްގެ ދާއިރާއެވެ. ބޯޑަރު ބަންދުވެ ފަތުރުވެރިން އައުން މެދު ކެނޑުމާއި އެކު ގިނަ މުވައްޒަފުންތަކެއް ވަނީ ވަޒީފާ ގެއްލިފައެވެ. ރިސޯޓްތަކުގެ މުވައްޒަފުން މަދު ކުރުމަށްފަހު ބައެއް ރިސޯޓްތައް މަދު މުވައްޒަފުންނާއި އެކު ހުޅުވުމުން މިހާރު މިވަނީ އިތުރު ޝަކުވާތަކެއް ފެންމަތިވެފައެވެ. ރިސޯޓް ވަޒީފާ ގެއްލި ރަށު ބަންދުގައި ތިބެން ޖެހުމުގެ ޝަކުވާ: ސޯޝަލް މީޑިއާގައި ފުރަތަމަ އިވެން ފެށި ޝަކުވާ އަކީ ކޮވިޑާއި ގުޅިގެން […]

ޙުސައިން ޘަޤީފް
ދަރިފުޅުގެ ހިތުގައި ޤުރްއާނަށް ލޯބި ޖައްސާނީ ކިހިނެތް؟ (1)

ދަރިފުޅުގެ ހިތުގައި ޤުރްއާނަށް ލޯބި ޖައްސާނީ ކިހިނެތް؟ (1)

ދިވެހިންނަކީ ޒަމާނުއްސުރެ ޤުރްއާން ކިޔެވުމަށް ލޯބި ކުރި ބައެކެވެ. ދެނަމާދު ދޭތެރޭގައި ޤުރްއާން ކިޔެވުމަކީ ދިވެހިން އާދައެއްކަމުގައި ބަލައިގަތް ދުވަސްވަރެއްވެސް ދިޔައެވެ. ނަމަވެސް ޓެކްނޮލޮޖީގެ އާލާތްތައް ގިނަވުމާއި ދިރިއުޅުމުގެ ޙަޔާތް ބުރަވުމާއި މިނޫންވެސް އެކި އެކި ސަބަބުތަކާއެކު، އަދުގެ މުޖުތަމަޢުގައި ޤުރްއާނަށް ދޭ އަހަންމިއްޔަތުކަން ކުޑަވެފައިވާކަން ދަނީ ފާހަގަވަމުންނެވެ. އެގޮތުން ކުޑަކުދިންވެސް، އެކުދިންގެ ހިތްތަކުގައި ޤުރްއާނަށް ދޭންވާ ލޯތްބާއި ޤަދަރު ނުދެވުމުގެ ސަބަބުން އެފޮތް ކިޔަވާހިތް ނު...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
"ސޭފް ސްކޫލްސް ޑިކްލަރޭޝަން"ގައި ރާއްޖެއިން ބައިވެރިވަނީ

"ސޭފް ސްކޫލްސް ޑިކްލަރޭޝަން"ގައި ރާއްޖެއިން ބައިވެރިވަނީ

“ސޭފް ސްކޫލްސް ޑެކްލަރޭޝަން”ގައި ރާއްޖެއިން ބައިވެރިވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ. ރައީސް މި ގޮތަށް ނިންމަވާފައި ވަނީ، އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅާފައިވާ ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެ މަޖިލީހުން ދެއްވި ލަފާފުޅުގެ މަތިންނެވެ. ސޭފް ސްކޫލްސް ޑެކްލަރޭޝަންއަކީ އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި މަދަރުސާތަކާއި ޔުނިވ...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނު މުއްދަތު 10 ދުވަސް ހަމަކޮށް ރޭ ނެގި ރިލީޒް ސާމްޕަލުންނެވެ. އެ ސާމްޕަލްގެ ނަތީޖާލިބި، އޭނާ ކޯވިޑްއަށް ޕޮޒިޓިވްވިކަން އެނގުނީ މިރެއެވެ. އޭނާއާއިއެކު އެއް ގޭގައި އިތުރު ޓީޗަރަކު ވެސް ހޯމް ކަރަންޓީނުގައި ހުއްޓެވެ. ނަމަވެސް އޭނާ ކޯވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ހަނިމާދޫން ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނިފައިވާކަން ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ […]

ޔުމްނާ ޢަލީ
ޖަލުތަކުގައި އެކަހެރި ބައްދަލުވުން ލިބޭ، ރިސޯޓް މުވައްޒަފުންވަނީ މިހައްޤުން މަހްރޫމު ކޮށްފަ: ޓީމް

ޖަލުތަކުގައި އެކަހެރި ބައްދަލުވުން ލިބޭ، ރިސޯޓް މުވައްޒަފުންވަނީ މިހައްޤުން މަހްރޫމު ކޮށްފަ: ޓީމް

ޖަލުތަކުގައިވެސް އަނބި ފިރިންނާއި އެކު އެކަހެރި ބައްދަލުވުން ލިބޭކަމަށާއި ރިސޯޓް މުވައްޒަފުންވަނީ މިހައްޤުން މަހްރޫމު ކޮށްފައިކަމަށް ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފި އެވެ. ޓީމް އިން މިހެން ބުނެފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެޖަމިއްޔާގެ މެންބަރުންގެ ކަންބޮޑުވުން ހިއްސާކުރުމަށް މިއަދު ނެރުނު ބަޔާނެއްގަ އެވެ. ޓީމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރިސޯޓް ތަކުގައި އެތައް މަސްތަކެއް ވަންދެން އާއިލާއާއި އަނބިދަރިންނާއި ދުރުގައި ގައުމަށް...

