ތިލަދުންމަތީ އުތުރުބުރީ މާރަންދޫ އަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އިބްރާހިމް ވަޙީދު ނިޔާވެއްޖެ އެވެ.

އިބްރާޙިމް ވަހީދު ނިޔާވެފައިވަނީ އިއްޔެގެ ވަގުތެއްގައި މާލޭގައެވެ. ވަހީދުގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިޔަދު މެންދުރުނަމާދުގެ ފަހުގައި މަސްޖިދު ތަޢާވުން (އާސަހަރާ މިސްކިތް) ގަ އެވެ. ވަހީދު ނިޔާވި އިރު އުމުރަކީ 60 އަހަރެވެ.

Ad
rt

މާރަންދޫ ކައުންސިލްގެ އިދާރާއިން ނެރުނު ތަޢުޒިޔާ މެސެޖުގައި ބުނެފައިވަނީ ސަރުކާރަށާއި މިރަށުގެ ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެތް ކުރައްވާފައިވާ މިއިދާރާގެ ޑިޕިއުޓީ ޑިރެކްޓަރ އަލްމަރުހޫމް އިބްރާހީމް ވަޙީދު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވި ޚަބަރު އެއިދާރާގެ މުވައްޒަފުން އެހީ ފުން ހިތާމައާއި އެކުގައިކަމަށެވެ.

އެބޭފުޅާއަކީ 1991 ސެޕްޓެންބަރު 12 ވަނަ ދުވަހުންފެށިގެން 2021 ފެބުރުވަރީ 7 ވަނަ ދުވަހާއި ހަމައަށް މެދު ނުކެނޑި 29 އަހަރު ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމަށް އެއިދާރާއިން މަޢުލޫމާތުދީގައި ވެއެވެ.

މިދިގު ތާރީޚްގައި މިއިދާރާގެ ކުޑަކަތީބު، ކަތީބު، ބޮޑުކަތީބު އަދި ޑެޕިއުޓީ ޑިރެކްޓަރުކަން ކުރައްވާފައިވެއެވެ. އަދި އިޖްތިމާޢީ މަސައްކަތްތަކެއް ކުރައްވާ ކޮމެޓީގައި އިސްދައުރެއް އަދާކޮށްފައިވެއެވެ. ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވިއިރު ހުންނެވީ މިއިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަޤާމުގައެވެ.

މާރަންދޫ ކައުންސިލްގެ އިދާރާއިން ނެރުނު ތަޢުޒިޔާ މެސެޖުގައި ބުނެފައިވެއެވެ.

އަލްމަރުހޫމް އިބްރާހީމް ވަޙީދުގެ ފުރާނަފުޅަށް މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލެއްވުން އެދި މާތް ﷲ ގެ ހަޟުރަތަށް ދުޢާ ދަންނަވަމެވެ. އެބޭފުޅާގެ ބޭފުޅުންނަށާއި ޢާއިލާގެ އެންމެހައި ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވަމެވެ. އެންމެހައި ބޭފުޅުންނަށް ކެތްތެރިކަން މާތް ﷲ މިންވަރު ކުރައްވާށިއެވެ. އާމީން!