މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,415 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1679 ވަނަ ޞަފްޙާ

ހަމަލާދޭ ވީޑިއޯ ދައްކައި، ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާންމުކޮށްފި

ހަމަލާދޭ ވީޑިއޯ ދައްކައި، ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާންމުކޮށްފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ވީޑިއޯ ދައްކައި އެ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާންމުކޮށްފިއެވެ. ހަމަލާދޭ ވީޑިއޯ އިން ފެންނަ ގޮތުގައި ޑިވައިސް ގޮއްވާލަނީ ރައީސް ނަޝީދު ހިންގަވާފައި ވަޑައިގެން، އެ ޑިވައިސްއާއި އަރާ ހަމަވުމުންނެވެ. އެ ގޮވުމުން އުފެދުނު ދުމުގެ ސަބަބުން ރައީސް ނަޝީދު ނުވެސް ފެނެއެވެ. އެ ޑިވައިސް ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ […]

އަލީ އާދިލް
ދަގަނޑު އެތިކޮޅު ހުރީ ރައީސް ނަޝީދުގެ ހަތަރު ވަނަ ރިބްގައި ޖެހި ފުނޑުފުނޑުވެފައި!

ދަގަނޑު އެތިކޮޅު ހުރީ ރައީސް ނަޝީދުގެ ހަތަރު ވަނަ ރިބްގައި ޖެހި ފުނޑުފުނޑުވެފައި!

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި، އެ މަނިކުފާނުގެ ގަޔަށް ވަތް ދަގަނޑު އެތިކޮޅު ހުރީ ރައީސް ނަޝީދުގެ ހަތަރުވަނަ ރިބްގައި ޖެހި ފުނޑުފުނޑުވެފައިކަމަށާއި، އެއަށްވުރެ ތިރިއަށް އެ އެތޮކުޅުތައް ވަތްނަމަ ފުރާނައަށް ވަރަށް ބޮޑަށް ނުރައްކާވީސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ. އެމަނިކުފަނުގެ ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އޭޑީކޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ...

ޝިއުނާ އާދަމް
ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން މަނާކޮށްފި

ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން މަނާކޮށްފި

ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން މަނާކޮށްފިއެވެ. އެކަން ހާމަކޮށްފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ މިއަދު ނެރުނު އެންގުމުގަ އެވެ. މިގޮތުން މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން ދެ ފިޔަވަޅެއް އެޅުމަށް އެޗްޕީއޭއިން މިއަދު ވަނީ ނިންމާފަ އެވެ. އެ ދެ ފިޔަވަޅަކީ، ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް...

ޔުމްނާ ޢަލީ
ދިއްދޫގައި ކާފިއު އިއުލާންކޮށްފި

ދިއްދޫގައި ކާފިއު އިއުލާންކޮށްފި

ހއ. ދިއްދޫގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ބައެއް ގަޑިތަކުގައި ކާފިއު ހިންގައި، އެރަށުގައި އަޅާފައިވާ ރަށްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ. އެކަން އާންމުކޮށް އަންގައި، ދިއްދޫ ކައުންސިލުން ވިދާޅުވީ އެ ނިންމުން ނިންމީ އެރަށުގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، އެރަށުން ނެގުނު ރެންޑްމް ސާމްޕަލްތަކުން 3 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފަ ވުމުން، އެރަށުގައި ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ. މިގޮތުން މިއަދު ހަވީރު 4:00 އިން މިމަހު 14...

އައިޝަތު އިލްމާ އަދުނާން
އިންޑިޔާގެ ހާލަތު ނުރައްކާ: އެއްދުވަސްތެރޭ 4 ލައްކަ ޕޮޒިޓިވް، 4000 މަރު!

އިންޑިޔާގެ ހާލަތު ނުރައްކާ: އެއްދުވަސްތެރޭ 4 ލައްކަ ޕޮޒިޓިވް، 4000 މަރު!