އަލީ އާދިލް
ދައުލަތުން ވަކީލު ފޯރުކޮށްދޭ އާ ގަވާއިދު އެކުލަވާލައި، އަމަލު ކުރަން ފަށައިފި

ދައުލަތުން ވަކީލު ފޯރުކޮށްދޭ އާ ގަވާއިދު އެކުލަވާލައި، އަމަލު ކުރަން ފަށައިފި

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އައު ގަވާއިދެއް އެޓަރނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައި އެ ގަވާއިދަށް ޢަމަލުކުރަން މިއަދު ފަށައިފި އެވެ. އޭޖީ އޮފީހުން ބުނީ، މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ […]

ޔުމްނާ ޢަލީ
ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް އެމް.ޓީ.ސީ.ސީ އަށް

ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް އެމް.ޓީ.ސީ.ސީ އަށް

ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އަށް އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. ރައީސް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި ޚިޔާލު ބަދަލުކުރައްވައި މަޝްވަރ...

އިބްރާހިމް އަސްވާޤް
ކޭސްތައް ގިނަވުމާއި އެކު އަނެއްކާވެސް މެލޭޝިޔާ ފުރަބަންދަކަށް!

ކޭސްތައް ގިނަވުމާއި އެކު އަނެއްކާވެސް މެލޭޝިޔާ ފުރަބަންދަކަށް!

މެލޭޝިޔާގެ ބޮޑު ވަޒީރު މުޙްޔިއްދީން ޔާސީން ހޯމަ ދުވަހު ހާމަކުރެއްވެވި ގޮތުގައި އެ ޤައުމުން އަނެއްކާވެސް 14 ދުވަހުގެ ފުރަބަންދަކަށް ދިޔުމަށް ނިންމައިފިއެވެ. ބޮޑު ވަޒީރު، އަދި ޤައުމުގެ އިސްވެރިން މި ނިންމެވުން ނިންމަވާފައިވަނީ އެ ޤައުމުގައި އަނެއްކާވެސް ކޯވިޑް-19 ގެ ކޭސްތައް ކުއްލެއަކަށް އިތުރުވުމުގެ ސަބަބުންނެވެ. މެލޭޝިޔާއަކީ މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައި ކޯވިޑް-19 މުޅި ދުނިޔެއަށް އެންމެ ފުރަތަމަ ފެތުރެން ފެށުމާއި އެކު، އެންމެ ހަރުކަށި ފިޔަވަޅުތައް އަވަހަށް އެޅި އެއް ޤައުމެވެ. މި ފިޔަވަޅުތަ...

މުޙައްމަދު މާއިލް ހަސަން
ނޮޅިވަރަންފަރު ސްކޫލްގެ ދިވެހި މުވައްޒަފުން ސްކޫލަށް ޓީވީ ހަދިޔާ ކޮށްފި

ނޮޅިވަރަންފަރު ސްކޫލްގެ ދިވެހި މުވައްޒަފުން ސްކޫލަށް ޓީވީ ހަދިޔާ ކޮށްފި

ހދ. ނޮޅިވަރަންފަރު ސްކޫލްގެ ދިވެހި ނަސްލުގެ މުވައްޒަފުން އެ ސްކޫލަށް ޓީވީ ހަދިޔާ ކޮށްފިއެވެ. މިގޮތުން އެ ސްކޫލްގެ ދިވެހި ނަސްލަށް ނިސްބަތްވާ މުވައްޒަފުންގެ ފަރާތުން ޓީވީއެއް ހަދިޔާކޮށްފައިވާއިރު، އެ ސްކޫލްގެ ސީނިއާ މެނޭޖްމަންޓާއި، އެޑްމިންނާއި، ޓެކްނިކަލް ސްޓާފުންނާއި އަދި ސަޕޯޓް ސްޓާފުން ގުޅިގެން ވެސް ވަނީ ޓީވީއެއް ހަދިޔާކޮށްފައެވެ. މި 2 ޓީވީއަކީ ވެސް 55 އިންޗީގެ ދެ ޓީވީއެވެ. ނޮޅިވަރަންފަރު ސްކޫލްގެ ދިވެހި ނަސްލުގެ މުވައްޒަފުން އެ ސްކޫލަށް 2 ޓީވީ ހަދިޔާ ކޮށްފައި ވަނީ، […]

