ސްޓޭޓް ޓްރޭޑިން އޯގަނައޮޒޭޝަން (އެސްޓީއޯ) ގެ ފްރޮންޓްލައިން ސްޓާފުންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ.

އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި މިހާތަނަށް އެ ކުންފުނީގެ ގިނަ އަދަދެއްގެ ފްރޮންޓްލައިން ސްޓާފުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައެވެ.

Ad
rt

އެސްޓީއޯއިން ކުރި ޓްވީޓެއްގައި ބުނީ ވެކްސިން ޖެހުމާއި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރުމަކީ ކޯވިޑް-19އިން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމުފިޔަވަޅު ކަމަށެވެ. އަދި މި ބަލި ފެތުރުން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ވަނީ ސަރުކާރުން ކުރިއަށްގެންދާ ވެކްސިން ކެމްޕޭނަށް އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ. އެގޮތުން މި ކެމްޕޭނަށް ބޭނުންވާ ބައެއް ސިއްހީ ސާމާނުއެ ކުންފުނިން ވަނީ އެޗްޕީއޭއަށް ހަދިޔާކޮށްފައެވެ.