އިންޑިޔާގައި ކޯވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ އެ ގައުމުގެ ހާލަތު އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށް ޔުނިއަން ހެލްތް މިނިސްޓްރީ އޮފް އިންޑިއާއިން ހާމަކޮށްފިއެވެ. ޔުނިއަން ހެލްތް މިނިސްޓްރީ އޮފް އިންޑިއާއިން ހާމަކުރެއްވި ގޮތުގައި، އިއްޔެ އެކަނި ވެސް އެ ގައުމުން 414،188 މީހުން އަލަށް ކޯވިޑަށް ޕޮޒިޓިވް ވިއެވެ. އަދި 4187 މީހުން މިބަލީގައި މަރުވެފައިވާކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އިންޑިއާގައި ކޯވިޑް-19 ފެތުރޭ ރޭޓަކީ 1.09 އިންސައްތައެވެ. 17 މިލިއަނަށް ވުރެ […]

އައިޝަތު އިލްމާ އަދުނާން
އެސްޓީއޯ ސުޕަމާޓު މިހާރު ހުޅުވާފައި ހުންނާނީ ހަވީރު 5:00އާ ހަމައަށް

އެސްޓީއޯ ސުޕަމާޓު މިހާރު ހުޅުވާފައި ހުންނާނީ ހަވީރު 5:00އާ ހަމައަށް

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެސްޓީއޯގެ ސުޕްމާޓު ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ. އެ ފިހާރަ މިހާރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ނޫން އެހެން ހުރިހަ ދުވަހެއްގެ ހެނދުނު 10:00ން ހަވީރު 5:00އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ހުޅުވާނީ މެންދުރު 2:00ން ހަވީރު 5:00އަށެވެ. މި ބަދަލުތައް ގެނައީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރޭގަނޑު 9:00ގެ ފަހުން އާއްމުން ބޭރށް ނުކުމެ […]

އަޙްމަދު ވަހީދު
ނިރުބަވެރި ހަމަލާ ދިނުމުގައި ޝައްކުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިއްޖެ

ނިރުބަވެރި ހަމަލާ ދިނުމުގައި ޝައްކުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިއްޖެ

މި ހިނގާ މެއި މަހުގެ 6 ވަނަ ދުވަހު، ގ. ކެނެރީގެ ކައިރީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ނިރުބަވެރި ހަމަލާއާ ގުޅިގެން ޝައްކުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށް ދިނުމަށް ފުލުހުން އެދިއްޖެއެވެ. މިއަދު ފުހުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ނިރުބަވެރި ހަމަލާ ދިނުމުގައި ޝައްކުކުރެވޭ ފަރާތްތަކުގެ މައުލޫމާތު، ފޮޓޯ، ވީޑިއޯ އަދި ރަސްމީ ލިޔެކިޔުންތަކުގެ މައުލޫމާތު ހިއްސާކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ. އަދި، މައުލޫމާތުދޭ ފަރާތްތަކުގެ މައު...

އައިޝަތު އިލްމާ އަދުނާން
ޗައިނާގެ ސިނޯފާމް ވެކްސިނަށް ޑަބްލިއުއެޗްއޯ އިން ހުއްދަދީފި

ޗައިނާގެ ސިނޯފާމް ވެކްސިނަށް ޑަބްލިއުއެޗްއޯ އިން ހުއްދަދީފި

ކޯވިޑް-19 އިން ރައްކާތެރިވުމަށް ޓަކައި ހަވަނަ ވެކްސިނެއްގެ ގޮތުގައި ބޭނުންކުރުމަށް، ޗައިނާގެ ސިނޯފާމް ކޮވިޑް ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ހުއްދަދީފިއެވެ. ސިއްހަތު ޖަމިއްޔާއިން ހަފުތާއަކު ދެފަހަރު ބާއްވާ ވެބިނާއެއްގައި މައުލޫމާތުދެއްވަމުން ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިޔެސަސް ވަނީ ސިނޯފާމް ކޯވިޑް ވެކްސިނަށް ހުއްދަދެއްވިކަން އިއުލާންކުރައްވާފަ އެވެ. މިވެކްސިންއަށް ހުއްދަ ދިނީ އިމަރޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ. ޑަބްލިއުއެޗްއޯއިން ސިނޯފާމް ވެކްސި...