ޙުސައިން ޝަހުދީ
މަދަނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޚާއްޞަ ވޯކްޝޮޕްތަކެއް ފަށަނީ

މަދަނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޚާއްޞަ ވޯކްޝޮޕްތަކެއް ފަށަނީ

މަދަނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕް ހޯސްޓް ކުރަން ބޭނުންވާ މަދަނީ ޖަމިއްޔާތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ވިދާޅުވީ، ”ޓްރެއިނިންގ ވޯކްޝޮޕް އޮން ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް” ނަމުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕްތައް މިފަހަރު އަމާޒުކޮށްފައި ވަނީ 6 އަތޮޅަކަށް ކަމަށެވެ. ޔޫތު މިނިސްޓްރީއިން ވިދާޅުވިގޮތުގައި މިވޯކްޝޮޕްތައް ކުރިއ...

ޙުސައިން ޝަހުދީ
ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ

ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ

ވ. ތިނަދޫގައި ބަނދަރުގައި އޮތް ލޯންޗެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައި، ލޯންޗު އަޑިއަށްގޮސް، މީހަކު ފިހިއްޖެ އެވެ. ފުލުހުން ވިދާޅުވީ، ތިނަދޫގައި ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވިކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ، މިއަދު ހެނދުނު 7:49 ހާއިރު ކަމަށެވެ. ލޯންޗްގައި ރޯވީ، ލޯންޗް އިސްޓާޓްކުރި ވަގުތު ބެޓަރީގައި ރޯވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. “މި ހާދިސާ ހިނގިއިރު ލޯންޗްގައި ހުރި މީހެއްގެ ފައި ފިހިފައިވޭ، މިހާދިސާގައި އަލިފާން […]

ޝިއުނާ އާދަމް
އެމްޓީސީސީން އެންމެ އުތުރުގެ ދެ އަތޮޅުގެ ރައްޔިތުންގެ ގާތަށް ކުރާ ދަތުރު ފަށައިފި

އެމްޓީސީސީން އެންމެ އުތުރުގެ ދެ އަތޮޅުގެ ރައްޔިތުންގެ ގާތަށް ކުރާ ދަތުރު ފަށައިފި

އެންމެ އުތުރުގެ ހއ. އަދި ހދ. އަތޮޅުގެ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް، ރައްޔިތުންގެ ކުންފުނި” މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެ ދެއަތޮޅަށް ކުރާ ދަތުރު މިއަދު ފަށައިފިއެވެ. މިގޮތުން އެމްޓީސީސީގެ ޓީމުގެ ފުރަތަމަ މަންޒިލެއްގޮތުން ޒިޔާރަތްކޮށްފައި ވަނީ ހއ. ހޯރަފުއްޓަށެވެ. މި ޒިޔާރަތުގައި އޮޑިދޯނި ފަހަރު ބަންނަ ފަރާތްތަކާއި، އޮޑިދޯނި ފަހަރުގެ ވެރިންނާއި ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދޭނެއެވެ. އެމްޓީސީސީގެ މި ޓީމު މިހާރު ހއ. އަތޮޅަށް ޒިޔާރަތް ކޮށްފައި...

ޔުމްނާ ޢަލީ
އެގްރޯ ނެޝަނަލް ކޯޕަރޭޝަންއަށް އަތޮޅު ކޯޑިނޭޓަރުން ހޯދަނީ

އެގްރޯ ނެޝަނަލް ކޯޕަރޭޝަންއަށް އަތޮޅު ކޯޑިނޭޓަރުން ހޯދަނީ

ދިވެހި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން ނޫ އިޤްތިޞާދު އަމާޒުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގައި ރާއްޖޭގެ ހުރިހައި އަތޮޅެއްގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ކޯޑިނޭޓަރުން ހޯދުމަށް އެ ކުންފުނިން އިޢުލާން ކޮށްފިއެވެ. ޖުމްލަ 19 ކޯޑިނޭޓަރުން ހޯދުމަށް އެ ކުންފުނިން އިޢުލާން ކޮށްފައިވާއިރު، ކޯޑިނޭޓަރުން ހޯދުމަށް އިޢ...

އިބްރާހިމް ޚަލީލް
ޅ. އަތޮޅުން މ. އަތޮޅަށް ޔެލޯ އެލާޓް

ޅ. އަތޮޅުން މ. އަތޮޅަށް ޔެލޯ އެލާޓް

މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވުމުގެ ސަބަބުން ޅ. އަތޮޅުން މ. އަތޮޅަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ އިދާރާއިން ޅ އަތޮޅުން މ އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދުގެ މެންދުރު 12:00 އިން ފެށިގެން ހަވީރު  16:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އެކަށީގެންވެއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން […]

އިބްރާހިމް ޚަލީލް