އައިޝަތު އިލްމާ އަދުނާން
ނިއުކާސަލުން ލެސްޓާ ބަލިކޮށްފި

ނިއުކާސަލުން ލެސްޓާ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެ ރޭ ލެސްޓާ ސިޓީގެ އަމިއްލަ ދަނޑުގައި އެ ޓީމް ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެއްޖެއެވެ. މި މެޗުން ލެސްޓާ ބަލިވެފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ. ލެސްޓާ މިވަގުތު ޕޮއިންޓް ތާވަލުގެ ތިން ވަނާގައި އޮތްނަމަވެސް މި މެޗުން ބަލިވުމާއިއެކު އެ ޓީމަށް ވަނީ ހަތަރު ވަނައަށް ވެއްޓުމުގެ ބިރާއި ކުރިމަތިވެފައެވެ. ލެސްޓާ މިވަގުތު ތާވަލުގެ ތިންވަނާގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 63 ޕޮއިންޓާއި އެކުގައެވެ. ހަތަރު […]

އިބްރާހިމް ޚަލީލް
ރައީސް ނަޝީދަށް ދިން ހަމަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ރައީސް ނަޝީދަށް ދިން ހަމަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާޔާ ގުޅިގެން ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު މިއަދު ފުލުހުން ދޭ ނޫސްކޮންފަރެންސެއްގައި ހާމަކުރަށްވާނެ ކަމަށެވެ. އެ ނޫސްކޮންފަރެންސް ތާވަލުކޮށްފަ ވަނީ މިއަދު 15:50 އަށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން […]

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ނަގައިފި

ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތް އޮތުން މިއަދު ނިމުމަކަށް ގެނެސްފިއެވެ. އެ ސިޓީ މޮނިޓަރިން ހާލަށް ގެނައީ، އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ޕޮޒިޓިވްވުމުން ހަމަ އެދުވަހުއެވެ. އެއީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެ ސިޓީ މޮނިޓަރިން ހާލަތުން ނެގީ ތިން ދުވަސް މަތިން ކޭއާރުއެޗްއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވުމުންނެވެ. މިގޮތުން […]

ޔުމްނާ ޢަލީ
ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެ، ޢަދަދު 83 އަށް!

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެ، ޢަދަދު 83 އަށް!

ރާއްޖެއިން އަނެއްކާ ވެސް އިތުރު މީހަކު ކޯވިޑް-19 ބަލީގައި ނިޔާވެއްޖެ އެވެ. ހެލްތް ޕޮރެޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވީ، މިރޭ ނިޔާވީ 83 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާއަކީ މިރޭ އައިޖީއެމްޗުގެ އެމަޖެންސީ ރޫމަށް ގެންދުވުނު މީހެކެވެ. އޭނާ ގެންދެވުނު އިރުވެސް އޭނާ ނިޔާވެފަވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެފަ ވެއެވެ. އެމީހާ ނިޔާވެފަ ވަނީ މިރޭ 23:15 ގައި ކަމަށް ވެސް އެ އިދާރާއިން ހާމަކުރަށްވަ އެވެ. މިއާއިއެކު ރާއްޖެއިން މިބަލީގަ ނިޔާވި މީހުންގެ ޢަދަދު 83 […]

ޝިއުނާ އާދަމް
ނިޔާ އެކަޑަމީ ޤުރުއާން މުބާރާތް 1442 ފަށައިފި

ނިޔާ އެކަޑަމީ ޤުރުއާން މުބާރާތް 1442 ފަށައިފި

ހއ. މުރައިދޫގައި ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން “ނިޔާ އެކަޑަމީ ޤްރުއާން މުބާރާތް 1442” ގެ ނަމުގައި ޤުރުއާން މުބާރާތެއް ފަށައިފިއެވެ. މި މުބާރާތުގެ 07 މެއި 2021 ވަނަ ދުވަހު ފަށާފައިވާއިރު، މި މުބާރާތުގައި ފަސް އުމުރު ފުރާއެއްގައި ޖުމްލަ 55 ކުދިން ވަނީ ބައިވެރި ވެފައެވެ. ބަލައިގެން ކިޔުމުގެ ބަޔާއި ނުބަލާ ކިޔުމުގެ ބައި ހިމެނޭގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ހިމެނޭ ފަސް އުމުރު ފުރާއަކީ 6 އަހަރުން […]

އިބްރާހިމް ޚަލީލް
ބޯޅަ ދަނޑު ހަދަން ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވްވެ ފުނަދޫ މޮނިޓަރިންނަށް

ބޯޅަ ދަނޑު ހަދަން ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވްވެ ފުނަދޫ މޮނިޓަރިންނަށް

ށ. ފުނަދޫ ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެ މަސައްކަތަށް ގޮސް ތިބީ ފަސް ބިދޭސީންނެވެ. އެމީހުން ޕޮޒިޓިވްކަން އެނގުނީ މިރެއެވެ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، އެމީހުން ޓެސްޓް ކުރީ ކަރަންޓީނު 10 ދުވަސް ހަމަވުމުންނެވެ. “ފަސް ބިދޭސީން ތެރެއިން ދެ މީހަކު މިވަނީ ޕޮޒިޓިވްވެފަ، އެމީހުންގެ ޑައިރެކެޓް ކޮންޓެކްޓު ރަށުތެރޭ އެބަތިބި، އެމީހުން ދެނެގަތުމުގެ މަސައްކަތް […...

ޙުސައިން ޝަހުދީ
ރޭގެ ހަމަލާގައި އެމްއެންޑީއެފްގެ އެއްވެސް އަތެއްވާކަމަށް ގަބޫލެއް ނުކުރަން: ޝަމާލް

ރޭގެ ހަމަލާގައި އެމްއެންޑީއެފްގެ އެއްވެސް އަތެއްވާކަމަށް ގަބޫލެއް ނުކުރަން: ޝަމާލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭގެވަގުތެއްގައި ދީފައިވާ ހަމަލާގައި މޯލްޑިވްސް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ގެ އެއްވެސް އަތެއްވާ ކަމަށް ގަބޫލެއް ނުކުރައްވާކަމަށާއި އަދި ތަހުގީގުގައި ވެސް އެމްއެންޑީއެފުން ދަނީ އެހީތެރިވެދެމުންކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅެއްޖެއެވެ. ސަމާލް މިހެންވިދާޅުވީ މިރޭ ގައުމީ ދިފާއީބާރުން ބޭއްްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކުކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނޫސް ވެރިންގެ ބައްދަލުވުމު...

އަލީ އާދިލް
ދިއްދޫއިން އިތުރު 14 ޕޮޒިޓިވް ކޭސް، 3 ރެންޑަމް ސާމްޕަލް ވެސް ޕޮޒިޓިވް!

ދިއްދޫއިން އިތުރު 14 ޕޮޒިޓިވް ކޭސް، 3 ރެންޑަމް ސާމްޕަލް ވެސް ޕޮޒިޓިވް!

ހއ. ދިއްދޫއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 75 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 71 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 3 މީހެކެވެ. ދިއްދޫއިން […]

ޙުސައިން ޝަހުދީ
ހަނިމާދޫއިން 3 މީހަކު ބަލިން ރަނގަޅުވެ، 8 ގެއެއް ކަރަންޓީނުންވީއްލައިފި

ހަނިމާދޫއިން 3 މީހަކު ބަލިން ރަނގަޅުވެ، 8 ގެއެއް ކަރަންޓީނުންވީއްލައިފި

ހދ. ހަނިމާދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ތިންމީހެއް ބަލިން ރަނގަޅުވެ، އެކޭސްތަކާއި ގުޅުގެން ކަރަންޓީނުކުރި 8 ގެއެއް ކަރަންޓީނުން ވީއްލައިފިއެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި އެ ދެކޭހާ ގުޅިގެން ނެގުނު ސާމްޕަލްތަކުން އިތުރު މީހެއް ޕޮޒިޓިވްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެއީ ޕޮޒިޓިވްވި އަންހެންކުއްޖާގެ މަންމައެވެ. އެމީހުންނާއި ސީދާ ބައްދަލުވި މީހުން ހިމެނޭ […]

ޔުމްނާ ޢަލީ
ދޯންޏެއް ބަލައި ފުނަދޫއަށް ދިޔަ ބަޔަކު ޕޮޒިޓިވްވެއްޖެ

ދޯންޏެއް ބަލައި ފުނަދޫއަށް ދިޔަ ބަޔަކު ޕޮޒިޓިވްވެއްޖެ

ށ. ފުނަދޫ ބަނދަރުގައި އޮތް ދޯންޏެއް ބަލައި އެރަށަށް ދިޔަ ފަސް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެމީހުން ބަލައިދިޔަ، ކުރިން ކަންނެލީގެ މަސްވެރިކަމަށް ބޭނުންކުރި “މަހުރޯދި” ނަމަކަށްކިޔާ އެ ދޯނި އެރަށުގެ ބަނދަރުގައި ބާއްވައިގެން ވަނީ މުދާ އުފުލާ ދޯންޏަކަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައެވެ. އެމީހުން އެރަށަށް ދިޔައީ ފުނަދޫގައި ބާއްވައިގެން ކުރަންހުރި މަސައްކަތް ނިމުމުން އެ ދޯނި ބަލައެވެ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، […]

ޙުސައިން ޝަހުދީ